ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޕެންޝަން އޮފީހާއި ދެމެދު 18 ޖޫން 2019 ވީ އަންގާރަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ބުނެފައިވަނީ މި އެއްބަސްވުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިއެއްބަސްވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދެވެ. ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކެވެ.

އެއްބަސްވުމުގެ ދަށުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެފައިސާ އެ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށް ބުނެފައިވެއެވެ. އަދި މިކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ނެރެފައިވާ އިއުލާލެއްގައި ބުނެފައިވަނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާމުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ އެ ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދާސް

    ރައީސް އަހަރެމެންގެ ލޮލުގަި އަދުން އަޅުވާފަ ބޭންކުން ލޯނު އުޞޫލުން ތިޔަ ފައިސާ ބޭނުމެއްނޫން. ތި ފަންޑުން ލާރި ނުދިނަސް ބެންކުން ކޮންމެ މީހަކަށް ލޯނު ދޫކުރާނެ. މި ސަރުކާރުގެ ހުރިހާ ވަޢުދެއް ވެހައި ވަޢުދާއި ޚިލާފަށް ކަންކުރަނީ. މިއީ ޔަހޫދީ މުނާފިގުންގެ ސިފަތަށް . ކެމްޕޭން ކުރިއިރު ބެނާގަ ލިޔުނީ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ! އެކަމު ދެނީ އެއްބަޔަކަށް. ނަޝީދު ގޮވީ ވެރިކަމާއި މަޖުލިސް ރައީސްކަން ބޭނުމެއްނޫނޭ. އެކަމަކު އެ ނުދީގެން. ވެނި އެރުވި އިރުހީވަނީ މޮޔަގެރިއެއް ހެން. ރައީސްކަމުގެ އިތުރުން މާކުންބެއަށް ހުރިހާ އެއްޗެއް. އިމްރާންު؛ މިހާރު އިސްތިއުފާ ދޭންވެއްޖެ. ރޭގަވަނީ އަފްޒަލް ޖަލުން ގެއްލިފަ ހިޔާއިން ކުޑަކުއްޖަކުގެއލުނުތާ 3 ދުވަސް ކޮބާ. ސިދާތާ.

  2. އަހުން

    ފޭކު ސަރުކާރު އޮޅުވާލާ ސަރުކާރު ރައްޔަތުންނަށް ކެހިދޭ ސަރުކާރު .

  3. ކަބައްޑި

    ބޭކާރުކޮށް ގައުމުން ބޭރުވެގެންދާ ޑޮލަރު ތަކެއް.

    4
    1
  4. އަދާލަތު

    %50 ހޯދާނީ ވައްކަން ކޮށްގެންތޯ؟

  5. ހުސެން

    މިކަމުގަ ރައްޔިތުން ވަރައްބޮޑަށް ވިސްނަން ޖެހޭ ކަމެއް އެބައިން. މި ފައިސާ އިންވެސްޓް ކުރަނީ ރިބާ ލިބޭގޮތަށް. ވީމާ އިންވެސްމެންޓް ގެއިންގެ ގޮތުގަ ފަންޑަށް ޖަމާވާނީ ހަރާމް ފައިސާ. ބޭނުންނަމަ ޝަރީއާ ގަބޫލު ކުރާ ގޮތަށް އިންވެސްޓް ކުރެވޭހެން ބަދަލު ކޮށްދެނީ. މިގޮތަށް ހުރިހާ ބޭފުޅުން ބަދަލުކުރުމަށް ނަސޭހަތްތެރިވަން. ހިތާމައަކީ އިސްލާމީ ގައުމެއްގެ ޕެންޝަން ފަންޑްގެ ޑީފޯލް އޮޕްޝަންގައި ރިބާ ހިމެނޭތީ