މާފުށީ ޖަލުގެ ގައިދީނަށް ކުރި އަނިޔާތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ފާސްކޮށްފިއެވެ.

މިއަދު މެންދުރު ބޭއްވި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ މިރޭ 8:30 އަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ކަންތައްތަކާއި ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލައަކީ ބަލައިގަނެވޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލަ ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސް، މި މައްސަލައާއި ގުޅިގެން ހިންގަވާ ތަހުޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

"ތަހުޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުއަޅައި، މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަޤީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއް މިހާރު ދައުރު ވަމުންދާއިރު، ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏ

    ދޯދިޔާ ސަރުކާރު އެއްވެސްކަމެއް ކޮންޓްރޯލް ނުކުރެވޭ ސަރުކާރު އުރައްޕެއް ނެތް މޑޕ ސަރުކާރު އިސްތިއުފާ.

  2. ގޫބެ

    ކޮންމެހެން ކަންދެއްކުމަށް އުޅޭނެ ކަމެއްނެތް ތިތަނުގައި ތިބީ ހުސްއެމްޑީޕީ މީހުން އަހަރެންގެ ދަރިއަށް އަހަރެން ކަޅުފުތެއް ނުވާނަން.

  3. ޢަޒްރާ

    ވަގައް ވެރިކަން ހޯދައިގެން ގައއުމު ނުހިންގޭނެ ކަމުގެ ހެކި މިފެންނަނީ 2008 ގަވެސް ވޯޓުން ކުރި ހޯދީ މައމޫން ހުވާ ކުރެއްވީ ކެރަފާ ނަޝީދު ވެލާނާގެ ތަޅުދަނޑި ނެގި ގޮތައް ހުރިހާ ކަމެއްނުކުެެވޭނެ