ސީރިޔާގައި ހަނގުރާމަ ކުރަމުންދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

ސީރިއާގައި ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ، ބިލާދް އަލްޝާމް މީޑިއާއިން ބުނެފައިވަނީ މަރުވެފައިވަނީ އަބޫ ހާޖަރް އަލް މާލްދީފް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ކޮން އިރަކުކަމާއި، އޭނާއަކީ ކޮން ރަށަކަށް ނިސްބަތްވާ މީހެއްކަމެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާގެ ފޮޓޯއެއް އެ މީޑިއާއިން ވަނީ ހިއްސާކޮށްފައެވެ.

އެ މީހުން ބުނެފައި ވަނީ އެ މިހާއާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިންވެސް ސީރިޔާގައި ހަނގުރާމަ ކުރަމުންދިޔަ ދިވެއްސަކު މަރުވެފައިވާކަމަށް ބިލާދް އަލްޝާމް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އެ މީޑިއާއިން ބުނެފައި ވަނީ މަރުވެފައި ވަނީ ޏ. ފުވައްމަލުކަމަށް ނިސްބަތްވާ ޒުވާނެއް ކަމަށެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މިހާރު އެގައުމުގައި މަރުވެއްޖެއެވެ. ނަމަވެސް އަދިވެސް ބައެއް ދިވެހިން ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސެއިން

    މަރުވާން ނޫންތަ އެތަނައް ދިޔައީ އެހެން ވީމަ މަރުވާނެތާ

    43
    7
    • ކުއްލު ނަފްސް

      ގޭގަ ތިއްބަސް މަރު އައިސް ޖެހޭނެ.

      22
      2
  2. ޓޯޕީ

    ކާކު ބުނެގެން ތަ ދިޔައީ؟

    17
    3
  3. ޕޮފުބާ

    ވޭންދެނިވި އަޒާބު ދެއްވާށީ އާމީން

    7
    22
  4. ޢާދަމް ނަބީހް

    ދިވެއްސެއް މަރުވި ވާހަކަ ދައްކާ އިރު މިއަދު ސީރިޔާގެ ހައްދުފަހަނަ އަޅާފައިވާ ދައްޖާލެއް ފަދަ ބަޝާރު އާއި އޭނާގެ އައުވާނު ރަޝިޔާގެ އަސްކަރީސިފައިން ދިން ބޮމުުގެ ހަމަލާއެއްގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 12 މީހުން މަރުވި ކަން އެނގިލައްވާތޯ؟މީ އަދި މިއަދު ޝަހީދުވި އަދަދު
    ކީއްވެގެން ތޯ މިހަބަރު ނެތީ؟

    17
    7
    • ހަގީގަތް

      ކާފަރުން ދެކެ ބިރުން ނުކެރެނީ ނޫނީ އެތައް މުސްލިމުން ޝަހީދު ކުރާއިރު ވެސް މީޑިޔަާ ތަކަށް އެއި ބޮޑު ކަމަކަށް ނުވަނީ.

      10
      2
  5. ޢަޙްމަދް

    ދިވެހި ޙަވާރިޖީޢެއް ދޯ.

    6
    5
    • ވާނުވާ

      ސީރިޔާގެ މުސްލިމުން ޝަހީދު ކުރާވާހަކަ ދެއްކީމަ ކަލޭމެންނަށް އެދައްކާ މީހާ ޙަވާރިޖަކަށް ތިވަނީ. ބައްޝާރު އާއި ރަޝިޔާއިން ސީރިޔާގެ މުސްލިމުންނާ ދޭތެރޭގައި ކަންތައް ކުރާ ގޮތެއް ނުފެނޭތަ؟ ކަލޭތީ މުސްލިމަކަށް ވެސް ނުވަނީއެއްނު އެހެންވީމަ. ހުރިހާ މުސްލިމުންނަކީ އެއް އުއްމަތެއް ކޮންމެތާކު އުޅުނަސް

      3
      1
    • Anonymous

      ނޫނެ.ނުކެރެނީކި ނޫން.އެ ހަނގުރާމައަކީ ބިން ހޯދުމަށް ކުރާ ހަނގުރާމައެއް.މުސްލިމުންނަށް އޮތީ ދިނާއި ވަތަން ދިފާއު ކުރުމަށް ހުއްދަ ކުރައްވާފަ.މުސްލިމަކަށް ވީތީ އެހީތެރިކަން ފޯރުކޮށްދެން ޖެހޭ.އެހެނަސް އެތަނަށް ދާ ގިނަ ބަޔަކު ދަނީ މައިންބަފައިން ހާލުގަ ޖައްސާފަ.އޭއި ބޮޑު މައްސަލައެއް.އެންމެ މާތް ކަންތައްތަކަކީ ވަގުތުގައި ނަމާދުކުރުން އެއާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުން އެއަށް ފަހު ދީނަށްޓަކައި ސަހީދުވުން.މައިންބަފައިންގެ ނުރުހުމުގައި ދިޔުމުން ފައިދާއެއް ނުކުރާނެ.

      4
      4
    • .....

      ތިވެސް ހަވާރިޖުންގެ ސިފައެއް....

      1
      2
      • Anonymous

        ލޮލް

  6. ރަޝީދު

    ދިވެހިންނެއް އެތާކު ހަނގުރާމަޔަށް ގޮސްގެނެއް ނޫޅޭނެ އަދި އެއީ މުސްލިމުންނެއްވެސް ނޫން މިކަހަލަ ޚަބަރުތައް ނުލިޔެބަލަ

    2
    3
  7. ހަރުބަޖަން

    ރާއްޖެއައް ގެންނަންޖެހޭ އެކަކު މަދުވީނު...

    2
    1
    • ހަގީގަތް

      އެމީހުން ނޫޅެއޭ އަންނާކަށް. އައިއެސްއަށް ދިޔަމީހުންގެ އަނބި ދަރިން ހާލުގަ ޖެހިގެން އަންނަން ބޭނުން ވެގެން އުޅެނީ. ވާނުވާ ބަލާފަ ކޮމެންޓް ކޮށްބަލަ

      4
      1
  8. ތެދު ހަގީގަތް

    ނޫނެ.ނުކެރެނީކި ނޫން.އެ ހަނގުރާމައަކީ ބިން ހޯދުމަށް ކުރާ ހަނގުރާމައެއް.މުސްލިމުންނަށް އޮތީ ދިނާއި ވަތަން ދިފާއު ކުރުމަށް ހުއްދަ ކުރައްވާފަ.މުސްލިމަކަށް ވީތީ އެހީތެރިކަން ފޯރުކޮށްދެން ޖެހޭ.އެހެނަސް އެތަނަށް ދާ ގިނަ ބަޔަކު ދަނީ މައިންބަފައިން ހާލުގަ ޖައްސާފަ.އޭއި ބޮޑު މައްސަލައެއް.އެންމެ މާތް ކަންތައްތަކަކީ ވަގުތުގައި ނަމާދުކުރުން އެއާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުން އެއަށް ފަހު ދީނަށްޓަކައި ސަހީދުވުން.މައިންބަފައިންގެ ނުރުހުމުގައި ދިޔުމުން ފައިދާއެއް ނުކުރާނެ.

    2
    3