ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށް ފަހު ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި އެމަނިކުފާނާ އާއިލީ ގުޅުން އޮންނަ އަހުމަދު ނަސީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ދަތުރުފުޅަކީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިންނާއި އިސް ބައެއް އެހެން ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ދަތުރުފުޅުގައި ލަންކާއިން މިއަދު ފުރާވަޑައިގެންނެވި ކަމަށް ނަސީމްގެ ޓްވީޓުގައި ވިދާޅުވެފައި ވިޔަސް ވަޑައިގަންނަވާނީ ކޮންކޮން ގައުމުތަކަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ފެށްޓެވުމަށް ފަހު ނަޝީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. އެގޮތުން ފުރަތަމަ ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވާން ފެށުމާއި އެކު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެން އެގަައުމުގައި އުޅުއްވާތާ މިހާރު ގިނަދުވަސްތަކެއް ވެއްޖެއެވެ.

ސްރީލަންކާގައި ހުންނަވައިގެން އެމަނިކުފާނު ގެންދެވީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ސިޔާސީ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ނަޝީދު މަނިކުފާނު ކުރައްވަނީ ކެމްޕެއިން ދަތުރުފުޅެއް ކަމަށްބެލެވެނީ، ފަހަރެއްގަ ވެދާނެ ޔޫރަޕުގެ ގައުމެއްގެ ރައީސުކަމަށް ކުރިމަތިލާން އުޅުއްވަނީ ކަމަށްވެސް

  2. ވެރިކަން ވެރިކަން

    އާދޭސް ކޮއްފަ ބުނަން މަށަށް ރާއްޖޭގެ ވެރިކަން ހޯދަދީބަލަ ކަލޭމެން ބޭނުން ވާ ހުރިހާ މިނިވަންކަން މަ ހޯދަދޭނަން ދެފާގަ ހިފާ އާދޭސް ކޮއްފަ ބުނަން އަޅެ ހެޔޮ ނުވާނެ ޕްލީޒު

  3. ާކޮންމެސްމީހެއް

    ކަލޯ ދައްކާ ވާހަކަ އަޑުއަހާނެ ވެރިއަކު ނެތޭ މިތާކު!!

  4. ރައްޔިތު މީހާ

    ތިނަޝީދަކީ މި ދިވެހިރާއްޖޭގެ ހަލާކު....ކަލޯ ޔޫރަޕަށް ގޮސް ތިތަނުް ޤައުމެއްގެ ވެރިކަމަށް އަރާ ނޫންނަމަ ވެރިކަމަށް ކުރިމަތިލާ މުޅި ޔޫރަޕްގަ ފިތުނަފަސާދު އުފައްދަން ހުރެބަލަ...ހެޔޮނުވާނެ ރާއްޖެއާ ދުރުގަ ހުރޭ....

  5. މުހައްމަދު

    ކާފަރުންގެ ތުން ފޮށްސިއެއް!

  6. ކަރިމް

    މަނިއްޕުޅު ތިޔަތަނުގައި ތާށިކުރަށްވާށި

  7. އައިސް

    ނަޝީދު އދ ގެ ރައީސްކަމަށް ކެމްޕޭން ދަތުރެއް ކުރައްވަނީ.