ހދ.ނޮޅިވަރަންފަރުގައި ވާދަވެރި އިދިކޮޅު ޕާޓީ އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރުތް ކަޑާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެ ރުކަކީ އަމިއްލަ މީހެއްގެ ރުކެކެވެ.

ރޭގެ ވަގުތެއްގައި ރުއް ކަނޑާލާފައިވާއިރު އިއްޔެ ފުލުހުން އެ ރުއް ކައިރިއަށް ގޮސް ހަރަކާތްތެރިވި ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މި ރުއް ކަނޑާލީ ސީދާ ފުލުހުން ކަމެއް ނޭނގޭ އިރު ރުކުގެ މެދުގައި ވަނީ ގިރިސް އުނގުޅާފައެވެ. ނޮޅިވަރަންފަރުގައި އެ ދިދަ ނަގާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދަ ނަގާފައިވާ ރުއް ރޭ ކަނޑާލާފައިވާ އިރު އެހެން ބައެއް ރަށްރަށުގައި ނަގާފައިވާ ދިދަތައް ފުލުހުންނަށް ނުބޭލިގެން ބިދޭސީން އަރުވައިގެން ވެސް ވަނީ ބަލާފައެވެ. އެގޮތުން މީގެ ކުރިން ގާތްގަނޑަކަށް 110 ވަރަކަށް ފޫޓު އުހުގައި ހުރި މި ދިދަ ބާލަން ފުލުހުން ކުރި މައްސަކަތް ނާކާމިޔާބު ވުމުން ވަނީ އެރަށު ބިދޭސީއަކު ލައްވާ ދިދަ ބާލުވާފައެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެންނުވާނެއެވެ.

އެހެންކަމުން މިހާރު ބައެއް ރަށްރަށުގައި ސިޔާސީ ޕާޓީތަކުން ނަގާފައިވާ ބޮޑެތި ދިދަތައް މިހާރު ހުންނަ ގޮތައް ނަގާފައި ބެހެއްޓުން މިއަދުން ފެށިގެން ވަނީ މަނާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އހ

    ރުއްކެޑުމުގެ ތަޖްރިބާ ފުލުހުންގެ ހުންނާނެ.. މާލޭގަ އޮތިއްޔާ އޮތްހާބކަދުރުރުކެއްވެސް ކެނޑީވިއްޔާ

  2. ޙަފްޞާ / މާލެ

    ދިދަ ނެގުން މަނައެއްނުވޭ! ދިވެހި ދިދައަށްވުރެ އުސްކޮށް ނުބަހައްޓަންވީ! އެއީ ވަރަށް ގިނަ ޤަވްމުތަކުގަ އޮންނަ އުޞޫލެއް!

  3. ހުއްބުލްވަތަން

    މީ އަޅެ ހައިރާންވެ އަންތަރީސްވާވަރުގެކަމެއް. ދިވެހި ދިދައަށްވުރެ އުހަށް އެއްވެސް ދިދައެއް ނުނެގޭނެކަމަށް އޮންނައިރު، ދިވެހި ދިދައަށްވުރެ އުހަށް ދިދަ ނެގި މީހަކު ނުވަތަ ބަޔަކު ތިބޭނެތާ. ކީއްވެގެންބާ އެ މީހަކަށް ނުވަތަ ބަޔަކާމެދު ފިޔަވަޅޫ ނާޅަނީ. މީއަރަތެއްނު.

  4. ޖާން

    ފެންފޯއްރުށް ކަނޑާކަނޑާ ތިޔަމީހުން ނިކަންކުޅަދާނަވާނެ ރުށްކެނޑުމަށާއި މީހުންގެ އަނބިން ކައިރިޔަށް ވަންނަން . ނިކަންބިރުވެސް ގަންނާނެ. ދަނގަނޑުދަހަނާ އަޅައިގެން ތިބޭއިރު ނުކަން ފުއްޕާނެ.