މި ސަރުކާރުގެ ގަދަކަމަކީ ޖަލުގައި ހިނގި ހާދިސާ ސިއްރު ނުކުރުމާއި، ބަލަން ފަސް ނުޖެހުން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކ. މާފުށީ ޖަލުގައި ބުރާސް ފަތި ދުވަހުގައިދީން ތަކަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން، މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގަދަކަމަކީ ޖަލުގައި ހިނގި ހާދިސާ ސިއްރު ނުކުރުމާއި، ބަލަން ފަސް ނުޖެހުން ކަމަށާއި ގޯހީ ގައިދީންތޯ ނުވަތަ އޮފިސަރުންތޯ ބުނަން ވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.

" ޖަލުތަކުގައި ނުބައި އަދި ރަނގަޅު ގައިދީން އުޅޭ ، ރަނގަޅު އަދި ގޯސް އޮފިސަރުންވެސް ތިބޭ ހާދިސާގައި ދިމާވެގެން އުޅޭ މައްސަަލައިގެ ހަގީގަތް އެނގޭނީ ތަހުގީގު ކުރުމުން ، އެތަން ތަހުގީގު ކުރުމަށްފަހު، އެކަމުގައި ގޯހީ ގައިދީންތޯ ނުވަތަ އޮފިސަރުންތޯ ބުނަން ވެސް ސަރުކާރުން ފަސް ނުޖެހޭނެ " މަހުލޫފް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއް މިހާރު ދައުރު ވަމުންދާއިރު، ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމުން ބައެއް ގައިދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޖަލުގެ އޮފިސަރުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ދެގަޑިއިރު ވަންދެން އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ބޯބާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް ޖަލުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ވޮއްލެ

    ކަލޯ! ސިއްރު ކުރަން އުޅުނީ. އެކަންނުވެ ބޭޒާރުވީ . ފުރަތަމަވެސްހެދީދޮގު . އެހެންގޮތެއް ނެތިގެން އެއްބަސްވީ.

    189
    3
  2. ސމީ

    މޮޔަގޮވާ މީހާ އައީ ދޯ ބަަ ނޫސްތަކުން އެކަް ފާޅުކުރީމަ ކޮން.ކަެއް.ފޮރުވޭނީ

    80
    3
  3. ޔަހުޔާ ޔޫހު

    ސިއްރުކުރެވެން ނެތް ކަމެއް ކިހިނެތްތަ ސިއްރުކުރާނީ ކިތައްމެވަރަކަށް ކުރަން އުޅުނަސް ތިމާގެ އަނގަ އޮތީތީ ވާހަކަ ދެއްކިދާނެ

    89
    2
  4. މަޙްލޫދު

    ސިއްރެއްވާ ނުކުރެ. ކަރެކްޝަންގެ އިސްވެރިންނަކީ ހަމަ ތިޔަ ސަރުކާރުން ޢައްޔަންކުރި މީހުން. އެމީހުން އެއޮތީ ބުނެފަ ޖަލުގައި ހަޅުތާލެއްވެސް ނުކުރެޔޭ. އެއީ މާކުރީޒަމާނެއްގެ ވާހަކައެކޭ. އެކަމު އެއޮތީ ވީޑިއޯގަ ތާރީޚް ޖަހާފަ އޮތް ފޮޓޯއެއް ހިފައިގެން އުޅޭތަން. ކަލޭމެން ހީނުކުރާތި ފަރުމަހެއްގެ ބޯކާލެވުނަސް ރައްޔިތުންގެ ބޯ ކާލެވެނެއޭ. ތިވާހަކަ ގޮވައިގެންވެސް ރިލޯޑް ކޮށްލެވޭތޯ ބަލާބަލަ.

    80
    1
  5. ޖިންނި

    ގަދައޭ މި ސަރުކާރަކީ އިންޑިއާގެ އަޅު ލާދީނީ ސެކިއުލަރ ފިނިހަކަ ސަރުކާރު !

    148
    1
  6. ަކަކުނި

    އެހެންވިއްޔާ ދެފަރާތުން ޕެޕާ ސްޕްރޭ ޖެހީ އޯގާތެރިކަމުން

    132
    2
  7. ކެޔޮޅު

    ސިއްރުނުކުރިޔަސް އަނިވާނީ ހަމަ އަނިޔާއަކައް އެވާހަކަ ދައްކަން ލަދުގަންނަންޖެހޭ މިއީ އޯގާތެރިސަރުކާރޯ..........ސަރުކާރެއް!!

    74
    1
  8. ލައިލާ

    ކަލެއަކަށް ނުވިސްނޭ! މި ސަރުކާރުގެ ގަދަކަމަކީ ދައުލަތުން ވައްކަންކޮށްގެން ތިބި މީހުން ބޭޒާރުވުމުން މުސާރަޔާއެކު ތިންމަސްދުވަހުގެ ޗުއްޓީ ދީފަ އަނދުން އެޅުވުން،

    76
    2
  9. ހދ

    މަހޭ ކަލޭ ވަރަށް ގަދަ އިނގޭ ސަރކާރު ދިފާއު
    ކުރުންމަތީ ދެމިހުންނާތި ކަރުތާފެނަށް ގެނބުނަސް
    ވަޒީފާ ދެމެހެއްޓޭނީ އޭރުންތާ!

    82
  10. ވަކަރުގެސޮރު

    މަހުލޫފު ބުނަން އެއީޣާދަކަމެަްނޫން

    33
    1
  11. ބަރުގޮނު

    ބޮދު ބުޑަށް ސާ ކިޔުމާ ގުޅިގެން ގޮތެއްނެތިގެން އެއްބަސްވީމާ އެވީ ގަދަތަ.؟؟؟ ބޮލުފޮށާ އެޅޭއިރުވެސް ފޮނިބާސާ ކަޑަން އެއްޗެއް ހިތަށް އަރާބާ.

    59
    1
  12. އަލިބެ

    މިސަރުކާރުގެ ގަދަކަމަކީ ދޮގުހެދޭ އިރުވެސް މިހެދެނީ ދޮގެއްކަމެއް ތެދެއްކަމެއް ނޭނގޭ މަހުލޫފް ކަހަލަ މިނިސްޓަރުން އުޅޭތީ

    65
    1
  13. އެމީހާ

    މިސަރުކާރުގެ ގަދަކަމަކީ ތިފަދަ މުނާފިގު މޮރުމޯލުން ޤައުމުގެ ރައްޔިތުންނަށް ހާމަވެ އެގުން އެންޏާފަހެ މީގެކުރިން ކޮންމެތާކު މީހަކު މަރުވާއިރައް ވެރިމީހާ ބޮލަށް ޖެހިމީހާ މިހާރު ތިދައްކާ ބަހަނާއާ ހެދި ތީކިހާ ބޮޑު ޙަސަދަ ވެރިއެއްކަން އެންމެ ނައްއެގުމަކީ ވެސް މިސަރުކާރުގެ ގަދަކަމަކައް ނުވޭބާ.

    56
  14. މައުމޫނު

    ފާއިތުވި ހަފުތާގަ ތިޔަވަރުގެ ގަދަ ދެކަންހިނގާފަވޭ. އެއީ ފިހާރަައައްގެ ތެރޭގަ އޮތް ވޮލަޓެއް ނަގާ ޕޮލިހަށް ހަވާލުކުރުމާ، ޖަލުގާ ހިނގި އަނިޔާގެ ކަންތައް ފަސްނުޖެހި ސަރުކާރުން ރައްޔިތުންނައް އެންގުން. މިދެކަންތައް ވެސް ހިނގާދިޔަގޮތް މަހުލޫފު ނޫން ހުރިހާ ދިވެހި ރައްޔިތުންނަށް ވަރަށްސާފުކޮށް އެނގޭ.

    47
  15. Anonymous

    ކޮންމެ ކަމެއް ކޮށްފަވެސް އެކަން ބޭޒާރުވީމާ އެވާހަކަ ދެއްކުން އެއީ ގަދަކަން. އެއީ އަނގަގަދަ މީހުން

    44
  16. ޔާސިރު

    ދެނަމާދު ދޭތެރެ ތިޔައުޅޭގޮތުން ހައިރާންވޭ
    ފުޓްބޯޅަދަނޑުތައް އޮތީފުރެފަބާ ފޮނިނުކަނޑާ ތިޔައީ ބޮލުރޮއްޖެ ކޮބާވައުދުތައް

    45
  17. ގައިދީ

    ހަގީގަތް ހޯދާފަ ބުނެބާ ސިއްރު ނުކުރޭތޯ؟ ދޮގު ނަހަދާތޯ؟ ސިއްރު ކުރަން ވެގެން އަތަށް ނުގޮވާތޯ؟

    42
  18. އަލީ

    ރަގަޅުވާހަކައެއް މިސަރުކާރުގެ ގަދަކަމަކީ ފާޅުގާ ސިއްރުނުކޮށް ފާޅުގާ ކަންތައްތައްކުރުން ، މިހާރުވެސް އިލްމުވެރިން ގެ ބަސް ނާހާ ތިއުޅެނީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ކުރާ ޔޯގާހަރަކާތް ފާޅުކަންބޮޑުގޮތެއްގައި ބާއްވަންތާ ، ގަދަ އިގޭ

    75
    1
  19. އުމަރު

    ގަދކަމަކީ ހުރިހާމެއް އޮޅވާލޫން ޤަނޫން އާއި ޚިލާފަށް ބަންދުގަ ތިބި ވަކިބަޔަކު ދޫކޮށްލުން އަދި ގަދަކަމަކި ޖަލުބަންދުގަ ތިބިމީހުން ބޭސްފަރު ާއަށްގޮސް ފިއްލެވުން އެކަމު އަދީބު ދާންވީމަ ފިއްލަވާފާނެތީ އެތައް ފުލުހުންނެއް ފޮނުވުން އިއީތޯގަދަކަމަކީ

    36
    1
  20. ވެލެޒިނީ

    މަހޭ ތަން ބޮއްސުން ލިޔަސް ކިޔަންވީ ކަލޭމެން ގަދައޭތަ... ޗީޗީ

    46
  21. އެހެންތަވަނީ

    ތިޔަވަރުގެ ބޮޑު ލާއިންސާނީ ކަމެއް މި ސަރުކާރުގައި ހިނގައި ދިޔަ ކަމީވެސް އަޅެ ގަދަކަމެއް ނޫންތަ؟ އަތްޖަހަންވާނެ.

    38
  22. Anonymous

    ދޮންކަލޯ އެތަނަކީ ސަރުކާރާ ބެހޭ ތަނެއް ނޫން. ސަރުކާރުންވެަް އެކަން ކުއްވެރިކުރިއިރު މަނިކުފާނު ހުންނެވީ ވަގުތުކޮޅުގަތޯ؟

    34
    2
  23. Anonymous

    އަނގައިން ދެރަނުވައްޗޭ، ބޮލާ ފޮށާއެޅުނަސް. މިކަހަލަ ހަޔާތް ކުޑަ ދެތިން މީހެއް ބޭނުންވާނީ ދައުލަތެއް ހިންގަން

    46
    • އާދަނު

      ދެން ބޭނުންވާނީ ލެޕްޓޮޕެއް. ލެޕްޓޮޕަކާ ރިސޯޓަކުން ގައުމު ހިންގޭނެ އޭ ކިޔާފަ 2008 ވަނަ އަހަރުވެސް މީހަކު ވެރިކަމަށް އައި.

      46
  24. މަޑިހާ

    މިސަރުކާރު ގަދަ ވެފަ ކޮބާ ކަލޯ
    ކޮރަޕްށަނައް ޒީރޯ ޓޮލަރެންސޭ ކިޔާ
    ކަލޭ ތިހިރީ ރައްޔިތުން ލޮލުގަ އަނދުނެއް އަޅުވާ ބަހައްޓާފަ
    މިސަރުކާރުގެ ބަލިކަމުގެ ލާމަސީލު މިސާލެއް ކަލޭތީ

    48
    • Anonymous

      ޙަހަހާ????

      28
  25. ކަލޯ

    އާން.. ފާޅުގަ އަނިޔާކުރުން އެއީ ވަރަށް ގަދަކަމެއް.

    41
  26. އަހުމަދު

    ކަލޭގެ ގަދަކަމަކީ ﷲގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިކަން ދެއްކުން

    43
  27. ޝަރފު

    އަސްތާ އެތެރޭގަ ހުންނަވާ ފާހަގަކުރައްވާ ގަދަކަމަށްވުރެ ބޭރުގަ ތިބެ ބެލީމަ ފެނި ސާބިތުވާން ހުރި ކަޑަ ކަންތައް މާގިނަ. ފާއިތުވި 5 އަހަރު ހިގާފައިނުވާ ހާދިސާތައް މިއަދުގެ މި ވެރިކަމުގެ އާރާ ބާރު ތެރޭގައި ހިގާފަ އެބަހުރި. ލާއިންސާނީ ޖަރީމާގެ އިންތިހާ މި ފެނުނީ ބޮޑު އަނިޔާވެރި ކަމެއްގެ ތެރެއިން. ތިމަ ތިމާމެން ކުރި އަނިޔާ އަމިއްލައަށް ދޮގު ކުރުމަށްފަހު ކުށްވެރި ކުރީ، އަދި އެކަންތައް ބަލާ ފިޔަވަޅުވެސް މި އަޅަނީ އަމިއްލައަށް. އެހެންވީމަ ވަރަށް ގަދަ މިސަރުކާރު. ހަމަ ހަބޭސް.

    36
  28. މުރާސިލް

    މަހުޅޫފެވެ. މަނިކުފާނު މޮޔަ ނުގޮވާށެވެ. ސިއްރެއް ނުކުރެވޭނެއެވެ. އަދި ސިއްރު ކޮށްގެން ނުވެސް ތިބެވޭނެއެވެ. ދެން ތިހެން ވީއިރު ފުރަތަމަވެސް ސިއްކުކޮށް ދޮގު ހެދީ ކީއްވެހެއްޔެވެ؟

    36
  29. މިއަދު

    ސަރުކާރުގެ ގަދަކަމުންތަ ޑީޕީރއެސް އިން ކަންސިއްރުކުރަން ދޮގުހެދީ ސަލާމަތްނުވުމުން މިނިސްރ އެތަނަށްދިޔައީ ދައްކާވާހަކައިން ބޯހަލާކު ގޮވާކޮހުންފަކުރުހީވޭ

    35
  30. ފައިސަލް

    ރަންކޮޅާ އެއީ ސަރުކާރުގެ ގަދަ ކަމެއްނޫން. އެއީ 21 ވަނަ ޤަރުނުގައި ކަން ކަން ހިނގާނެގޮތް. މައުލޫމާތު ސިއްރެއް ނުކުރެވޭނެ. ހުރިހާކަމެއްވެސް އެންމެނަށްވެސް އެނގޭނެ. ސިއްރުކުރެވެން ނެތިގެން އެނގުމަކީ ސަރުކާރުކާރުގެ ގަދަކަންބާ.

    34
  31. ހުސޭނުބޭ

    ސޯޓު ފޭބީމާ ކޮންއެއްޗެއް ސިއްރުކުރެވޭނީ!

    39
    1
  32. ތީނަގެ އޭނަ

    ކަލޯގަޔާ މަހޭމެން އަމިއްލައަށް ޖަލު ތި ގޮއްވާލަނީ. ވާގޮތް ބަލަން ތިބެމާ.

    37
  33. މުގުރާން

    ތިޔައީ ދެނަމާދުދޭތެރެވެސް ނޭނގޭމީހެއް؟؟

    40
  34. ވަރަ

    ކަލޯ ދައްކާ ވާހަކަ ގަބޫލު ކުރާނީ ފަރަންޖީން ކޮބަާތޯ ކޮރަޕްޓް ލާރި ގަނޑު

    16
  35. މޫސަ

    ޖީންސް ވގ އެއީ މިސަރުކާރުގެ ދެ އުޅި އެއްނުވާ ސިޔާސަތާ ސަރުކާރުގެ ނާ ޤާބިލު ކަން ހާމަކޮށްދޭ ކަމެއް.

    15
    1
  36. އޯހް

    އަނގަ އޮތިއްޔާ ކާޅެއްނުކާނޭ މީހުން ބުނެ އުޅޭ. ތީ އޭގެ މީހުން.

    13
  37. ސެލްފީނާ ސޯލިހް

    މިސަރުކާރުގަ ވަސް ގަދައީ. ވަގުން 3 މަސްފަހުން އަނބުރާ ވަޒީފާޔައް. ބޭބެޔާ ކޮއްކޮގެ ވިޔަފާރިވީމަ ދައުލަތުން ނަގާ ކޮންމެހެންވެސް ދޭންޖެހެ، ކިޔަނީ ވައްކަމެއްނޫން " ބަދަލުގެ ގޮތުގަ". މިސަރުކާރު އައިފަހުން ކިތައްމީހުން ގޮޅިތަކުގަ މަރުވެއްޖެޔަތަ، ވީގޮތެއް އެންގޭބާ؟ ޢިންސާފް ހޯދަން ބޭއްވިދަރުބާރުގަ ދެއްކީ ގޮއްމުށު ބާރު، އެދެއްކި ހެކީގަ މަދީ ހުދުހޭ މުސައްލައެއް. ގައުމު އިންޑިޔާ ފައިދަށުވެ ވިކިހުސް ވެއްޖެ. ހިލޭ އެހީގެގޮތުގަ ދިން ފައިސާއިން 1.2ބިލިޔަން ގެއްލިއްޖެ. ސަރުކާރުން މަޖްލީހަށް ވައްދާ ކޮންމެ ބިލެއްގަ ޖަހަނީ ރަބަރު ތައްގަނޑު. ބޭރުމީހުންނައް ރާއްޖޭން ބިލް މިލްކުރެވޭ ގޮތައްއޮންނަ ބިލަށް މިއަދު މިސަރުކާރުން ތައުރީފްކުރެ. ކަމެއްވާ ނުފޮރުވޭތާ.!!

    16
  38. ހަސަން ނ

    ވަޒީރޫ ކޮސްނުގޮވާ ކިތައްމެވަރަކަށް
    ސިއްރުކުރަންއުޅުނަސްސިއްރެއްނުކު
    ރެވޭނެ

    15
  39. ޢަބްދުﷲ

    އަނިޔާކުރުންމަތީ ދެމިހުރުމަކީ، އެއްވެސް ގަދަކަމެއްނޫނެވެ.

    12
  40. ވަޙީދުބެ

    އެއަށްވުރެ ބޮޑެތިކަންތައް ސިއްރު ކޮށްފައި ހުރިހެން މިބުނިއެއްޗަކުން ހާދަ ހީވެޔޭ. އެހެންވީމަ ސިއްރުކޮށްފަ ހުރިކަންތައް ވާނީވެސް މިސަރުކާރުގެ ގަދަކަމަށްތާ.

    11
    • ސަނޫ

      ކަލޯ ނޫންތައްބުނީ ޖަލުގައި މީހުންމަރުވަނީއެއްނޫނޭ މަރަރަނީއޭ

  41. ޒާ

    ލަދުހަޔާތްކޮބާ؟ އަނިޔާކޮށްފަތީތަބުނަންވާ އެއްޗަކީ؟

    16
  42. ސަޓޯ

    މަހުލޫފުގެ ހުރި ގަމާރު ކަމަކީ މިފަދަ ޓެކްނޮލޮޖީ ޒަމާނެއްގައި މަހުލޫފު ޖަލުގަ ބައްދައިގަނެގެން އޮތަސް އެކަން ސިއްރު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން. މިކަލޭގެ އަށް ހަމަ ކިޔަންވީ މަހު-ފޫލް !!!!

    12
  43. ދިވެއްސެއް

    މިސަރުކާރުގެ ގަދަކަމަކީ އެއްވެސް ކަމެއް ނުކޮށް ގައުމު ދަވާލަނީ. ޔާމީނުގެ ގަދަކަމަކީ ރައްޔިތުންގެ 32 ދަތް ފެނނަވަރުގެ ބޮޑު ޕްރޮޖެކްޓެއްގެ ތެރެއިން އެތިކޮޅެއް ޖީބަށްވެސް ލަނީ.

  44. ކައިލީޖެނާ

    މި ސަރުކާރު ގަދަ ކަމަކީ ތިކަހަލަ އަނގަ ގަދަ ކަމެއްނުވާ ގޮލަޔަކަށް މިނިސްޓަރުކަން ދޭން ކެރުނުކަން

  45. ހެހެހެ

    ގައިދީން ތަކެއް ނިއުސް މީޑިއާ ތަކަށް ފަޅާ އަރުވާލީމާ ދެން ސިއްރު ކުރެވޭނީ ކިހިނަކުންތޯ؟ ވަގުލޫފު އަގައިން ދެރަނުވާތި..

  46. މޮހަނު

    ތީ ގަދަ ކަމެއްނޫން ބުރޯ، ޖަލުގަ މިހުރިހާ ދުވަހު ހިނގި ކަންކަމަކީ ސަރުކާރުން ކުރިކަމެކޭ ބުރޯމެން ބުނަމުން އައީ މިހާރު ކޮންބައެއް ގައިދީންނަށް އަނިޔާ ކުރަނީ ޔާމީނުތަ އަދިވެސް، ދެން ބުނާނެ ޔާމީނު ދައުރުގަ ވަޒީފާ ދީފާތިބި މީހުން ވީމައޭ އެހެން އެވީ، އަބަދުވެސް އިދިކޮޅަށް ދިޔައިމަ ދޯ ކަންކަން މިފެންނަނީ ، މިސަރުކާރުގަވެސް ޖަލުގަ މީހުންވެސް އެބަ މަރުވޭ

  47. ައައްޔު

    އެހެންތަ ސިއްރުކޮށްފައޮތީ މީޑިއާއަށް ވީޑިއޯ އާއި އޯޑިއޯ ލިބެންދެން ހައްހައް ސިއްރު ކުރަން އުޅުނީ. އެކަންނުވެ ބޭޒާރުވީ . ފުރަތަމަވެސްހެދީދޮގު . އެހެންގޮތެއް ނެތިގެން އެއްބަސްވީ.

  48. އަތުރާއަތުރާ ހުސްނުވިގާ

    ކ. މާފުށީ ކައުންސިލުގައި މާލިއްޔަތު ގާނޫނާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިޑުގައި ބައިވެރި ނުވާބަޔަކަށް އެޑްވާންސަށް 498،200ރ. ދިން މައްސަލައެއް ފެންމަތިވެގެން ދިޔައިރު އެމައްސަލަ ނުބެލުނު ސަރުކާރަކަށް ބެލޭނީނކޮންކަމެއް.

  49. ނުޒޫ

    މަހޭ ތިޔަ ކަން ސިއްރުނުކުރިއަސް މިސަރުކަރުން ވަރަށް ގިނަ ކަން ތައް އެބަހުރި ސިއްކުކޮށްފައި. ތިޔަ މިނިސްޓްރީ ގައި ވެސް އެބަހުރި ވަރަށް ގިނަ ކަންތައް ސިއްރުކޮށްފައި އަޅުގަނޑު މަސައްކަތް ކުރަނީ ތިޔަމިނިސްޓްރީ ގައި ވަރަށް އަވަހަށް އެކަންތައް ފަޅާއަރާނެ މާގިނަ ދުވަހެއް ނެތް ދެން.

  50. Anonymous

    ގަދަކަމަކީ އެއެއްނޫން ގަދަކަމަކީ ރިޝްވަތުދީގެން ރައްޔިތުންބޯކާގެން ގަދަކަމުން ވޯޓުންވައްކަންކޮށްގެން ގަދަކަމުން ވެރިކަމައްއައިސް ގަދަކަމުން މަގާމުތަކަށް އާދެވުން. އިތުރަށްވެސް ވާނީބޭޒާރު އަނގަފޭނުކޮށް ދެންވެސް ރައްޔިތުންައްފައިދާއެއްހޯދާދީ ލިބުނުމޮލާގެން ކުރިއަށްދެވޭތޯބެލިއްޔާމާރަންގަޅުވާނެ.

  51. މުކި

    ކޮންމެ ނުބައިކަމެއްކޮށްފަ ހަމަކުރީމަ ނިމުނީތަ. މިފަދަ ކަންކަން ވިޔަނުދިނުމަށް ސަރުކާރު އޮންނަނީ. އެހެންވިމާ ތިއޮތީ ފެއިލްވެ އަތަށް ގޮވާފަ

  52. ބާރީ

    އޭ ކަލޯ ފައިސާއަށް ހޭނެތި މެލޭއަށް ދާ ސޮރާ! ...ރަކި ބޮލަށް އެރީ ދޯ އަހަރެމެން އަޅާނުލީމަ؟ އަދި އިމްރާނު ވެސް ބުނެއްޕެއްނުން ސިޔާސީ ބަޔަކު އަޑީގައޭ....އިމްރާނުބޭ ފައިސާއަށް ހޭނެތޭ ސޮރަށް ބުނެލަން އޮތީ އަމިއްލަ ގައިގަ އަމިއްލަ އަތުން ވަޅިއަޅާފަ އަމިއްލައަށް ތަހުގީގު ކޮށްފަ ތިކުޅޭ ނާޗަރަންގީ ކުޅޭށޭ...އަހަރެމެން ފެންނަ ކަމަށް އަޑުއިވޭކަމަށްވެސް ނުހަދާނަމޭ...އަހަރެމެންގެ މަޖިލސް މެންބަރުންކައިރީވެސް ބުނެފަ އޮންނާނީ އަޑުއިވޭކަމަށްވެސް ނުހަދައްޗޭ....

  53. ހުސޭނޫ

    އާއިލީ ސަރުކާރު ގަދަ،
    ޅިޔަން ފަހަރިން އެއްބަނޑުއެއްބަފާ މީހުންގެ ސަރުކާރު ގަދަ
    މަޖުލީހުގައި ބޮޑުބޭބެޔާއި ބޮޑުދައިތަ ގެ ދަރި ނާއިބަކަށް ގަދަ އެއް ނުން،އެންމެ ފަހުން ގައިދީން ތަޅާގަތީ ކިހާ ގަދަ ދޯ

  54. ރީއާ

    މަހޭ ކަލޭ މީހަކު މަރާފަވެސް ބުނެފާނެ މަމިހިރީ މީހަކު މަރާފައޭވެސް. ދެން ކަލޭ ވާނެތަ. ހުދު ކާފޫރަށް. ރީތި ނާނާ ކިޔައިގެން ރައްޔިތުން ބޮލަށް ސަވާރުވާން ކަލޭތީ އެއްވަނަ. ސަލާމް މަހޭ