ކ. މާފުށި ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކުރިކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމަކަށްފަހު ޖަލުވެސް މިހާރު ވަނީ އެލާޓްއަށް ގެނެސްފައެވެ.
އެނގިފައިވާގޮތުން ޔުނިޓް ދޭއް ބަލާފާސް ކުރުމުގެ ތެރޭގައި ހަމަނުޖެހުން އުފެދުނީ ޖަލު އޮފިސަރަކު ގައިދީއެއްގެ ގައިގާ ޖެހުމުންނެވެ. އެ ހަމަނުޖެހުމުގައި ޖަލު އޮފިސަރަކަށް އަނިޔާވިއެވެ.
ކަރެކްޝަން އިން ވިދާޅުވީ، މާފުށި ޖަލުގައި ގައިދީއަކު އޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެން އޮފިސަރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލު އާއްމު ހާލަތަށް ގެނެސްފައިވާކަމަށް ވެސް ކަރެކްޝަން އިން ވިދާޅުވިއެވެ.
މާފުށި ޖަލުގައި މިއަދު ޤައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަގެންދޭ. ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލުގެ ހާލަތު މިވަގުތުވަނީ އާންމު ހާލަތަކަށްގެނެވިފަ.
— Maldives Correctional Service (@CorrectionsMv) June 20, 2019
ނަމަވެސް ޖަލުގައި ތިބި ގައިދީންނަށް ވީ އަނިޔާއެއްގެ އެއްވެސް މައުލޫމާތެެއް ކަރެކްޝަން އިން ނުދެއެވެ.
"ވަގުތު" އަށް އެނގިފައިވަގޮތުން ޔުނިޓް ދޭއްގައި ހިނގި ހަމަނުޖެހުމަށްފަހު ޖަލު އޮފިސަރުން ދެ ގައިދީއަކު ގޮޅިން ނެރެ އެ މީހުންނަށް އަނިޔާ ކުރީ ބޭރު ގޮޅިން ބޭރުގައެވެ.
އެނގިފައިވާގޮތުން ގައިދީންއަށް އަނިޔާކުރި އޮފިސަރުން ތިބީ މާސްކް އަޅައިގެންނެވެ. އަދި ގައިދީންނަށް ގިނަ އިރުތަކެއް ވަންދެން ޖަލު އޮފިސަރުންތަކެއް އަނިޔާކުރި ކަމަށް ވެއެވެ.
އެނގިފައިވާގޮތުން ދެ ގައިދީންނަށް އަނިޔާ ކުރުމަށްފަހު އިތުރު ގައިދީންތަކެއް ގޮޅިން ނެރެގެންވެސް އަނިޔާކޮށްފައި ވެއެވެ.
ހޯމް މިނިސްޓަރ ޝެއިކް އިމްރާން އަބްދުﷲގެ ފޯން ނިއްވާލާފައި ވާތީ މިކަމުގައި މިނިސްޓަރުގެ ބަހެއް އަދި ނުލިބެއެވެ. މިނިސްޓަރ އިމްރާންއަކީ ޖަލުގައި ކުރާ އަނިޔާ ހުއްޓުވަން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅެކެވެ.
HRCM is investigating into reports of an incident in Maafushi Jail tonight.
— HRC of the Maldives (@hrcmv) June 20, 2019
އެޗްއާރްސީއެމް އިން މިރޭ ވިދާޅުވީ، މިރޭ މާފުށި ޖަލުގައި ހިނގާދިޔަ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ތިކުރީ ވަރައްބޮޑު ކުށެއް ޖަލުގެ އިއްޒަތް ތެރިން ނައް ކިރިޔާވެސް އަނިޔާ އެއް ވެއްޖެ ނަމަ ވީއެއްމެ އަވަހަކައް ކޮމިސަނެއް ހަދާ އޮފިސަރުގެ ކުއްވެރި އަކައް ހަދާ ހައްގު ބޮޑި އަވަހައް ހޯދާ
ވަނުވާ ނޭގިގެން ނޫޅެ ކަންވީ ގޮތަށް ކިޔާބަލަ، ކަންވީ ގޮތަކީ ބޮޑިބަތާ، ރޭނިސް ސަލީމުައާއި ކަމާބޭރުން ސުވާލުކުރުން، ޑީޑީ އަކީ ކާކުކަން ގައުމުގެ އެންމެނަށް ވެސް އެބައެނގޭ، ގޮތަކަށް ހުކުމް ކުރީމަ ރާސް ރާސް ލާފައި ހުކުމް ކުރީމައި މަގާމުގެ ކުރިއެރުން،
މަށެއް ނުދެނަހުރިން. ކަލޭމެން ކުދިންނަކީ މީހާ ދަރަޖަކުރާ މީހުން. އަހަރެމެންނަށް އެނގޭނީ ހުކުމް އަންނަގޮތުން. ގާނޫނު އަސާސީވެސް ބުނަނީ ޡާބިތުނުވާހާ ހިނދަކު މައުސޫމުކަމަށް. އެކަމަކު ދެން ތިކުދިންނަކީ ގާނޫނު އަސާސީއަށްވިރެވެސް އުހުގަ ތިބި ކުދިންވީމަ އެނގުނީ ކަމަށްދޯ ވާނީ.
ޑީޑީ އަކީ ކާކުކަން ޓެރަރިސްޓަކީ ކާކުކަން ނޭނގިގެން ބަޔަކު އުޅެނީތަ އަނެއްކާ! ހިއެއްނުވޭ އެހާ ސާފު ކަންތައްތައް ނޭނގިގެން ބަޔަކު އުޅެފާނެހެން.
މިހިރަ މިހިރަ މަގުން ކަން ކަން ހިނގަންފެށީމާ ދެން ހަކުރު ގިނަވޭ
ސުޖާއަށް އެގޭނެ ކުއްވެރިން ޖަލުން ނެރެގެން ގެންނަން ، އޭނާ އަކީ ބޮޑެތި ގޭންގް ތަކާއި ގުޅުން ހުންނަ މީހެއް ކަމަށް ގިނަ ބަޔަކު ބުނޭ
ވަރައް ރަގަޅު. ތަޅާ މަރާ ހުސް ކޮއްލާ. ދިވެހި ރައްޔަތުން ގެ.ލާރިން ޖަލު ތަކައް ކަން އަޅާ ބަލަހައްޓާ ކިހާބޮޑު ހަރަދެއް. އެމީހުން އުޅެނީ އިއްޒަތުގަ ފޭސްބުކުގަ ބޯނެއެއްޗެއް ބޮއެގެން.
މިރާއްޖޭގައި ކުށްވެރިން ޖަލަށް ލައިގެން ގައުމަށާއި ގައިދީންނަށްވާ ފައިދާއެއް އަދި ނުފެނޭ.. ޖަލުން ސަލާމަތްވެގެން އަންނަ މީހުންގެ ތެރެއިން މަދު މީހެއްގެ އަހުލާގު ރަނގަޅުވެފަ ހުންނަނީ.. ސިޔާސީ ބޮޑުބޮޑެތިން ދުނިޔޭގެ ދަޅަ ދައްކައިގެން ގައުމުގެ ޒުވާނުން ހަލާކުކުރަނީ..
އިންސާފު ފައިބަނީ. އަނިޔާވެރިކަމެއްނޫން. ފިރުމަނީ. ވާހް، ދިވެހިން ރީތި އެއްޗެއް ބޮއެގެން މިތިބީ. ރައީސް ޔާމީނަށް ބަވާ. އޭރަށް ހުރިހާކަމެއްދާނީ ފައްކާވަމުން.
ހާދަ ހިއްދަތި ކަމެކޭ ދޯ.ޔާމިން ދެނ ހިޔެއް ނުވޭ އަނބުރާ އައްނާނެ ހެން
އެންޑް ޕޮލިސް ބްރޫޓައިލިޓީ!!!!!
ދަގަނޑު ކެނޑޭނީ ދަގަނޑުން. ޖަލުގައި ތިބީ ކުށްވެރިން. ޖަހައިފިއްޔާ ޖެހިޖެހީނުން ތަނެއް ބިންދާލަން ޖެހޭނެ. އޭރުން ދެން ހަނދާން ހުންނާނެ ޖަލު ބަލަހައްޓާ މީހުންނަށް ކިޔަމަންތެރިކަން އަދާކުރަން. ނުޖެހޭނެ ބުއްފުޅި ޖައްސާކަށް.
ކީއްވެތަ ކުރިން ތިލަވަ ނުކީ. ޔާމީނު ވެރިކަމުގަ ކިރިޔާކަމެއްވާއިރައް ގޮވަނީ ތިހެންނެއް ނޫން.
އިސްލާމް ދީނުގަ އޮންނަނީ ކިހިނެއް.ގަމާރުން
ދިވެހި ޤަވްމު ހަލާކުވެދިޔުމުގެކުރިން ރައްޔިތުން އެކީއެކއްޗަކަށްނުކުމެ މި ނުބައި ޖާހިލު ވެރިކަން ނިންމަން ވެއްޖެ! ކޮބައި މައުމޫނު؟
މައުމޫން އިންނެވީ ހަވާ އަށްތޯ ފަޒާ އަށްތޯ ބަޑި ޖަހަންވީ ވިސްނަވަން.
އަދިމަޑުކޮއްލައިގެންމިތިބީ ވަރައްކައިރިންމިދަނީބަލަމުން ނިކުންނަހިސާބައްދިޔައީމާﷲއިރާދަކުރެއްވިއްޔާނުކުންނާނަން
ކޯއްޗެއް ކަލެއަށް ބެލޭނީ. ނިކުތަސް ކަހާތަން ހިރުވާވެސް ނުލާނެ
ހިއުމަން ރައިޓްސް ކިޔާތީ ދެރައީ. ޖަލު ރައިޓްސް ކިޔަން ފެނޭ. ޖަލުގަ ކަމެއްވާއިރަށް ބަލަން ލަސްވެފަ. ދެން ނޫޅެ ހިއުމަން އެއް
އިބޫގެސަރުކާރުން މީހަކަށް އަނިޔާނުކު
ރާނެ
އެއީސަރުކާރުންކުރި އަނިޔާއެއްނޫން. އެއީ ޖަލުއޮފިސަރުގެ އަމިއްލަކަމެއް.
އެކަމު ޔާމީން ސަރުކާރުނަމަ އެވާނީ ޔާމީނުގެ މަތި.....އިބޫ ސަރުކާރުވީމަ އޮފިސަރު މަތި...
އެއްވެސް އަނިޔާއެއް ނުކުރޭ ގައިދީންތަކެއް ސެކިއުރިޓީން ގައިގަ ތަޅައިގަތީ..
އޮފިސަރު ނުޖެހޭނެ ލަޑާކަށް.
ޜަސްމީ ކަންތައް މިފެށެނީ އަދިކިރިޔާ ނުޖެހޭނެ ތަޅާއަނިޔާކުރާކަށް
ކިހާ ދެރަކަމެއް... އެމީހުން ހަމަރީއަޗަށް ތިއްބަތަ ގޮޅިބަލަން ވަންނަން ޖެހުނީ.. މިގައުމުގަ ވަރަށް ގިނަވާނެ ކުއްވެރިކަށް ކަމެއް ވެއްޖެޔާ ނަގޫނަގާފަ ދުވާމީހުން.. އަބަދުވެސް އަމިއްލައެޖެންޑާއަށް ގައުމު ހަލަބޮލިކުރަން. ހަމަ ރަނގަޅަށް ތިހެދީ
ކަންކުރީ ރަނގަޅަށް.ވާހަކައިގެ ދެކޮޅު ހޯދުމަކީވެސް މުހިންމުކަމެއް.
ތިވާނީ ޔާމީނުގެ ވެރިކަމުގަ ކުރި އަނިޔާ މިހާރު ފަޅާއެރީކަމަށް މިސަރުކާރަކުން އެއވެސް ބަޔަކައް އަނިޔާވެރިނުވާނެ ?
ޖަލުތެރޭގައި ގޮޅިތަށް ފިޔަވާ އެހެން ތަންތަނުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށް މާސްކު އަޅައިގެން އުޅުން މަނާ ކުރަން ކެރޭނެބާ ، ނުކެރޭނެ އޯގާތެރި ސަރުކާރު ވިއްޔާ.