ކ. މާފުށި ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކުރިކަމަށް އަޑުތައް ފެތުރެން ފަށާފައިވަނިކޮށް، އެ ހަމަނުޖެހުންތައް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމް އިން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، މިރޭ މާފުށި ޖަލުގައި ހިނގާދިޔަ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މާފުށި ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއްކޮށްފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމަކަށްފަހު ޖަލުވެސް ވަނީ އެލާޓަށް ގެނެސްފައެވެ.

އެނގިފައިވާގޮތުން ޔުނިޓް ދޭއް ބަލާފާސް ކުރުމުގެ ތެރޭގައި ހަމަނުޖެހުން އުފެދުނީ ޖަލު އޮފިސަރަކު ގައިދީއެއްގެ ގައިގާ ޖެހުމުންނެވެ. އެ ހަމަނުޖެހުމުގައި ޖަލު އޮފިސަރަކަށް އަނިޔާވިއެވެ. އެކަން ކަރެކްޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ހަމަނުޖެހުމަށްފަހު ޖަލު އޮފިސަރުން ދެ ގައިދީއަކު ގޮޅިން ނެރެ އެ މީހުންނަށް އަނިޔާ ކުރި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަުން ބުނެއެވެ. ގައިދީންއަށް އަނިޔާކުރި އޮފިސަރުން ތިބީ މާސްކް އަޅައިގެން ކަމަށް ގައިދީންނާއި ވާހަކަދައްކާފައިވާ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ބުނެފައި ވެއެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ގައިދީންނަށް ގިނަ އިރުތަކެއް ވަންދެން ޖަލު އޮފިސަރުންތަކެއް އަނިޔާކުރި ކަމަށް ވެއެވެ.

ގައިދީންނަށް އަނިޔާ ކުރި ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އިން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އެޗް. އާރު. ސީ. އެމްއަށް ހަވާލުކުރެވިފައިވަނީ ހަމައެކަނި ގައިދީންގެ ކަންތައްތައްދޯ! އެމީހުންނަށް ދުވާލަކު އާފަލެއްދޭތޯ އާއި ކުކުޅު ފައެއް ދޭތޯބެލުން ހަމައެކަނިއޮތީ އެހެންރައްޔަތުންނަށް ދިމާވާ ކަންތައްތައް ބެލުމަކީ ނެތްކަމެއް

  2. މުހައްމަދު

    ޜި މީހުން ނިކަން ކޮމިޓީ އަށް ހާޞިރުކޮށް ސުވާލު ކޮށްލަ ދީބަލަ ، ޔާމީނުގެ ވެރިކަމުގައި ޖަލުގައި ހިގާދިޔަ ކަންތައް ތަކުގައި