މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލަ ނިންމާ ޖުލައި މަހުގެ ނިޔަލަށް ދައުވާކުރަން ފޮނުވާނެކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ދައުވާކޮށް އަޅާންހުރި ފިޔަވަޅުތައް ޖުލައި މަހުގެ މަސް ތެރޭގައި އެޅުމަށް ކަމަށެވެ. އެއީ ދައުވާކުރުމަށާއި އަދި އެނޫންވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށްވަންޏާ އެ ފިޔަވަޅުތައް ކަންވެސް ސުއޫދު ފާހަގަކުރެއްވިއެވެ.

ސުޢޫދު ވިދާޅުވީ، ރިޟްވާނާއި ޔާމީންގެ މައްސަލާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތް އެބަހުރިކަމަށެވެ.

"ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ދައުވާކޮށް އަޅާންހުރި ފިޔަވަޅުތައް އަޅާން ޖުލައި މަހުގެ ނިޔަލަށް. އެއީ ދައުވާކުރުމަށާއި އަދި އެނޫންވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށްވަންޏާ އެ ފިޔަވަޅުތަކެއް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ އިނގޭތޯ. ބިލް ރައީސް ތަސްދީޤްކުރެއްވުމުން މީގެ ކުރިން ކުރިމަތިވި ދަތިތައް ފިލާ ވަރަށް ބޮޑުތަކުން އަވަސްވެގެންދާނެކަމަށް. އެއީ އެންމެ މުހިންމުކަމަކީ އިނގޭތޯ." ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.

މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ޖުމްލަ 25 މައްސަލައެއް ތަޙްޤީގުކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޓޯ

    ހިންދީ ޑުރާމާ ސީރީޒެއް ހެން ސަސްޕެންސް ނުދަންމާ ތިދައުވާއެއް އުފުލާފަ ތިބި މީހުންގެ ނަންތައް އިއްވާލަދީބަލަ ؟؟؟

    22
    1
  2. ކެސް ސުޢޫދު

    އޭރުން ތިއޮތީ އިންސާފު ލިބިފަ. ކަލޭމެންނަށް ހަލާކު ހުރި.

    18
    2
  3. އަލިފުޅު

    ރައްޔިތުން މިތިބީ ޤާތިލުންނަކީ ކޮބައިކަން ދެނެގަތުމަށް ކެއް މަދުވެފަ އެކަމަކު ރައްޔިތުންނަކާ ވާކަމެއްވެސް ނޫން ދަޢުވާކުރަން ފޮނުވަނީޔޯ ތި އޮތީވާ މަރުތަކަށް އިންސާފޮ ހޯދާ ދެވިފަ ެންމެނަކު އަބަދު ހަމަިގަ ތިބެން ނުޖެހުނަސް ހުރިހާ ދިވެހިންނަކީ ރީނދޫ ހުން ޖެހިފަވާ ބައެއްވެސްނޫން ހުރިހާ ދިވެހިންނަކީ ޖަހާހާ ބެރަކަށް ނަށާނެބައެއްވެސް ނޫން

    18
    1
  4. ހަސަން ނ

    އިންސާފުގެތިލަފަތްއެއްފަރާތައްބަރު
    ސޫދޫ ތިމާ ޖަވާބުދާރީވޭއްޖެހޭދުވަސް
    ވަރައްކަވެރި އެދުވަހަކިހިށިބިިރިވެރިކަމާ
    މެދެ އަދަވިސްނާހެތި

  5. ގަމާރު

    ބަލަކޮބާ މަރުޙޫމް ޑރ އަފްރާޝީމްގެ މަރުގެމައްސަލަ ކަލެޔައްބަލަންއެނގުނީ އެންމެދެމީހުންގެމައްސަލަދޯ އަނެއްކާއެދެމައްސަލައިގައި އަމިއްލަ މަސްލަހަތެއްއޮތީތަ!