ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމް ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އައްޝައިޚް އަޙްމަދު ސަމީރު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ސްޓޭޓަސްގައި ވިދާޅުވެފައި ވަނީ ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރެއިން، "އިރުކަލާނގެ" އާއި ގުޅޭ އަޅުކަމެއްކަމަށާއި އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެ ގޮތުގައި 21 ޖޫން ފާހަގަ ކުރަނީ، 21 ޖޫން އަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެ ގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސް ކަމަށް ވާތީކަމަށެވެ.

އައްޝައިޚް ސަމީރު ލިޔުއްވި ސްޓޭޓަސް ތިރީގައި އެވަނީއެވެ.

"ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމްކަމެއް. ޔޯގާއަކީ ހިންދޫދީނުގެ އަޅުކަމުގެ ތެރެއިން، "އިރުކަލާނގެ" އާގުޅޭ އަޅުކަމެއް. އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެގޮތުގައި 21 ޖޫން ފާހަގަކުރަނީ، 21 ޖޫންއަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސްކަމަށް ވާތީ. އަދި އިރަށް ކުރިމަތިލުމާއި އިރާ ގުޅުންހުރި ޢިބާރާތްތަކާއި ސިންބަލްތައް މިކަމުގައި ބޭނުން ކުރެވެނީ މިހެންވެގެން." އައްޝައިޚް އަހްމަދު ސަމީރުގެ ސްޓޭޓަސްގައި ވެއެވެ.

އޭމާ އިތުރަށް ވިދާޅުވީ ޣައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އާ ޝަރީކަ ކުރުން ކަމަށެވެ. ޝިރުކުގެ ފާފައަކީ އެންމެ ބޮޑަށް އެއާ ދުރުވާންޖެހޭ ފާފަކަމަށައި ޝިރުކުގެ ފާފައަކީ އެ ފާފައެއްގެ ސަބަބުން އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވެގެން ދާނެ އަދި އެފާފައިގެ މަތީގައި މަރުވެއްޖެނަމަ ދުވަހަކުވެސް ނުފުއްސަވާނެ ހަމައެކަނި ފާފަކަމަށް އޭނާ ވިދާޅުވިއެވެ.

"ޔޯގާގައި ހިންދޫން ކިޔާ ބައެއް ތަކެތި ދޫކޮށްލުމަކީ އޭގެ ވައްޓަފާޅިއަށް ބަދަލު އަންނާނެ ކަމެއް ނޫން. މުސްލިމުންގެ ތެރެއަށް މިކަން ފާޅުވި ހިސާބުން ފެށިގެން އެކި ޤައުމުތަކުގެ ޢިލްމުވެރިންވަނީ މިކަމުގައި ބައިވެރިވުން ހުއްދަ ނުވާނެކަން ބަޔާން ކުރައްވާފައި. ވީމާ މިފަދަ ކަންކަމުން ދުރުވުމަށް އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރަން." އައްޝައިޚް އަހްމަދު ސަމީރު ވިދާޅުވިއެވެ.

އައްޝައިޚް އަހްމަދު ސަމީރުގެ އިތުރުން ވެސް ރާއްޖޭގެ ބައެއް އިލްމުވެރިން ގެންދަވަނީ ޔޯގާ ހެދުމަކީ ހަރާމްކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި ދުނިޔެ އަށް މަޝްހޫރު އެތައް އިލްމުވެރިންނެއް އެހެން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަހުމަދު

    ހެނދުނު އިރު އަރާއިރު ނިއުޕޯޓް ރެސްޓޯރަންޓާ ދިމާ އިރުމަތި ފަރާތުގައި ކޮންމެ ދުވަހަކު ގޮނޑު ދޮށުގައި ފިރިހެނަކު އިރަށް ކުރިމަތި ލައިގެން އިދޭ އަދި ލޯމަރައިގެން އިންނަނީވެސް ކިޔަވަނީ ހެން ހީވަނީ

    32
    6
  2. ައާންމުން

    ސުކުރިއްޔާ ސައިހް، ދީނުގައި އޮތްގޮތް ބަޔާންކޮއްދެއްވީތީ.

    101
    7
  3. އައިސް

    ތިޔަ ބޭކަލުން ނަށް އެނގިލައްވާނީ

    48
    5
  4. ޙަސަން

    ބުނާނެ ވާހަކަ އެއް ނެތް

    35
    3
  5. ގެރިގުއި

    އަދި ނިތްކުރީގަ ގެރިގުއިވެސް އުނގުޅާނެ ދިވެހިން.

    64
    5
  6. ގައުމު

    ތިކަމެއް ކުރާނެ އެމީހުން ހިތް ނުރުހޭ ކަމަކަށް ބަސް ކިޔައިފިތަ އެމީހެއް ގެ އަބުރު ކަތިލާނެ..އެ މިނިސްޓަރު ޝޭހަށް ވުރެން ދީން މާ އިނގެ ވިއްޔާ..މަރުވަން ދެން ގޮންޖަހަފަ ކުރެވިދާނެ..ޖަވަބު ދާރިވާން ޖެހޭ ދުވަހު ކީއްކުރެވޭނީ..ވަރަށް ދުނިޔެ މަތީ ބާރުދައްކައިން މީގެ ކުރީ ޖަމާން ތަކުގަ ވެސް އުޅެފި.އަވަހަށް ތައުބާވެ ޝެހުންގެ ހެޔޮބަސް ގަބޫލް ކުރޭ.

    43
    3
  7. ތަރުފާލު

    ނަމާދުކުރުމަކީވެސް ނިކަން މޮޅު ކަސްރަތެއް، އެކަމަކު ގެރިއަށް އަޅުކަންކުރާމީހުން ކަސްރަތެއްގެ ގޮތުގައި ނަމާދުކުރާތަނެއްނުފެނޭ.

    50
    4
  8. ހަނާ

    ޢަސްލު އަޅުގަނޑަށް މިހާރު އޮޅުން ފިލައިފި ޔޯގާ އަކީ ހަމަ ހަރާމް އެއްޗެއްކަން. ޢަޅުގަނޑަކީ ޔޯގާ ހަދާ މީހެއް. ޢެކަމު ދެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ޔޯގާ އެއް ނުހަދާނަން. ޝުކުރިއްޔާ ޝޭހް.

    91
    10
    • މޯލްޑިވިޔަން

      އަޅުގަނދު ހަމަ ހަދަން ފަށާނީ

  9. އުޔޫން

    މިއަދުން ފެށިގެން އަޅުގަނޑު ޔޯގާހެދުން ހުއްޓާލީ.. ޔޯގާ މެޓްވެސް ގޮޑައް އެއްލަލާނަން.. ޝައިހައް ވަރައް ޝުކުރު ދަންނަވަން އޮޅުން ފިލުވާދެއްވީތީ..

    20
    4
  10. ވެރިން

    ޝޭހް ބުނެދިފާނަންތަ ކަސްރަތުގެ ގޮތުގަ އެކަން ކުރުންމުގެ ހުކުމް.

    8
    1
  11. ކެނެރީގެ މާފަތް އެދުރު

    އިލްމުވެރިން ކިތަންމެ ވަރަކަށް ހަޅެއްލެވިޔަސް މިހާރު މިގައުމުގަ މިތިބަ މީހުން ޔޯގާ ކިއެއްތަ ފައްޅިވެސް އަޅާނެ ތަންތާ ބުދުވެސް ބަހައްޓާނެ ކެރަފާ ފެމެލީ ރަމްޒުކޮށްދޭ ބުދެއް ބެހެއްޓީމަ ރީނދޫ ހުމުގެ އަސަރު ކޮށްފަ ތިއްބަވާ ބޭފުޅުން ދާނެ އެއަށް ސަޖިދަ ޖަހަން މިހާރުވެސް ކެންނާރި އެދުރު ކަލޭގެއަށް ސަޖިދަ އެބަކުރޭ މިގައުމުގެ ވަރަށްގިނަ މީހުން މިއީ ހަގީގަތް

    18
    3
  12. އެލީ

    ވަރަށް މުހިއްމު މަޢުލޫމާތެއް. ޝުކިރިއްޔާ!

    12
    2
  13. އިސްމީހާ

    މައްޗަންގޯޅީ ކާމިނީމަގުގައި ހުޅުވަން އެބައުޅޭ ޓްރޫމައިންޑް ކިޔާތަނެެއް. އިންޑިޔާ އަންހެނަކާ ދޮން ފިރިހެނަކާ އެތަނުން ފެންނަނީ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިންގަންއުޅޭތަނެއް. އެތަނުގެ ލޯގޯއަކަށް އިންނަނީ ހިންދޫ ބުއްދާ ރަމްޒުކޮށްދޭ ލޮޓަސް މާ. އެ އިންނަގޮތަށް ޖަހާފައި. ހީވަނީ ފައްޅިޔެއް ހުޅުވަނީހެން.

  14. ޞިރާޠު

    ބައްލަވާ ސމީރޫ! ރާއްޖޭގައި އިސްލާމްދީން މި ދެމިއޮންނަނީ ވަކި ބަޔަކު ވެރިކަމުގައި ތިބޭތީކީ ނޫނެއްނުތޯ؟ ދެން އަނެއްކާ މިހާރު ހުރި ސަންގޯރަކީ ރަސޫލާ ދުޢާ ދެއްވިފަދަ މީހެއްނުތޯ؟

    5
    2
  15. ބޮ

    އިންޑިޔާއިން ނެގި ލޯނުއަދަކުރަން ޔޯގާހަދަން ސަރުކަރު މުއައްޒަފުން ނެރެނީ! މިޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަނީ

  16. ހުއްދަ

    ކަސްރަތާއި އެކު ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް ޔޯގާ ހެދިދާނެނޫންތޯ. ނަމަވެސް އެއްގޮތަކަށްވެސް އަޅުކަމުގެ ގޮތުގައި ބޭނުންކުރާ ނިޝާންތަކާއި އަޑުތަކާއި ނަންތަކާއި ނުލައި ސިއްހީދުޅަހެޔޮކަމަށް މެޑިޓޭޝަން ރަނގަޅުކަމށް ބައެއް އިލްމުވެރިން ހުއްދަކުރޭ.

    1
    4
  17. Anonymous

    އަދި ގަންޕަތި ބައްޕާއާ މޯރިއާގެ ދުވަސްވެސް މަކުލޫފް ފާހަގަ ކުރާނެ. ޢޭނަ ބޭނުންވަނީ ގެރިގުއި ދިވެހިންގެ ސިޓިންގރޫމްއިން ނިކުމެ ނިތަށް އެރުވުން.