މިދިޔަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝި ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފިއެވެ.

މި ލިޔުން ހަވާލުކޮށްފައިވަނީ ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައެވެ.

ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނީ 4 ދަރިވަރަކަށެވެ. އަދި، ހައި އެޗީވަރސް ސޮކްލަރޝިޕް 45 ދަރިވަރަކަށް ވަނީ ލިބިފައެވެ. މި 45 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 21 ފިރިހެން ދަރިވަރުންނާއި 24 އަންހެން ދަރިވަރުންނެވެ. އަދި ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބިފައިވަނީ 3 ފިރިހެން ދަރިވަރަކަށާއި އަންހެން ދަރިވަރަކަށެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު 4 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އަދި ހަޔަރ އެޗީވާރސް އެވޯޑު ހާސިލްކުރި ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވީ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ހަސަނެވެ.

މިރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަންގެ އިތުރުން ތައުލީމީ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު