ސަރުކާރަށް ސޮފްޓްވެއާއެއް ތައްޔާރުކުރުމުގައި ކޮރަޕްޝަން ކަންތައްތަކެއް އެކުލެވޭ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ޒީރޯ ތޮލެރަންސް ގެންގުޅޭތޯ ސުވާލު ކުރައްވާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވަމުން ޝާފިއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާދޭން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސޮފްޓްވެއާއެއް ތަރައްޤީ ކުރުމަށް ދީފައިވާ މަސައްކަތެއް މިސަރުކާރުން ކުރިއަށް ގެންދާތީ ކަމަށެވެ.

އޭނާ ތުހުމަތުކުރާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގައި ބޭނުން ކުރުމަށް ސޮފްޓްވެއާއެއް ތަރައްޤީ ކުރުމަށް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. ނަމަވެސް މިސަރުކާރުން ވެސް އެމަސައްކަތް ކުރިން އޮތްގޮތައް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވެއެވެ.

"މިމައްސަލަ އާއި އަދި އެހެން ކަންކަމާއި ގުޅިގެން ހުރި އަޅުގަނޑުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމުން ވެސް އެކަމަށް ސަރުކާރުން އެއްވެސް ވަރަކަށް އަޅާލާފައި ނުވާތީ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދީފިން. މައްސަލަތަކެއް ހައްލެއް ނުގެނެވޭނަމަ ހަމައެކަނި މުސާރައިގެ ބޭނުމުގައި މަގާމުގައި ހުރުމުގެ ބޭނުމެއް ނެތް." ޝާފިއީ ވިދާޅުވިއެވެ.

މިސަރުކާރުން އަލަށް އުފެއްދި ސައިންސާއި ޓެކްނޮލޮޖީ މިނިސްޓްރީ އަށް މުހިއްމު ޒިންމާތަކެއް ހަވާލުކޮށްފައި ވީނަމަވެސް އެހެން މިނިސްޓްރީތަކެކޭ އެއްފަދައިން އެމިނިސްޓްރީގެ މަސައްކަތްތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަ

    ވީގޮތަކީ ދިރާގު އަދި އޫރީދޫ އިންޓަނެޓް އަގުހެޔޮ ނުކުރީ.. އެހެންވެ ކަޑަ ނުވާން އެއުޅެނީ... ލޮލް..

    38
  2. ރައްޔިތުމީހާ

    ހައް ހައް ހާ
    އިއުލާން ބާތިލް ކޮއްފަ އަލުން ކަލެޔަށް ނުދިނީ ތީވެ ދޯ .
    އިބޫ ނޫޅެއޭ ތިކަހަލަ ގަމާރުން ބައިތިއްބާކަށް

    17
    44
  3. ތިމަންނަ

    ދަންނާށެވެ! މިއީ ކޮރަޕްޝަން ރާއްޖެއެވެ. މި ގައުމުގައި ކޮރަޕްޝަނާ ނުލާ އެއްވެސްކަމެއް ނުކުރެވޭނެއެވެ.

    53
    4
  4. އުމޭރު

    އެހެނެއް ނޫން ވީ، ޝާފީ ބޭނުންވީ ބަދަލު ގެންނަން، ޝާފީ ބޭނުންވާ ބަޔަކަށް ދޭން، މި ސަރުކާރުންވެސް އެ ދެމެހެއްޓީ ބެލުންތަކެއް ބަލާފަ. ޝާފީ އެކަމާ ( މީނަ އަށް ) ނުލިބުމުން ބަދުނާމު ކޮށް ތިޔަ ވަކިވީ.

    31
    19
  5. ނޫރ

    ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމްތައް ލިބެންޖެހެނީ ސިޔާސީ މަސައްކަތްކުރާ މީހުންނަށް. ޔަގީން މިގޮލާ ބޭނުންވާ ބަޔަކަށް ޕޮރޮޖެކްޓް ނުދިނީމަ ތިވަކިވީ،..ެެެެެެެެެެެ ކީއްކުރަން އުޅޭބަޔެއްތިއީ، ސަރުކާރުގެ ހުރިހާ މަސައްކަތެއް ކުރަނީ ސިވިލް މުވައްޒަފުން.....

    35
    11
  6. ހދ

    ޔާމީން ސަރުކާރަށްވުރެ އެތައްގުނައެއް މަކަރާއި
    ހީލަތްހެދުމާއި މީހުންނަށް ލަނޑދިނުމާއި މިކަހަލަ
    ހުރިހާކަމެއް މާފޯރީގައި މިސަރުކާރުން ކުރިއަށް
    ގެންދާނެއެވެ.

    64
    5
  7. ދޮންބެ

    މިހާނާގާބިލު މީހުން ވެރިކަމައް ގެނާމަ ވާނެ 4 ތިވަނީ ދެން ގައުމުގާ އޮއްނާނި ތޮށިގަޑު

    35
    5
  8. ޓޮމީ

    މަލީހުމެން ނުވާނެ ރަގަޅެއް...ހަމަ އެގިއެގިތިބެ ވަޒީފާ ދިނީވެސް. ޔާމީން ސަރުކާރުގަ ފުޓުބޯޅަ ދަނޑުގެ ފައިދާނެގިމީހުން ނޭގެނީ ކާކަށް؟؟؟

    26
    5
  9. ޟޯލިހު

    މަލީހު ވާނީ މަލީހަށް، ރައީސް ޔާމީން އޭނާ ވަކިކުރީ ފުޓްބޯޅަ ދަނޑުތަކުން ފައިދާ ނަގަންފެށީމަ...ކަށީގަ ހިފާފަ. އަވަހަށް ވަކިކުރޭ...ނޫނީ މާލަސްވެދާނެ....

    25
    2
  10. ލަދު

    ރުއް އުފުރާ ކޮރަޕްޝަން އުފުރަނީތަ މިހާރު؟ މިއެތިވަރުތައް އަންނައުނު ލައިގެން ތިބެނީ ކީއްކުރަންބާއޭ ހިތަށް އަރާ.

    13
  11. ހހހހ

    އެއްބަސް ނުވިއަސް ހަގީގަތަކީ އެމަސައްކަތުގައި ކްރޮޕްޝަން ނެތުން. ޔާމީން ކުށްވެރިނުކުރޭ. ޔާމީނު ކޮރޮޕްޓޭކިއަސް އެކަމެއްނެތް .އަމިއްލަ އަތަށް ގޮވަނީ

    17
    1