މިއަދު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ގޮޅިން ނެރެގެން ގެންދިޔަ ބައެއް ގައިދީންގެ ނުރުހުމުގައި އެމީހުން ބޯ ބާލައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ޔުނިޓް ދެއަކުން ނެރެގެން ގެންދިޔަ ބައެއް ގައިދީންގެ ބޯ ބާލާފައިވާ ކަމަށް އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ މަދުވެގެން ހަތަރު ގައިދީއެއްގެ ބޯ ބާލާފައިވާ ކަމަށެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ ޔުނިޓް ދެއަކުން ދެ ގައިދީއަކު ނެރެ އަނިޔާ ކޮށްފައިވެއެވެ. އަދި ފަހުން އެ ޔުނިޓްގައި ތިބި ހުރިހާ ގައިދީން ނެރެގެން އަނިޔާ ކުރިއެވެ.

ގޮޅިން ނެރެ އަނިޔާ ކުރި ގައިދީންގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުން މިހާރު ވަނީ އަނބުރާ ގޮޅިއަށް ވައްދާފައެވެ. ގޮޅިއަށް ވައްދާފައި ނުވާ ގައިދީ ވީތަނެއް އަދި ސާފެއް ނުވެއެވެ.

ގޮޅިން ނެރުނު ގައިދީންގެ ތެރެއިން ބައެއް ގައިދީންގެ ހަށިގަނޑުގައި އަނިޔާ ކުރިކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން މިރޭ ވަނީ އިއުތިރާފުވެސް ވެފައެވެ.

ނަމަވެސް ބޭނުންކުރި ހާލަތާއި ނުބައްދަލު ބާރުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ހޯމް މިނިސްޓްރީ އިން މިރޭ ވިދާޅުވީ މިއަދު މާފުށި ޖަލުގައި ހިނގާދިޔަ ހާދިސާ އާގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މާފުށީ ޖަލަށް ވަގުތުން ޒިޔާރަތްކޮށް، މިހާދިސާއާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށެވެ.

"އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހާލަތާނުބައްދަލުމިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި" ހޯމް މިނިސްޓްރީ އިން ވިދާޅުވިއެވެ.

މި ހާދިސާ އިތުރަށް ތަހުގީގުކުރުމަށްފަހު ކަންކަން ގާނޫނުގެ ތަރަހައިގެތެރެއަށް ގެނައުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން ވިދާޅުވެއެވެ.

މާފުށި ޖަލުގައި ގައިދީންނަށް ބޮޑެތި އަނިޔާތަކެއްކޮށްފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މާފުށި ޖަލުގައި ހިނގި ހަމަނުޖެހުމަކަށްފަހު ޖަލުވެސް ވަނީ އެލާޓަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ކެޔޮޅު

    ކޮސްވާހަކަ ނުދައްކާ އެމްޑީޕީ ސަރުކާރުގަ އެއްގމާ ކަނޑާ ވަޔާ އަދި ޖަލުގަވެސް އަނިޔާއެއް ނުކުރާނެ!!

    79
    9
  2. މުހައްމާ

    ވާވާ! ސަޅިއޭ ކުރިން ނުއިވޭ ކިތައް އަޑު މި ސަރުކާރަށް ވޯޓްލީ މީހުން ވެސް ބުނާނެ ދޯ ސޯލިޙް ބޭ ހަންބާލަނީ އޭ ޖަލުތަކުގަ އަނީޔާ އަދުލު އިންސާފް ގެއްލިއްޖެ ތަނެއް ހަލާކުވެ ހިގައިދާނެ!!!!

    73
    3
  3. ކެޔޮޅު

    ސޭހް އަމްރާނުމެން މިއައީ އަނިޔާއާ ފަސާދަ ނައްތާލަން!!

    70
    3
  4. ވެލެޒިނީ

    މިއީ މުޖުރިމުން އެކަނި ގައުމެއްތަ.. އެމީހުންގެ ހައްގުތަށް މައުންޓު އެވަރެސްޓަށްވުރެ ބޮޑު މިގައުމުގަ... މީތަ އެޖެނޑާ 19 އަކީ

    74
    4
  5. ކާކު

    ޛލުގެ ގަވައިދުގަ އިއްނާނެ ބޭލޭނެ ކަަމަށް!

    26
    8
  6. އަހުމަދުބެ ބާރަށް

    ހާލަތާ ބައްދަލު ބާރުބޭނުންކޮށްފިއްޔާ ކޮންޓްރޯލެއް ނުކުރެވޭނެ! އެފަދަ ޙާލަތްތައް ކޮންޓްރޯލްކުރެވޭނީ އުފެދުނު މައްސަލައިގެ ޙާލަތައްވުރެ ބާރެއްބޭނުންކޮށްގެން. ޖަލަކީ ޖަލު ޖަލުގައިތިބޭނީ ކުއްވެރިން.

    32
    16
  7. ރައްޔިތުމީހާ

    ބޯބޭނުން ވަރަކައްދިގުކުރައް އޭޖަލޭ...ސަރުކާރުން އާމުރައްޔިތުން ފެލާފަ އެމީހުންގެ ހައްގުނޮހޯދަދީ...ބޮޑެތި ގާތިލުންނާ މުޖުރިމުންނަށް އެފައިސާއިން ހަރަދުކޮއްފަ އަދި އެމީހުން ޖަލުބަލަހައްޓާ މީހުނަށް ހަމަލާދިނީމަ ވީ އެމީހުންގެ ހައްގުގެވާހަކަ ދައްކަން...ކޮބާ އަހަރުމެން ރައްޔިތުންގެ ހައްގު މިނިވަނުންނޭ މީ...ޓެކްސް ދެމޭ އެބަ ބުނިވަރަކަށް.... ބިލްތައް ބޮޑޭވަނީ ބޯހިޔާވަހިކަމެއް ނެތޭ...މުޖުރިމުން އެދަނީ އަމަން ބަލަހައްޓާ މީހުނަށް އިންޒާރުދެމުންނޭ ދައުލަތުގެ ވެރިންގެ ހިމާޔަތުގަތިބެ

    44
    5
    • އެއްބަސް

      މި ޤައުމުގަ ގައިދީން އުޅެނީ ވަރަށް އަރާމުގަ.. އެމީހުންގެ ހައްޤު ހޯދަދޭން ގޮވާވަރަށް ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ހައްޤަށް ގޮވާނެ ވާލެެއް މި ޤައުމުގަ ނެތް.. އިސްލާމީ ޝަރީޢަތުގަ އޮންނަ އަދަބު ތަންފީޒް ކުރެވޭނަމަ ތި ޖަލުގަ ތިބޭނީ ކިހާ މީހުންނެއްބާ؟

  8. ޙަމީދް

    ކަލޭމެންނަކަށް ގައިދީންނެއް ނޭންގޭނެ.އޮފިސަރެއްގެ ބޮލަށް ދަގަނޑެއް ހަރާލީމަ ވެސް ހެވިފަ ތިބެންވީބާ.ކިހާ ފެންވަރެއްގެ ބައެއްކަން އެނގޭބާ އޮފިސަރުންނަށް އަނިޔާ ދިނީ.ކިތައް މީހުން ގަޔަށް ވަޅި ޖަހާ ޒަހަމް ކޮށްގެން ގެނެސް ތިބި ބައެއް ކަން ނޭންގޭނެ.

    37
    5
  9. ސަލީމު

    ކިނބޫ އިސްތިއުފާ

    31
    4
  10. ބުރިޓޯ

    ޢެމީހުން އެކުރީ ހާލަތާ ބައްދަލު ބާރުގެ ބޭނުންތާ ދޯ އެހެން ވީ މަ. ޢެ މައްސަލަ އަކަށް ނުވެ. ކޮންޓްރޯލް ކުރި މީހުން މި ގޯސް ވީ. ޢިމުރާނޫ

    22
    4
  11. Anonymous

    ކޮބަަައިތޯ (ޢޛ)

    10
    1
  12. ޟަނާ

    ޣައިދީއެއްގެ އަތުގައި ދަގަނޑުގަނޑެއް އޮތުމަކީ ބެލެހެއްޓުމުގެ ނިޒާމު ފޭލުވެފައިވާ ކަމުގެ ހެއްކެއް.

    34
    • ސްކޫލް

      ކޮއްކޮދޭބަލަ ކިޔަވަން އަދިވެސް

      1
      4
  13. ސީނު

    "ހިތްހެޔޮ" ގެ މާނަ އެޖެންޑާ 19 ގަ ތަފާތުކަން ހާމަވެއްޖެ...

    20
    2
  14. ހުދުމަ

    ހަމަ އަނިޔާ ކުރަންވީ. މަހުރިނަމަ އަދި ކުޅިވަރު ދައްކާލީސް

    9
    7
  15. ސަޓޯ

    އެމްޑީޕީ ސަރުކާރުން ޖައްވައް ފަޒާއަށް ތަލަޔަށް އިސްތަށިގަނޑައް.. ލޮލް

    23
  16. އޭނަގެ ތީނަ

    އަތަށް ގޮވަނީ އަތަށް ގޮވަނީ ދުވަސްކޮޅަކުން ބޮއްސުންލާނެ ބަލަން ތިބެމާ

    20
  17. ތީނަގެ އޭނަ

    އަތަށް ހޮވަނީ އަތަށް ގޮވަނީ ދުވަަސްކޮޅަކުން ބޮއްސުންލާނެ ބަލަން ތިބެމާ.

    13
  18. ގެސްޓް އަހުސް މަންޖެ

    އަޅެ އަންނި ނިކުމެ މުޅި ޤައުމުގައި ހުޅު ނުޖަހާތި ތިކަމާއި ގުޅިގެން، އީވާނުގެ މަރުގެ ކަންތަކާގުޅިގެންވެސް އަންނި މުޅި ޤައުމުގައި ހުޅުޖެހީ، ޕްލީޒް ނޯ އަންނި ޑޯންޑޫ ދިސް ޓައިމް. ވީ ލަވް އަވަރ ކަންޓްރީ ދޯ ޔޫ އާރ ނޮޓް.

    15
    2
  19. ކެސްޑީޕީ

    އަނިޔާ ވެރިކަން.

    13
  20. ޒަބާދުކުޑޭ

    ދެންބުނޭ އެތާއޮފިސަރުންނަކީ ޔާމީނުގެ މީހުންނޭ. އޭރުން ނިމުނީ.

    9
    2
  21. ސަހަރޯ

    ދައުލަތުގެ ހަރަދުގަ ކާންދީ ބޯންދީ ނިންދަވާ ބަލަހައްޓާ އަދި ސެކިއުރުޓީވެސް ދޭންފެނޭ ގައިދީންއައް. ޤައުމަށް ނުލާހިކު ފައިދާހުރި މަސައްކަތްކޮށް ދެއްވާ ބައެއް ވިއްޔާ އަނިޔާ އެއް ވެއްޖިއްޔާ ޤައުމަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް..ބޯހަލާކު

    7
    1
  22. އަމާ

    ގޭގަ ނިދާފަ އޮއްވަ ވިއްޔާ ތިޔަ އެއްޗެހިތަށް ގޮޅިއަށް ގެނެސް ލީ. މައިތިރިވެގެން އަމާ ބަސްއަހައިގެން ގޭގަ އިންނަމަ އެއްނު.

    5
    4
  23. ޢަދުލު

    ޖަލުގެ ތިބިގައި ދީންްްނައް ިންސާނިިިިއްްްޔަތާއި ޚިލާފުު އަނިޔާކުރިމޙުން މަރުުުުުުވީމަ ވެސް ބުުުުުުުުުުުުނާާާާނީީީީޝަހީދުންނޭ.

  24. މަަލަަަކު

    ރ. ޔާމީން ކުރިވަރުގެ ވެރިކަމެއްކުރެވޭނެ ވެރިޔެއް ހިޔެއްނުވޭ ދެން މިރާއްޖޭޭގެވެ ރިކަމާ ހަވާލުވާނެހެނެއް.
    ޖަލުގަ ތިބިމީހުން ހެޔޮ މީހެއް ވެރިކަމައް ގެނެސްފަ މިހާރު މިކިޔަނީ ކީކޭބާ!

  25. ގަނޑިޔާ!!!

    އެހެންވާނީ...އެއްބަޔަކު ގަޢިދީން ބުނީމަ ބުނާހާ އެއްޗެއް ވައްދައިދެނީ ގޮޅިއަށް، ނުވައްދައިދޭ އޮފިސަރުންނަށް ގަޢިދީން ބިރުދައްކާ އިންޒާރުދީ ހަދަނީ. ކޮރަޕްޓު އޮފިސަރުން ތިބޭތީ ވާގޮތް. ރަނގަޅަށް އުޅޭ އޮފިސަރުންނަށް ހުރިހާ އުނދަގުލެއް ޖެހެނީ. ތިތާ ތިބޭއިރު ވަކި ޑުރެސް ކޯޑެއް ބާއްވަންވީ، ބޯވެސް ކޮށަންވީ، ނިޔަފަތިވެސް ކަނޑުވަންވީ ހަފްތާއަކުން ހަފްތާއަކުން. ކޮންފަދަ ކަމެއްތަ، މީހުން މަރާ، ޑުރަގް ޑީލްކޮށް، އެކަހަލަ އެތަށް ކަމެއް ކޮށް ހަދާފަ، ތިތާ ބޭނުންހާ ގޮތަކަށް އުޅެވިގެން ނުވާނެ. ބޮޑަށް މޮނިޓަރ ކުރޭ އޮފިސަރުންވެސް އަދި ގަޢިދީންވެސް.