ދިވެހި ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ހަދައިދިނުމަށް ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތަށް ހޮވޭ ފާމަކުން ސްކޯޕިންގެ މަސައްކަތާއި ފީސިބިލިޓީ އެނަލައިޒް ކުރުމުގެ އިތުރުން ޕްރޮޖެކްޓު އެކުލަވާލުމާއި ޓްރާންސެކްޝަން އެޑްވައިޒަރީގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 21 ކަމަށާއި، ޕްރޮޕޯސަލް ހުށަހަޅާނީ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެފް.ޕީ)އާ އެއްގޮތް ވާގޮތުގެ މަތިންކަމަށެވެ.

ދިވެހި ސަރުކާރުން ބޭނުންވަނީ ބައިނަލަގްވާމީ ކޮންސަލްޓެންސީ ފާމުތަކުން ރާއްޖޭގެ ފާމްތަކާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންސަލްޓެންސީގެ މަސައްކަތް ކުރަން ފާމެއް ހޮވާނީ ޕްރޮޕޯސަލުގެ އަގާއި ފެންވަރަށް ބެލުމަށް ފަހު ކަމުގައްޔާއި މީގެ އިތުރުން ޕްރޮޕޯސަލް ވަޒަން ކުރުމުގައި ރާއްޖޭގެ ކުންފުނިތަކާއި ބޭރު ކުންފުނިތައް ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާނަމަ އެކަމަށް ރިއާޔަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާދަމާ އިން ފެށިގެން މި މަސައްކަތާއި ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބްރާހިމް

    އިންޑިއާމީހަކު ގެނެސްބަލަ

    4
    1
  2. ޙައްގުބަސް

    އިންޑިޔާގެ ކުންފުނިތަކާ ޙަވާލު ނުކުރާނެކަމަށް އުންމީދުކުރަން! މަސައްކަތް ފީކަޅާވެފަ ކަސްވާނެ! ފެންވަރުވެސް ދަށްވާނެ! ބޭނުންކުރާ މެޓީެިއަލްވެސް ދަށްވާނެ! ޔާމީނު ސަރުކާރުން ހިންގި ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުންފުނިތަކާ ޙަވާލުކޮށްގެން! މިސާލު.. ވެލާނާ އެއަރޕޯޓްގެ ތަރައްގީ ބިލިޔަން ޑޮލަރުގެ މެގަ ޕްރޮޖެކްޓްގެ ކޮންސަލް ޓެންޓަކީ ސިންގަޕޯރ ޗަންގީ އެއަރޕޯޓް އެހެރަ ފެންވަރަށް ތަރައްގީ ގެނަސްދިން ކުންފުނި! މާލެ ހުޅުމާލެ ބްރިޖް ހެދީވެސް ހަމަ ދުނިޔޭގެ ފެންވަރުގެ މަސައްކަތްކުރާ ވަރުގަދަ ކުންފުންޏެއް! ދަރުމަވަންތަ ހޮސްޕިޓަލް ހެދި ކުންފުންޏަކީ ސިންގަޕޯރގެ އެންމެވަރުގަދަ އެއް ކުންފުނި! އެހެންކަމުން ފެންވަރު ރަގަނޅު ކޮލެޓީ ބަދަރު އުތުރާ ދެކުނުގަ ހަދާނަމަ ރަގަނޅު ކުންފުންޏަކާ ޙަވާލުކުރުން މުހިންމު!

  3. ފަޅުވެރިން

    ތިކަމަށް ވެސް ގެންނާނީ ކޮންމެވެސް ކިބަޅި އިންޑިއާ ކުންފުންޏެއް. ދެން ކަމެއް ރަނގަޅަށް ކުރާނީ ކިހިނެތް؟

  4. ައައްޔު

    ތިޔަކަން ނިންމާލާފައޮތީ ރައީސް ޔާމީން އިތުރު ކޮންސަލްޓަންޓެއް ބޭނުންކަމަށް ބުނެ އިތުރަށް 100މިލިއަން ގެއްލުވާލާ ޖީބަށް ލުމުގެ މަސައްކަތް ހުއްޓާލާ