މަޓީއާއި ގަދީމީ ކަލެކްޝަން އަދި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ހިންގާ ސަގާފީ ހިރިގަލު ވަޑާން ކޯސް ފަށައިފިއެވެ.

މި ކޯސް ރަސްމީކޮށް އިފްތުތާހު ކޮށްދެވީ މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ ޔުމްނާ މައުމޫން އާއި މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދެވެ.

މި ކޯސް ފެށުމަށް މިރޭ ދާރުލް އާސާރުގައި ބޭއްވި ރަސްމިޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ ޔުމްނާ މައުމޫން ވިދާޅުވީ މިއަދު މި ފެށުނު ކޯހުގެ ސަބަބުން ދިވެހިންގެ ޒަމާންވީ ހިރިގަލުގެ ވަޑާން އިތުރަށް ދިރި ފުޅާވެގެން ގޮސް ގިނަ ބަޔަކަށް ދަސްވާނެ ކަމަށެވެ.

ސަގާފީ ހިރިގަލު ވަޑާން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ސަގާފީ ހިރިގަލު ވަޑާން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

"މިއަދު މި ފެށުނު ކޯހުގެ ސަބަބުން ހިރިގަލުގެ ވަޑާން އިތުރަށް ދިރުވި އާލާވެގެން ދާނެ ރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ އިސްލާމީ ސަޤާފީ ތަރިކައަށް ބަލާއިރު މިފަދަ ދެވަނައެއްނުވާ މިސްކިތްތަކެއްކަން" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަށް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުން ކަމަށާއި ރާއްޖޭގެ މިސްކިތްތައް ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަކީ ދިވެހިރާއްޖެއަށް އިޤްތިޞާދީ އަދި އިޖްތިމާއީ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

ސަގާފީ ހިރިގަލު ވަޑާން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ސަގާފީ ހިރިގަލު ވަޑާން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ގަދީމީ ކަލެކްޝަން އަދި މަޓީ ގުޅިގެން ހިންގާ ސަގާފީ ހިރިގަލު ވަޑާން ކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިދިޔަ މޭ މަހުގެ 15 ގައި ހަމަވެފައެވެ. މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ ކުރީ ކޮޅުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދިވެހި ތާރީހު ކުރިއަރުވައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަހުމަދު

    މިގަމުގައި ހުރި އާސާރީތަންތަން ހަލާކު ކުރީ ތިރިސްއަހަރުގެ ވެރިކަމުގައި ހަމަޔަގީނުންވެސ އަހަރެމެން ރަށުގަހުރިތަން ހަލާކުކުރީ މައުމޫނު ވެރިކަމުގަ ތަޅާލާފަހެދީ އެސްޓީއޯ ފިހާރައެއް މިކަން ފޭދޫ މީހުންނައެގޭނެ

    3
    1
  2. ދޮންބެ

    މީ ކިހިނެތް ހިނގާ ކަމެއްބާ؟؟ މީގަ ބައިވެރިވާން އިޢްލާން ކުރިބާ؟؟