ފޯސީޒަން ކުޑަހުރާ ރިސޯޓަށް އެ ވެލާ ލިބިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. ވޭލާ ފެނުނު އިރު އޭތީގެ ވާއަތު ފިޔަ ވަނީ ބުރިވެފައެވެ. ޤަބޫލުކުރެވޭ ގޮތުގައި، މަސް ހިފަން ބޭނުންކުރާ ނެޓަކުން ސަލާމަތް ވާން އުޅުމުގެ ތެރޭގައި އޭގެ އެއް ފިޔަ ވަކިވީއެވެ.

ފޯސީޒަން ލަނޑާގިރާވަރު، އަދި ފޯ ސީޒަން ކުޑަ ހުރާ މި ދެ ރިސޯޓަކީ "ފްލައިން ޓާރޓަލް ޕްރޮގްރާމު" ވަރަށް ފުޅާ ދާއިރާ އެއްގައި ހިންގަމުން އަންނަ ދެ ރިސޯޓެވެ.

މި ޕްރޮގްރާމުގެ ދަށުން، 5 އަހަރު ދުވަހުގެ ފަރުވާ އަށް ފަހު، މިއަދު މި ވަނީ އެ ވެލާ މޫދަށް ދޫކޮށްލާފައެވެ. "ޕެގީ" ގެ ނަމުން ނަން ދީފައިވާ އެ ވެލާ، ލިބުނު ހަމައިން ފެށިގެން މިއަދާއި ހަމައަށް އެ ވެލާ ރިހެބިލޭޓް ކުރަން ކުރެވުނު މަސައްކަތް އެ ރިސޯޓުގެ ފަރާތުން ވަނީ "ވަގުތު" އާއި ޙިއްސާ ކޮށްފައެވެ.

ފޯ ސީޒަން ރިސޯޓުގައި މިއަދު ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން / ވަގުތު އިމޭޖަސް: އިބްރާޙިމް ޝާބިލް

" އެ ވެލާ އަޅުގަނޑުމެންނަށް ލިބުނީ، 2014 ވަނަ އަހަރު. ރާއްޖޭގެ އުތުރުން އެ ވެލާ ގެނައީ. ގެނައި އިރުވެސް އެއް ފިޔައެއް ނެތް. ދެން ވަރަށް ބޮޑަށް ވަރު ދެރަކޮށް އޮތީވެސް. ދެން އަޅުގަނޑުމެން ނިންމީ އެ ވެލާ އަނބުރާ އޭގެ މާހަޢުލަށް ނެރެން. އެއީ އަޅުގަނޑުމެން މި ހިންގާ ލަނޑާ ގިރާވަރު ރިސޯޓުގައި ހުންނާނެ މެރިން ޑިސްކަވަރީ ސެންޓަރެއް. ދެން އެކި ކަހަލަ ފަރުވާ ދީގެން 2016 ވަނަ އަހަރާއި ހަމައަށް ޕެގީ ގެންގުޅުނީ އެ ރިސޯޓުގަ. އެންމެ ފުރަތަމަ ގެނައި އިރު، ޕެގީ އަށް ޑައިވް އެއްވެސް ނުކުރެވޭ." ފޯސީޒަން ކުޑަހުރާ މެރިން ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރ، އެލީ ވިދާޅުވިއެވެ.

2016 ވަނަ އަހާއި ހަމައަށް ލަނޑާގިރާ ވަރުގައި ވެލާ ބޭއްވުމަށް ފަހު، ފްލައިން ޓާރޓަލް ޕްރޮގްރާމުގެ ދަށުން، އެ ވެލޭ އިތުރު ފަރުވާ އަށް ބެލްޖިއަމް އަށް ފޮނުވުމަށް އެ ރިސޯޓުން ނިންމިއެވެ. މިކަމަށް ކުރި ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ އެ ރިސޯޓުންނެވެ.

"2016 ވަނަ އަހަރު ޕެގީ ފޮނުވީ އިތުރު ފަރުވާއަށް ބެލްޖިއަމް އަށް. ބެލްޖިއަލްގައި އޮންނަ ޒުލަކާއި ހަވާލުކުރީ. އެއީ މާހައުލު ތަންކޮޅެއް ރަނގަޅުވެފަ، ޖާގައިގެ ގޮތުންވެސް ރަނގަޅު ތަނަކަށް ވާތީ. މިކަމުގައި ދިވެހި ސަރުކާރުގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލެއްވުމެއް އަޅުގަނޑުމެންނަށް ލިބުނު. އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބެލްޖިއަމްގެ ކަމާއި ގުޅޭ މާހިރުންގެ ބެލުމުގެ ދަށުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔައީ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން ބެލްޖިއަމްގައި ވެލޭ ބޭއްވުމަށްފަހު އަނބުރާ ރާއްޖެ މި ގެނައީ." އެލީ ވިދާޅުވިއެވެ.

ފޯ ސީޒަން ރިސޯޓުގައި މިއަދު ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން / ވަގުތު އިމޭޖަސް: އިބްރާޙިމް ޝާބިލް

މީގެ އިތުރުން އެލީ ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ޤައުމެއްގައި، އަދި ޚާއްޞަކޮށް، ކަނޑު ފަޅުގެ ރީތިކަމާއި މުއްސަނދިކަން ލިބިގެންވާ ޤައުމެއްގައި ކަނޑުގެ ދިރުންތައް ނެތިދާފަދަ ކަންކަން ކުރުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، ފޯސީޒަން ރިސޯޓުން އަބަދުވެސް މަސައްކަތް ކުރަނީ ކަނޑުގެ ދިރުންތައް އެންމެ ރައްކާތެރިގޮތެއްގައި ދެމެހެއްޓުމަށް ކަމަށެވެ. އަދި ވެލައެއް ރާއްޖޭން ބޭރަށް ފޮނުވުމަށްފަހު، އަނބުރާ ރާއްޖެ ގެނެސް، އޭތީގެ އަސްލު މާޙައުލަށް ދޫކޮށްލާ މީ ފުރަތަމަ ފަހަރު ކަމަށާއި، އެހެންކަމުން މީ ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ.

"މިއީ ރާއްޖޭގައި އަދި އަލަށް މިފަދަ ކަމެއް މި ކުރެވެނީ. މީގެ ކުރިންވެސް އަޅުގަނޑުމެން ވާނެ ގާތްގަނޑަކަށް 132 ވެލާ ރިލީޒް ކޮށްފަ. ނަމަވެސް ރާއްޖޭން ބޭރުން ފަރުވާ ހޯދައިގެން އަދި އަލަށް މިކަން މި ކުރެވެނީ. ދެން ޕެގީ ގައިމަތީގައި އިންނާނެ ޓްރެކިން ޑިވައިސް އެއް ހަރުކޮށްފަ. އޭގެ ބޭނުމަކީ އޭތީގެ ޑައިރެކްޝަން ދެނެގަތުން އަދި ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް އޭގެ މޫވްމަންޓްތައް ދެނެގަތުން. އަޅުގަނޑުމެން ވަރަށް އުފާވޭ މިފަދަ ކަމެއް ގިނަ ދުވަހުން ނަމަވެސް ޙާޞިލްވީތީ. މިއީ މި ދެ ރިސޯޓަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ދެކެނީ." އެލީ ވިދާޅުވިއެވެ.

ވެލާ މޫދަށް ދޫކޮށްލުން ފާހަގަ ކުރުމުގެ ގޮތުން ފޯ ސީޒަން ކުޑަ ހުރާ ރިސޯޓުގައި މިއަދު ވަނީ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މިފަދަ ކާމިޔާބު މަސައްކަތެއް ކުރެވުނީތީ އެ ރިސޯޓުގެ ހުރިޙާ މުވައްޒަފުންވެސް ތިބީ ވަރަށް އުފަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވޭކަޕް

    އެހާރާއި
    މިހާރުގެ ފޮޓޯ އެއް އިންނަމަ ކޮންފަދަ

  2. މުނާ

    ހުވާ ކޮށްފަ ބުނެފާނަން، ތިޔތަނުން އަވައްޓެރި ރަށެއްގެ ނިކަމެތި އިންސާނެއްގެ އެއް އަތް ބުރިވިއަސް ތިޔަ ފަދައަކުން ތިމަކެއް ނުކުރާނެ. މިހާރު މިއޮތީ އިންސާނިއަޔަތުކަމާ އިންސާނީ ކަރާމާތަށްވުރެ ޖަނަވާރުތަކުގެ ކަރާމާތް ބޮޑު ޒަމާނެއް އައިސް . ހުޅަނގުގެ ޚަރީފުން އުފެދި ފެތުރެމުންދާ ރާޅެއް އެހެނިހެން ހިސާބުތަކަށް ބަހާރުކަމުގަ ބަލައިގަންނަން މަޖުބޫރު ކުރެވިފަވާ ދުނިޔެ އެއް.

    31
    2
    • ފުޅި މަދު ފާޚާނާ

      ހޫމް... މޯދީ މެން ގެރިއާ އެތާ ހިމާޔަތް ކުރާހެން...
      ނޮޓް ބޭޑް.. ވީ އެޕްރިޝިއޭޓް

      7
      2
      • ފުޅި މަދު ފާޚާނާ

        އައި މީން އައި އެޕްރިޝިއޭޓް އެލީސް ވާރކް...

        1
        2
  3. މަސްނުކާތި

    އިންސާނެއް ނަމަ ތިހާ ވަރަކުން ނޫޅޭނެ ދޯ؟؟

    18
    2
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތި ވެލާ ބެލްޖިއަމަށް ގެންގޮސްގެން 3 އަހަރު ކާންދީ ބޮޑުކޮށްގެން، ތީގެ ނެތް ފިޔަގަނޑު ނުވަތަ އާޓިފިޝަލް ފިޔަގަނޑެއް ޖެހީތަ؟ ނުޖަހާނަމަ ތިހާ ބޮޑު ހަރަދެއް ކޮށްގެން ވެލަޔެއް ބޭރުގައުމެއްގަ ގެންގުޅުމުގެ ބޭނުމެއް އެބައޮތް؟ ގައިމު ބަށްޔަށް ބޭސްނުކުރެވިގެން ތިބި އެތައް ދިވެހިންނެއް އެތިބީ.. އެމީހުނަށް އަޅާލަބަލަ.. ދެއްކުންތެރިކަމަށް ކޮންމެ ކަމެއްވެސް ކޮށްފާނެކަން މީގެން އެނގިގެން މިދިޔެއީ..

    12
  5. ކުޑަހުރާ ސައިންޓިސްޓު ނާޒިމް

    ތި ވެލަޔަށް އުފާވެރި ދުވަސްތަކަކަށް އެދި ކުޑަހުރާ ރިސޯޓުން ތިކުރާ މިންނެތް މަސައްކަތަށް ޝުކުރުދަންނަވަން .

    3
    3