އިހަވަންދޫ ސްޕީޑް ފެރީގެ ނިޒާމް ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މި ނިޒާމް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އިހަވަންދޫ އަށް މިއަދު ޒިޔާރަތްކުރައްވައެވެ.

އިހަވަންދޫގައި މިއަދު އިފްތިތާޙްކުރެއްވި ސްޕީޑް ފެރީގެ ޚިދުމަތަކީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް ދަތުރުކުރާ ފެރީގެ ޚިދުމަތެކެވެ.

މިއަދު އެރަށަށް ކުރި ޒިޔާރަތުގައި، އެރަށު ކައުންސިލާއި ބައްދަލުކޮށް، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މަޢުލޫމާތުތައް ނައިބް ރައީސް ވަނީ ހޯއްދަވާފައެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކުނީގެ މައްސަލައާއި، ރަށުގެ ބަނދަރު ބޮޑުކުރުމާ ބެހޭގޮތުންނާއި އަދި ކައުންސިލުން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭންވާކަން ފާހަގަ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުންކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމަށް އިސްކަން ދީގެން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރިޒާވް ހުސްވަނީ، ދެން ރައްޔިތުންނާ ގުޅިގެން ކުރާނެކަމެއް ނޭނގެ،

    9
    1
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިކަން ހުއްޓިގެން ނޫސްތަކުގެ ސުރުހީއަށް އަރާނެ ދުވަހެއް މާކަދުރަކު ނޯންނާނެ.. އިފްތިތާހް ކުރަން ދެއްކުމަށް ތިކަހަލަ ވަރަށްގިނަކަންކަން މިސަރުކާރުން ކުރާނެ.. ރައްޔިތުން ތިކަން ނުވެގެން ރަތަށްއަރާދުވަސް އަދި މިނޫހަށް އަރާނެ..

    9
    1
  3. ސ.ޜ

    މިއީ ޔާމީނުގެ ސަރުކާރެއް ނޫނޭ.