ރީޖަނަލް އެލައިންސް ފޯރ ފޯސްޓަރިންގް ޔޫތް (ރަފީ) އެންޖީއޯގެ ފަރާތުން ހުޅުވާލައިގެން ބޭއްވި ގްލޯބަލް ލޯގޯ ކޮންޕެޓިޝަންގެ އެއްވަނަ ޕިލިޕީންސްގެ ޒުވާނެއް ކަމަށްވާ ޒަމާނަތް ފިން ހޯދައިފިއެވެ.

މި ލޯގޯ ކޮންޕެޓިޝަން އަކީ މިއަހަރުގެ އޯގަސްޓް 28 އިން ސެޕްޓެންބަރު 1 ކަށް، ރަފީ އިން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ޕީސް އެންބެސަޑަރ ޕްރޮގްރާމްގައު ބޭނުން ކުރުމަށް ލޯގޯ ހެދުމަށް ބޭއްވި މުބާރާތަކެވެ. 3 ދުވަހުގެ މުއްދަތައް ބޭއްވި މިމިުބާރާތުގައި 15 އަށްވުރެ ގިނަ ޤައުމުން 100 އަށްވުރެ ގިނަ ފަރާތަކުން ލޯގޯ ހުށަހަޅާފައިވެއެވެ.

ލޯގޯ މުބާރާތުގެ ދެވަނަ ލިބިފައިވަނީ ކޮންގޯގެ ޖޯނީ އަށެވެ. އަދި ތިން ވަނަ ލިބިފައިވަނީ ލިބިފައިވަނީ ޕިލިޕީންސްގެ ޖޯޝް އެންޓޯނިއޯ އަށެވެ.

ތިންވަނަ ލިބުނު ލޯގޯ
ދެވަނަ ލިބުނު ލޯގޯ

މުބާރާތުގެ އެއްވަނަ ލިބުނު ފަރާތްތައް މިއަހަރު ރާއްޖޭގައި ބޭއަވުމަށް ހަމަޖެހިފައިވާ ގްލޯބަލް ޕީސް އެންބެސަޑަރ ޕްރޮގްރާމްގައި ރާއްޖެއަށް އައިސް ހުރުމާއި ކެޔުމުގެ ޚަރަދު ރަފީ އެންޖީއޯ އިން ދިނުމަށްވަނީ ނިންމާފައެވެ. އަދި އެކަމުގެ އަގު ވަޒަން ކުރުމަށް މެޑައްޔަކާއި ސެޓްފިކެޓެއް ދިނުމަށްވަނީ ނިންމާފައެވެ.

2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ޕީސް އެންބެސަޑަރ ޕްރޮގްރާމަކީ ރާއްޖެ އާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކާއި ގުޅިގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ރަފީ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ. އަދި މި މުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ޒުވާނުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ރަފީ އިން ބުންޏެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށްވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރަފީ އިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު