ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމް ކަމެއްކަމަށް ވަަރަށް ގިނަ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނިކޮށް ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެން މާދަމާ ޔޯގާ ކަސްރަތުގެ ހަރަކާތެއް މާލޭގައި ބާއްވަން ނިންމައިފިއެވެ.

ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާ ހެނދުނު 07:00 ގައި ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ. މިހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެޖިންސުގެ މީހުން ވެސް ބައިވެރިކޮށްގެންނެވެ.

އިސްލާމްްދީނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއްގެ ތެރެއިން "އިރުކަލާނގެ" އާއި ގުޅޭ އަޅުކަމެކެވެ. ޔޯގާ ދުނިޔެ އަށް ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ވެސް ހިންދޫ އިން އެންމެ ގިނަ ގައުމު ކަމަށްވާ އިންޑިއާ އިންނެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އޭނާގެ ފޭސްބުކްގައި ރޭ ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމްކަމެއް ކަމެއް ކަމަށެވެ.

"ޔޯގާއަކީ ހިންދޫދީނުގެ އަޅުކަމުގެ ތެރެއިން، "އިރުކަލާނގެ" އާގުޅޭ އަޅުކަމެއް. އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެގޮތުގައި 21 ޖޫން ފާހަގަކުރަނީ، 21 ޖޫންއަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސްކަމަށް ވާތީ. އަދި އިރަށް ކުރިމަތިލުމާއި އިރާ ގުޅުންހުރި ޢިބާރާތްތަކާއި ސިންބަލްތައް މިކަމުގައި ބޭނުން ކުރެވެނީ މިހެންވެގެން." އައްޝައިޚް އަހްމަދު ސަމީރުގެ ސްޓޭޓަސްގައި ވެއެވެ.

މަޝްހޫރު އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް މުސްލިމަކު ޔޯގާ ގައި ބައިވެރި ވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސްވެސް އެއީ ޙަރާމް ކަމެއް ކަމަށް އިޔާޒް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިލްމުވެރިންނާއި އަދި ދުނިޔެ އަށް މަޝްހޫރު އެތައް އިލްމުވެރިންނެއް ވެސް ވިދާޅުވާ ގޮތުގައި ޔޯގާ އަކީ މުސްލިމުން ކުރުން ޙަރާމް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. Anonymous

    ތިމާ.ހެއްދެވި ފަރާތަށް ބޯ ނުލަނބާ، ގާނޫނު އަސާސީއަށް ބޯނުލަނބާ ބަޔަކު ޢިލްމުވެރިން ދައްކާ ވާހަކަ އަޑު އަހާނެތަ.

    167
    12
    • އޭ މިހިރަ މޮޔަ

      އަޅެ މަ ކަލޭ ގައިގަ އަތްލަންތަ ހެޔޮ ނިޔަތެއްގަ... ކަލޭ މަގޭ ނިޔަތް ބަލާ ތޯ ބަލަން

      3
      15
  2. މޮހަނު

    އިންޑިޔާ އާއި ދެކޮޅު ވެދާނެ އެއްވެސް ކަމެއް މިޤައުމުގަ(މި އިންޑިޔާގެ އަވަށުގަ) ނުކުރެވޭނެ، ދެން ދުވަސްކޮޅަކުން އަހަރެމެންގެ ރަސްމީ ބަހަކީ ވެސް ހިންދީ ބަސްކަމަށް ހަދާނެ، މިވަރަށް ބަޔަކު އަޅުވެތި ކުރެވޭނީ، ހެޔޮނު ވާނެ ދިވެހިންނޭ ވަޤުތު ފާއިތު ނުވަނީސް ހޭލާ އެހެން ނޫނީ ފަހުން މިކަމުގެ ހިތި އަހަރެމެންގެ ދަރިންގެ ދަރިންނަށް ދާންދެން ބޯން ޖެހޭނެ

    128
    8
  3. މަ

    ހެކި ކޮބާ..... ހުރިހާ ވެސް އެއްޗަކީ ހިތް. އަޅުކަމަށް ވާނީ ހިތުން އެ ގޮތަށް ދެކިގެން ކުރީމަ. ނަފުރަތު އުފައްދަން ދައްކާ ވާހަކަ....

    16
    181
    • ހެކި

      ހެކިހޯދަނީ އަމިއްލަޔަށް، މީހުންގެ ލޮލަކުންނޫން، ހުރިހާއެއްޗަކީ ހިތެއްނޫން، ހިތައް އަރާ ކޮންމެކަމެއް ކުރުންހުއްދަ އެއްނުވާނެ،

      57
      3
    • ޟިރާރު

      ތިޔަބުނަނީ ނަފްރަތު އުފައްދާވާހަކަ.. ދީނުގައި ހުއްދަ ނޫން ކަމެއް ކުރުމަކީ ގޯސްކަމެކޭ ބުނާމީހާ ނަފްރަތު އުފައްދާ ކަމައްވާނަމަ، ދީނުގެ އަސްލަތަކާ ޚިލާފްވާހަކަ ދައްކާ ދީނުގެ އައިސްފައިވާ ހުކުމްތަކާ ދެކޮޅު ހަދާ ފަރާތްތަކުން އެކުރަނީ މުޖްތަމައު އެއްބައި ދޯ.. ލާދީނީ ފިކުރު ފެތުރަމަކީ މުޖުތަމައަ ފަސާދަކޮއް ބައިބައި ކުރުވާ ފިތުނަ އުފެއްދުމައް ކުރެވޭކަމެއް

      44
      2
    • ނޫސްކިޔާމީހާ

      އަޅެ މީހަކު މޮޔަނުވާބެ އެހެންވިޔާ ކްރިސްޓިއަން ޗާޗަކަށް ވަދެ އެމީހުންގެ ހުރިހާ ހަރަކާތެއްގަ ބައިވެރިވާންވީނު. ޢެކަމު ހިތުން އިސްލާމުން. ޢަމަލުން........

      30
      1
    • ޜަތަ

      އެހެންވިއްޔާ ހިތް ރަނގަޅު ކޮށްގެން ޒިނޭކުރިޔަސް އޯކޭތާދޯ

      24
      2
  4. Anonymous

    ރަސޫލާ ޙަދީސް ކުރައްވާފަވާ ޙަރާމް ކަންކަން ހަލާލު ކުރާ ޒަމާން މި އައީ ދޯ؟ އިސްލާމީ ވެރިކަމެއް ކުރަންޏާ ހަރާމް ކަންކަން ހަޖަމުވެވެން ޖެހޭނެ. ސުކޫލުތަކުގަ އަދިވެސް ނޫޅޭނެ ކުދީންގެ އަގީދާ ރަނގަޅުކުރާކަށް. ޒުވާނުން ސުކޫލު ނިންމާއިރު ދީނުން އެނގެނީ ކިހާ މިންވަރެއްކަން މިހިރަގެން އެނގެނީ!

    107
    6
  5. Anonymous

    މިއުޒިކާ ފިލްމާ ޑުރާމާޔާ ލަވަޔާ ރަލާ އޫރުމަހާ ޔޯގާޔާ ހަލާލު ކުރަމުންގޮސް ހުރިހާއެއްޗެއް ހަލާލުކުރޭ. ދެންވެސް ކިޔަނީ އިސްލާމުންނޭ!

    111
    4
  6. އަލީ

    މިއީ ލާދީނީ ސަރުކާރެއްނޫން. އިޔާޒު މެންނަކަށް ނޭގޭނެ ދީނެއް.

    39
    58
  7. ހުސޭނުބޭ

    ޕޯޗުގޯޒުން ރާއްޖެ އަޅުވެތިކޮށްފައި ހުރިހައި ދިވެހިން ނަސާރާ ދީނަށް ވައްދަންއުޅުނުފަދައިން މަކަރާހީލަތުން ރާއްޖެ އިންޑިޔާގެ އަޅުވެތިކަމަށް ވައްޓާލާފައި ގެރިމޯދީގެ މަޒްހަބު ފަތުރާނެދޯ! ގެރިމޯދީ މަޒުހަބުގެ އެންމެ ބޮޑު އިލްމުވެރިޔާ ޔޫތުމިނިސްޓްރީ އިންގަވަނީ! ވީމާ އެ މަޒުހަބުގެ އިލްމުވެރިޔާގެ ފަތުވާ ވަރަށް ވަރުގަދަވާނެ އިނގޭތޯ!

    33
    2
    • ކޮސް

      ޕޯޗްގީޒުން ރާއްޖެ އަޅުވެތި ކުރިތަ؟ ނަސާރާ ދީނަށް މަޖްބޫރުން މީހުން ވައްދާތަ؟ ތިޔަ ފެތުރެނީ ފުލޯކެއް ނޫންތަ؟

      3
      22
  8. އަނީސް

    ރައްޔިތުންނައް އެބަ ފެނޭތަ.. ރާ ހުއްދަ ކުރަންވެސް ފުރަތަމަ ރާ އަޅާފަ ހުންނަ ފުޅިފުޅީ ގަ ޖޫސް ބޯން ދަސްކޮއްދޭނީ.. ހިންދޫ ދީން ތައާރަފު ކޮއްދޭނީ ޔޯގާއައް ފަރިތަ ކުރުވަިގެން.. ޔޯގާގެ ތެރެއިން ހިންދޫ ފިލޯސަފީ މަޑުމަޑުން އުނގަންނައިދީގެން.

    31
    1
  9. އަބްދުއްލާ

    ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމް ކަމެއްކަމަށް ވަަރަށް ގިނަ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނިކޮށް ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެން މާދަމާ ޔޯގާ ކަސްރަތުގެ ހަރަކާތެއް މާލޭގައި ބާއްވަން ނިންމައިފިއެވެ.

    ވީމާ ލާދީނީ ވެރިކަމެއް ދޯ މިފަދަ ވެރިކަމެއް ގެންނަން ވޯޓްދިން އެއްމެނަށް މާތްﷲ ގެ ރަހްމަތުން ބޭެރު ކުރައްވާ އެވެން ކުޅަކުށު ތައުބާނުވެއްޖެނަމަ އިބަސުވާނމީނގެ ހިއްޕެވުމަކުން އެއުރެން ހިއްޕަވާ މިޤައުމު އަބަދަށް އިސްލާމް ކަންމަތީ ދަމަ ހައްޓަވާށި އާމީން.

    29
    3
  10. ޥާނީ

    މިއީކީ ވަކި ގައުމަކާއި ގުޅުވާލައިގެން ހިންގަންޖެހޭ މުންކަރާތެއްތަ ؟ ނިކަން އިންޑިއާ އެމްބަސީއާއި ގުޅިގެން އިންޑިއާގައި ދަރުހެއްބޭއްވޭތޯ އުޅެބަލަ.... ޔޯގާ އެނަން އައިސްފައިވަނީ ހަމަ ސީދާ ހިންދޫންގެ ކަލާނގެ އަކަށް ނިސްބަތްވެގެން .. އެއީ ޔޯގޭޝްވަރާ... ޙިތޭ ކިޔާ މީހުންނަށް ބުނެލަން އޮތީ ، ހިތުގައި ހެޔޮނިޔަތެއް ހިތައި ވައްކަންނުކުރެވޭނެޔޭ އެވާނީ ފާފަޔަކަށް ، ހިތުގައި ނުކުރާކަމެކޭ ހިތައި ނޫނީ ފާފަޔެއްކަން އެގޭ އިރު މީހެއްގެ އަބުރަށް އަރައިގަތަސް އެވާނީ ހަމަ ފާފަޔަކަށް ، ކަމެއް ރަނގަޅަށް އެނގި އެނގި ހުއްޓާ ނޭނގޭކަމަށް ހެދުނީމަ ވާނީ ކޯއްޗެއް ؟؟ އަސްލު ޔޯގާ ހެދީމަ ވާނީވެސް ދެން ކޮން ފައިދާއެއް ؟ ސޮޓޮރެސް ރިލީޒްކުރަންވީމަ ހަމަ ވަކިގޮތަކަށް ގަބޫލްކޮށްގެން އެކަމެއް ކުރީމަ ހަމަ ސްޓްރެސް ރިލީޒް ވާނެ.. ތާކު އޮށޯއޮތަސް މިސާލަކަށް .. އެއީ އެމީހަކު ގަބޫލްކުރާ ގޮތަކަށް އެކަންތައް އެހިގަނީ... ޢެއީ ސިކުޑި ސެޓްވާގޮތް.. އެބަ އިންތިޒާރުކުރަން ޑރ . ޢިޔާޒުގެ ބަހަކަށް..

    23
    1
  11. ބަސްއަހާށޭ

    ޢިލްމުވެރިންގެ ބަސް ނޭހުން އެކަންޏެއް ނޫން. ހެއްދެވި ފަރާތުގެ ބަސްވެސް ނާހަނީ.
    ހެއްދެވި ފަރާތުން އަންހެންވެރިން ބުރުގާއަޅާ ނިވާވުމަށް އެންގެވުމުންވެސް، ބަސްނާހާ ތިބި ބަޔަކު، އެހާރާއި މިހާރުވެސް ތަޢުލީމީ ދާއިރާއާއި އެނޫން ދާއިރާތަކުގެވެސް މަތީފަޑީގައި ބައިންދާފަ ތިބެނީ ހެއްދެވިފަރާތުގެ ބަސްއަހާތީތޯ!

    24
    1
  12. މަސްވެރިޔާ

    ﷲ ސބވތ ެ އިރާދަފުޅުން މިނުލަފާ ސަރުކާރާއި މިސަރުކާރުގެ ލާދީނީ ޖައްބާރު ވަޒީރުންގެ މަގާމްތައް ގެއްލި ނިކަމެތިވާނެ، ދީނީ އިލްމުވެރިންނަށް ގޮންޖަހާފަ ސިފައިންނާއި ފުލުހުންގެ ބޭނުންހިފާ މިފަދަ ހަރާމްކަންތައް މިފަސްގަޑުގައި ކުރަނީ ރ.ސީލިހުގެ ހިތްވަރު ލިބިގެން. ފުލުހުންނޭވެ، ސިފައިންނޭވެ، މާއްދިއްޔަތަށް ހެއްލި އުޚުރަވީ ހަޔާތަށް ހަމަ ނުވިސްނަނީތޯއެވެ... މާތްﷲ ގެ އިރާދަފުޅުން މިވެރިކަން ހިތިގޮތަކަށް ނެތިގެންދާނެ.... ކަލޯ މަހޭ ގޮންޖަހާފަ މޭފުއްޕާފަ ނުއުޅޭ، ތިއީ ހަމަ ދެރަ ނިކަމެތި އިންސާނެއް...... ތިހުރީ ރައްޔިތުންގެ ވަޒީފާއެއްގަ، އަޑުއަހަންޖެހޭނެ، ދީނާ ކުޅެން ނުއުޅުއްވާތި....

    24
    1
  13. ދިވެހިދަރިން

    މިއަދު ހެނދުނު ނިކަން ރަނގަޅަށް ފާޅުވާނެ މިސަރުކާރުގެ އިސްސަފުގަ ތިބި މުޝްރިކުންނާއި މިގައުމުގަ އަމާ ބަފާ އިސްލާމުންނަށް ވީތީ މުސްލިމުން ކަމަށް ދެއްކިގެން އުޅޭ މުޝްރިކުން... އަހަރުން އެމީހުނަށް ބުނާނީ ކަލޭމެން ވަނީ އީމާންވުމަށް ފަހުގައި ކާފިރު ވެފައެވެ. މިހާރު ޝެއިޚު އެވަނީ ބަޔާންވެސް ކޮށްދީފައި.. ދެން ނޭނގޭބުނާކަށް ޗާންސެއްނެތް ބީރު ކަނު މަންމަނެއް ނޫނިއްޔާ

    22
    1
  14. ޢަލިއާ

    ކޮއްމެ ދެ ނަމާދެއްގެވެސް ދޭ ތެރެއޭ ބުނި، އަދި ހުދު އޭނަގެ ސަރުކާރުގައި ސަސްޕެންޑްކޮށްފަ ހުރި މިނިސްޓަރެއް އަދި މިގައުމުގެ މަތީ ސަރަފެއް ގެރިއަށް އަޅުކަން ކުރާ މީހަކަށް ދިން ބަޔަކު ނުކުރާނެ ކަމެއް އޮންނާނެތަ! މިކަން ކަމުގައި ސައިހް އިޔާޒްމެން ޖަވާބު ދާރީ ވާން ޖެހޭނެ.

    18
    2
  15. އަހްމަދު

    ޔޫތުމިނިސްޓަރު ލާރިފޮށްޗެއް ދީފިއްޔާ ނުކުރާނެކަމެއްނޯންނާނެ ޢިލްމުވެރިން ކީއްކުރަން ޖުނުބުވެރިން ދެކޮޅުހެދިޔަސް ކުރާނެ

    22
    1
  16. ސަޅިމީހާ

    އިންޑިޔާގެ ލާދީނީ އެޖެންޑާގެ ފެށުން. ދެން ބަހައްޓާނީ ފައްޅި

    18
  17. ނަމަ

    ޔޫތު މިނިންޓަރު އިސްތިއުފާ އަށް ގޮވަންވީ އެބުނާ ވަގުތަކު އެންމެން ނިކުމެ އެއިރުން އޮންނާނީ ޔޯގާ ހެދިފަ

    17
  18. ޗާލު

    އަދ ގެރިއެއް ގެނެސް އެއަށް ސަޖިދަ ޖަހަންވެސް އަންގާނެ. އެއީވެސް ކުޅިވަރެއްކަމަށް މަހުލޫފް ބުނާނެ.

    15
  19. މޮލަ

    މިނިސްޓަރުވެސް އެއީ މިހާރު އިލްމު ވެރި އެއް..ވަރައް ފަހުން ކިޔަވާ ވިދާޅު ވީވެސް އިންޑިޔާއިން

    14
  20. ހުލޮ

    މިގައުމަކީ އިންޑިޔާ ގެ ބައެކޭ ދެން ކީއްވެ އެކަން ނުކުރެ ވެންވީ

    13
  21. މެމް

    އެކަމަކު ނަމަ ނަމަ ލާދީނީއޭ ކިޔައިގެން ނުވާނެ. އެއީ ބޮޑު ގޯހެއް.

    13
  22. ފުޅި މަދު ފާޚާނާ

    ވަރަށް ހިތާމަވެރި ހަބަރެއް....
    ޔާ ﷲ އަޅަމެންގެ ދިވެހިރާއްޖެ އިސްލާމް ކަންމަތީގައި ލަހައްޓަވާންދޭވެ... ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ......

    24
  23. އަކިލޭހި

    "ސޫރްޔަ ނަމަޝްކާރް!" އިރުކަލާނގެޔަށް އަދަބު އިޙްތިރާމް!
    މީ ޔޯގާގެ އަސްލު. އަކިލޭހު އަޅުކަން.
    ކަލޭމެނަށް އެނގޭނީ މިކަމުގައި ބައިވެރިވާނީތޯ ނޫންތޯ، ދިވެހި ރައްޔިތުންނޭ!

    11
  24. ބޮޑޭ

    ޔޫތު މިނިސްޓަރަކަށް ލާފަހުރީ މިޤައުމު ފަނާކުރުމަށް ލައިފަހުރި މަޤަމައިގެން މަރުދޭ ކަލޭގެއެއް ރައްޔިތުންނަށް އަންގައިފާނެ ކޮންމެ ފަދަކަމެއްކުރަންވެސް ވީމާ މި ބުނަނީ ޔާމީނުވަރެއްނެތް!

    12
  25. ސިލް

    މުސްލިމުންގެ ގޮތުގައި ތިބެ އަހަރުމެންގެ ކަލާނގެ ﷲއަށް ކުރެވޭ ހަރަކާތްތަކަކީ ނަމާދުގެ ހަރަކާތްތައް. ޔޯގާ އަކީ މޮޑަނައިޒްކޮށްގެން ހިންދޫންގެ އަޅުކަމުގެތެރެއަށް ފެތޭ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ހަދާފައިވާ އެއްޗެއް. ނޭނގި އެހެން އެއްޗަކަށް އަޅުކަންކުރެވޭއިރުވެސް ހިނދުކޮޅުގަ އެއް ބަޔަކު ތިބޭނީ މޮޑަންކަމެއް ކުރުމުގެ ނަމުގައި. ކުރެވޭ ކޮންމެ އަމަލަކީ މާތް ﷲ ނުރުހުންވެވޮޑިގަންނަވާފަދަ އަމަލެއްތޯ އަމިއްލައަށް އިހަށް ބަލައިލުމުން ހަމަ ފައިދާވާނީ ތިމާއަށް.