ރާއްޖޭގައި ވެރިކަން ކުރެއްވި ތިން ރައީސުން ވެސް އޭނާ އެބޭފުޅުންނަށް ދެއްވި ލަފާގަބޫލުކޮށް އޭނާ ވިދާޅުވި ގޮތައް ކަންތައް ކުރެއްވި ކަމަށާއި ނަމަވެސް ކުރީގެ ރައީސް ޔާމީން އޭނާ ވިދާޅުވި ގޮތައް ކަންތައް ނުކުރެއްވި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ސައީދު މިހެން ވިދާޅުވެފައި ވަނީ މިހާރު ލީކް ވެގެން އުޅޭ އޭނާގެ އޯޑިއޯ ގައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 01 ވަނަ ދުވަހު ނެރުއްވި އަމުރާއި ގުޅިގެން މިހާރު ވެސް ގޭބަންދުގައި ހުންނެވި އަބްދުﷲ ސައީދުގެ ލީކްވެފައިވާ އޯޑިއޯގައި އޭނާ ވިދާޅުވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އޭނާ ވިދާޅުވި ގޮތް ހެއްދެވި ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް "މުޅިއަކުން އަޅުގަނޑު ބުނި ގޮތް ނުހަދަނީއެއް ނޫން" ކަމަށެވެ.
އަބްދުﷲ ސައީދުގެ އޯޑިއޯގައި އޭނާ ވިދާޅުވަނީ ޔާމީންގެ ވެރިކަން ވެއްޓުނީ އޭނާ ބުނި ގޮތް ނުހެދުމުން ކަމަށެވެ.
"އަޅުގަނޑު ބުނީ ސަރުކާރުން ޕޮލިޓިކަލް ޑެޑްލޮކް ދޫކޮށްލަން. އެއީ މަށަކީ އެކަޑަމިކަލީ އެކަންތައް ދަސްކޮށްފައި ހުރި މީހެއް." އަބްދުﷲ ސައީދު އޯޑިއޯގައި ވިދާޅުވެއެވެ.
އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވަނީ "ބުނި ގޮތް ހެދިނަމަ ޔާމީން ސަލާމަތްވާނެ" ކަމަށެވެ.
"ކަންތައް އަޅުގަނޑުމެން ބުނާ ގޮތައް ކުރީމަ ވާނީ. މައުމޫން ވެސް ކުރި އިރު ކުރާނެ. ވަހީދު ވެސް ކުރޭ. ނަޝީދު ވެސް ނުކުރެއެކޭ ނޫން މުޅިއަކުން. އަޅުގަނޑު ބުނާ ގޮތް ހެދު ނަމަ ޔާމީން ސަލާމަތްވާނެ." އަބްދުﷲ ސައީދު ވިދާޅުވެއެވެ.
އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި އީވާން ނަސީމް މަރުވި މައްސަލައިގައި ރިޔާސީ ކޮމިޝަނެއް އޭރުގެ ރައީސް މައުމޫން ހެއްދެވީ ވެސް އޭނާ ލަފާދެއްވެވުމުންނެވެ.
"އަޅުގަނޑު އީވާން ނަސީމް މައްސަލައިގައި ވެސް މައުމޫނަށް ލަފާ ދިނީ ހަމަ ވަގުތުން ރިޔާސީ ކޮމިޝަނެއް ހަދާފައި މިވެނި ދުވަހެއްގެ ތެރޭގައި ޝަރީޢަތް ނުކޮށްފިޔާ ވެރިކަން ވެއްޓޭނެއޭ. ރައީސް މައުމޫން އަޅުގަނޑުމެން ބުނި ގޮތް ހެދީމައޭ ނުވެއްޓުނީ. މަށަކީ ތަޙްޤީޤު ކޮމެޓީގައި އިން މީހެއް. އަޅުގަނޑު ތަޙްޤީޤު ކޮމެޓީގައި އިނީމާ ނޫންތޯ ބަޔާންތައް ނެގި އިރުވެސް ބުނީ ހާދަ އަދަބުވެރިއޭ. އެޓާނީ ޖެނެރަލް އޮފީސް އިން ވެސް ބުނީ ވާއޮ، ވާއޮ އޭ." އަބްދުﷲ ސައީދުގެ އޯޑިއޯގައި އޭނާ ވިދާޅުވެއެވެ.
އަބްދުﷲ ސައީދު އޯޑިއޯގައި ވިދާޅުވަނީ "ޔާމީން އުޅުނީ އޭނާ އަށް ވުރެ ގަދަ މީހަކު ނެތިގެން" ކަމަށެވެ.
"އޭނާ އަށް (ޔާމީނަށް) ނޭނގޭ އޭނާ އަށް މަގާމު ލިބުނު ގޮތެއް ވެސް. ޔާމީނަށް ގިނަ ކަންތައްތައް ދިޔަ ގޮތެއް ވެސް ނޭނގޭނެ. އެކަމަކު ޔާމީން ވަރަށް ނުބައި ހެދި. ޔާމީން މައުމޫނަށް ބިރު ދައްކައިގެން ބްލެކްމެއިލް ކޮށްގެން ވަރަށް ބޮޑެތި ކޮންޓްރޯލްތައް ނެގި. ވަހީދުގެ ވެރިކަމުގައި ވެސް ނާޒިމް މެން އަބްދުﷲ ރިޔާޒް މެން ލައްވާ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރުވި." އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެއެވެ.
ތިން ރައީސުން އަބްދުﷲ ސައީދު ވިދާޅުވި ގޮތް ހެދިކަމަށާއި ނަމަވަެސް ޔާމީން އަބްދުﷲ ސައީދު ބުނި ގޮތް ނުހެދި ކަމަށް އަބްދުﷲ ސައީދު ވިދާޅުވުމުގެ އިތުރުން އަބްދުﷲ ސައީދު ވަނީ ފެބްރުއަރީ އެކެއްގައި އަމުރު ނެރުނީ ޔާމީން ވެރިކަމުގައި ހުއްޓަ ނުދޭން ކަމަށް ވެސް ވިދާޅުވެފައެވެ.
ޔާމީނު ވެރިކަމުން ވެއްޓުނިއްޔާ މައުމޫނު ވެސް ވަހީދު ވެސް ވެއްޓުނީ ނުވެއްޓެނީ ނަށީދު
އާނ. އޭނަ އަމިއްލަ ފައިގަ އަޅައިގަނެފަ އަނގަވަތަށް ޖެހުނީ ވިއްޔާ. އެކަކުވެސް އޭނާ ވައްޓާކަށް ނުޖެހުނު.
ރައީސް ވެސް ހުންނަންޖެހެނީ ތިބޭފުޅާގެ ބާރުގެ ދަށުގަތަ! ހަޔާތްކުޑަ
ކަލޭ ބުނާ ގޮތް ހަދަން ރައީސުލްޖުމްހޫރިއްޔާއަށް ޖެހޭ ކަމެއް ނުދެނަހުރިން. ބީތާއެއްތަ ތީ ފަހެ.
ކަލޭ ބުނާގޮތަކައްތަ ރައީސަކަށްހުންނަމީހަކު ވެރިކަންކުރަންޖެހެނީ؟؟އެއްވެސްމީހަކު ބުނާގޮތަކަށް ކަމެއްނުކުރިޔަސް ގައުމަށާއި ރައްޔިތުންނަށް ކުޑަދުވަސްކޮޅަކުން ބޮޑެތި ތަރައްގީތަކާއި ގިނަގުނަ ފައިދާތައް ގެނެސްދިން ހަމައެކަނި ވެރިޔަކީ ރައީސު ޔާމީނުކަން މިހަގީގަތް ނައްތައެއް ނުލެވޭނެ!!! ޢެފަދަ ގާބިލުވެރިޔަކު ކަލޭ ކަހަލަ ދިއުޅި އެއްނުވާ އުއްތަމާއަކު ބުނާގޮތަށް ހަދަން ޖެހޭތަ؟؟
މީދެން ހާދަ މޮޅު މީހެކޭ އުތަ! އަމިއްލަ މޮޅުކަން އަމިއްލަ މީހާއަށް ފެނުނީމާ ދެއްކޭނީ ހުސް ތޮޔަކަހަލަ ވާހަކަ. ތިޔަހަރެގެން އަތަށް ގޮވަނީ، ވެރިކަން ވައްޓަށް ހުކުމް ކުރީ ބުނާގޮތް ނުހެދީމަޔޯލަ!!!
މީދޫ ކައްލަބާ ތިއޮތީ އިބޫ ކަލޭ ހިބަރުވަދުގަ ޖައްސާފަ. ދެން ސޯޓަށް ހީސްދުއްވާލާ. ތަ ހިތުން މޮޅުކަމެއް ކޮށްލާފަ ތިދިޔައީ. ގޫބައްޑާމެން ހީކުރަނީ މާ މޮޅުކަމެއް ކޮށްލާފަ ކަމަށް މިތިބެވެނީ. ގައުމުގެ ސިންގާތައް ކަތިލާފަ ކާފަރު ކުއްތާތައް ނަގާ ވެރިކަމަށްލާފަ. އެންމެފަހުން ތިމާގެ ފަހަތުން އެ ކުއްތާތައް މި ދުއްވައިގަތީ. ރީތިވެއްޖެއެއްނު.
ކަލޭބުނިގޮތް އަންނި ހެދިއިރު އޭނަވެރިކަމުންވެއްޓުނީ ކީއްވެޔޯ ވެރިކަމުތިބޭ އެއްވެސްމީހަކަށް ނުޖެހޭ ކަލޭބުނާހާގޮތަކަށް ކަންތައްކުރާކަށް ވެރިކަން ވައްޓާލުމާ ދެއްވުން ވަނީ ކަލޭގެއަތްމަތީކަމެއްނުދެނަހުރިން
ޜާއްޖޭގަ މިވަގުތު ހުރިދެވަނަ ބޯގަޅި މި ސައީދު އަކީ
1) އިސްތިއުފާ ދިންރައީސް
މިކަލޭގެ މިހިރީ ބޯގޮވާފަ ކަލޯ ހަދާންނައްތާލާ މިސަރުކާރަކީ ދޮވެސާފު ކުރާ ސަރުކާރެއް ކުނިހޮވާނެސަރުކާރެއްނޫން
މީނަ ހައްޔަރު ކުރަންވީ. މީ ހުރިހާނުބަޔެއް ހެދިމީހާ
ދިވެހިވަންތަކަން.....ޔައުނީ މީހަކު ވެއްޓޭ ބޮޑީގަ އެމީހެއްގެ ކަރަށް ފައިން އަރާ ތިމާ ދެމިގަތުން.
ވެރިކަން ދެއްވާނީވެސް އަތުލައްވާނީ ވެސް މާތް ﷲ. ކަލެއެއް ނޫން.
އެކަޑަމިކަލީ އެކަންތައް ދަސްކޮށްފައި ހުރި މީހެއް ވެރިކަމަށް ކުރިމަތި ނުލީ ކީއްވެ؟؟ އަނގަ ފޮނި ނުކަޑާ
ތިމާއަށް ތިމާގެމޮޅުކަން ފެނުނީމަ ނުވެނުދާނެގޮތް ވެތިޔައޮތީއަތައްގޮވާފަ. މިކަހަލަމީހުން ތަންތަނައްއިސްކޮށްފަ ބައިތިއްބަންހެޔޮނުވާނެ. މިއީ ގިނަމީހުންގެ ވައްތަރު. ވަރަށްހިޔަޅުވާނެ .މިއީ ކޮންމެފަދަކަމެއްކޮށްފާވެސް ތިމާގެއަމިއްލައެދުން ފުއްދާލާ އަނެކާގެހައްގުނިގުޅާގަތުމުގަ އަރާތިބޭބައެއް.. އަބަދުވެސްމަކަރާހީލަތުންތިމާގެއަންބޮޑިބޮޑުކޮށް ކެރަވަޅުހަދާ ގޮތްދައްކާގެން މަގާމުގެދަހިވެތިކަމުގަ ތެޅިބާލާ ނުލަފާބައެއް. ހަލާލެއްހަރާމެއްނުބަލާނެ. ބަލަކަލޯމެން ތިޔަކަހަލ ނުބައިޖަރީމާތައް ހިންގިޔަސް ފަހަރުގަ މިދުނިޔޭން މޮޅުކަންހޯދިއެއްކްމަކު މާދަމާ ތިޔަކަންކަމާކިރިމަތިލާންޖެހޭނެ
މިސޮރުގެ ވާހަކަ އަޑު އަހާފަ މީހާދަހާވާ މޮޅުމީހެކޭ މިސޮރުގެ އަންހެނުން ބުނާނެތާދޯ. އެކަމަކު ޙަގީގަތަކީ އުއްތަމަފަނޑިޔާރު ކަމުގެމަގާމު ލިބޭތޯ އޭރުގެ ޚަލިފާ ހާރޫނުއްރަޝީދަށް ދަންނަވާ ދިނުންއެދި އޭނާގެ ރައްޓެހިން ގާތު އާދޭސް ކޮށް ހެދިކަން ދެނެހުރި މީހެއް އަހަރެންނަކީ. މަގާމެއް ލިބުނީމަ އުޅެންނޭގި ތެޅުނީމާ ވާނެގޮތްވީ. ވާހް!ވާހް!
ތިޔައީ ރަގަޅު ވާހަކައެއްތޯ ބަލާފަ ތިޔަފަޑިޔާރު ހައްޔަރުކުރަންވީ. ޢެއީ ތެދެއްނަމަ ތިޔައީ ހުރިހާ ނުބައެއްގެ އަސްލަކީ.
މި އޯޑިއޯ ފުލުހުން އަޑެއް ނީވޭތޯ ..ކޮބައިތޯ ސަރުކާރުގެ މުވައްސަސާތަށް ނިދާފަތޯ. ޔާމީނު ނިކުންނަވާ ކޮބައިތޯ އަލީ އާރިފް ނިހާނު ޚަލީލް... ހަމަހައިރާންވޭ އަދިވެސް ނިދިންހޭލާކަށްނުވޭތޯ އަދި އިވޭނެ މިއޮޅުވާލިވޯޓްތަކުގެ ވާހަކަވެސް
ދެން ކަލޭ ތިވީ ކަންނެލު އޮޑިއާ އެްްގޮތަށްނުން. އެ އޮޑިވެަް ބުނި ތިމަންނަ ދުއާދޭ ވެރިން ހޮވޭނޭ...ރިޝްވަތު ކަނޑުކޮހުން މަޑުން ތިބޭ. އަންނި ނުގެންނާނެ ކަލެއެއް ސކ އަކަށް.
ސަރުކާރު ސޯޓުބޭލުމުގެ ވަތުބަތާނަ މިލަގަބު ކަލެޔަށް އަރުވަން ދެންމާގިނަދުވަހެއްނުވެ ރައީސްޔާމީނު ވެރިކަމުން ފައިބަންޖެހުނުގޮތާ އިންޑިއާސަރުކާރު މިހާރުގެސަރުކާރާ ހެދި ޑީލްވެސް ފަޅާ އަރާނެ ކަލެޔަކީ ސިޔާސީނާގާބިލު ދެކޮޅުންކާ ވެނެއް.
އެމްޑީޕީގެ ސަރުކާރަކުން އައްޑޫ ތަރައްގީ އެއް ނުކުރާނެ އެމްޑީޕީގެ ބޮޑުމީހަކަށް ދައުލަތުން ފައިސާ ލިބޭނެ ގޮތަކަށް ކަމެއްކޮށްލާފާނެ މިހާރުވެސް އެހުރީ ހޮސްޕިޓަލް ތަރައްގީގެ ނަމުގައި ކޮންވެންޝަން ސެންޓަރު ހަލާކު ކުރަން އެލިޔާ ކުންފުނިޔާއި ހަވާލު ކޮށްފައި ދެން މަގު ހަލާކު ކުރަން އެމްޑީޕީ ބޮޑޮމިހަކާއި ހަވާލު ކުރާނީ ! މީ އެމީހުންގެ ތަރައްގީ !
އެމްޑީޕީގެ ސަރުކާރަކުން އައްޑޫ ތަރައްގީ އެއް ނުކުރާނެ އެމްޑީޕީގެ ބޮޑުމީހަކަށް ދައުލަތުން ފައިސާ ލިބޭނެ ގޮތަކަށް ކަމެއްކޮށްލާފާނެ މިހާރުވެސް އެހުރީ ހޮސްޕިޓަލް ތަރައްގީގެ ނަމުގައި ކޮންވެންޝަން ސެންޓަރު ހަލާކު ކުރަން އެލިޔާ ކުންފުނިޔާއި ހަވާލު ކޮށްފައި ދެން މަގު ހަލާކު ކުރަން އެމްޑީޕީ ބޮޑޮމިހަކާއި ހަވާލު ކުރާނީ ! މީ އެމީހުންގެ ތަރައްގީ !
ކޮމެންޓު ތަކުގެ ލައިކް ކޮށްފަ ހުރި ވަރު ބެލީމަ ހާމަވަނީ ތާއީދު އޮތީ ޔާމީނަށްކަން. ވޯޓުގަ ކިހިނެއްބާވީ؟؟
ތިން ރައީސުން އަބްދުﷲ ސައީދު ވިދާޅުވި ގޮތް ހެދިކަމަށާއި ނަމަވަެސް ޔާމީން އަބްދުﷲ ސައީދު ބުނި ގޮތް ނުހެދި ކަމަށް އަބްދުﷲ ސައީދު ވިދާޅުވުމުގެ އިތުރުން އަބްދުﷲ ސައީދު ވަނީ ފެބްރުއަރީ އެކެއްގައި އަމުރު ނެރުނީ ޔާމީން ވެރިކަމުގައި ހުއްޓަ ނުދޭން ކަމަށް ވެސް ވިދާޅުވެފައެވެ.
حمد الله وشكرالله ޔާމީނު شرعى ދާއިރާއަށް އަތްބާނާފާ ނުވާކަމަށް އެންމެބޮޑު ކޯޓުގެ
ފަނޑިޔާރު ކަލޭފާނު ހުކުން ކޮށްފި ސާބަސް ރައީސް ޔާމީނު.
ޔާމީނު ހުދުކާފޫރަށްހަދަން ވީޑިއޯއެއް ތައްޔާރު ކޮށްލީދޯ؟
ވަރަށް ރަގަޅު ރާއްޖޭގަ އުޅޭތަ ރަންނަމާރީ ޖޫން ފިރިހެނެއް ކޯޓު އޮފީސް ސްކޫލް
މިހުރިހާ މީހުންނަކީ ވެސް شيطان އިންސާނުންގެ ސިފަ އެކަނި ހުރީ