މާފުށި ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގާ ދިޔަ ހަމަނުޖެހުމުގެ ތެރޭގައި އަނިޔާ ލިބުނު ގައިދީންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފަރުވާ ނުދީ ލަސްވިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ތަނުގެ ހާލަތު ބައްލަވައިލެއްވުމަށް، މިއަދު ހޯމް މިނިސްޓަރ ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައެވެ. ތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވެފައިވަނީ އެ ހަމަނުޖެހުމުގެ ސަބަބުން ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި އެކަން ހިނގިކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ލަސްނުކޮށް ގައިދީންނަށް ފަރުވާ ދިނުމަށް ކަރެކްޝަނަލް ސާރވިސްއަށް އަންގާފައިވާ ކަމަށެވެ.

“މި މައްސަލާގައި އިހުމާލުވާ އަދި ފަރުވާ ކުޑަކޮށްފައިވާ ހުރިހާ ކަމަކަށް ފިޔަވަޅު އަޅާނަން“ އިމްރާން ވިދާޅުވިއެވެ.

އިމްރާން ފާހަގަކޮށްފައިވަނީ މި ހަމަނުޖެހުން ކޮންޓްރޯލް ކުރަންޖެހޭ މިންވަރަށްވުރެ ގިނައިން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާކަމަށާއި، ބިޑި އަޅުވަން ޖެހޭ ގޮތަށް ވުރެ ބާރަށް ނުވަތަ އަޅުވަން ނުޖެހޭ ގޮތަކަށް ބިޑި އަޅުވާފައިވާކަމަށެވެ.

އަދި ބައެއް ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެ ކުރިންވެސް ހަމަނުޖެހުން ހިންގައިފި ނަމަ ބޯ ތުނިކޮށް ޓްރިމް ކުރާކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުމާއި ގުޅިގެން، މިއަދު އެތަނުގެ ކޮމާންޑަރަކު ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަގުތު

    އިމްރާން އިސްތިއުފާ....

    10
    1
  2. އަމާ

    ކޮބާ އޮފިސަރުންގެ ހައްގުތަށް. ހަމަ އެކަނި ޖަލު ގޮޅި ދޯ މި ފެންނަނީ.

  3. ޅޮހި

    ގައިދީންގެ ބޯ ޓްރިމް ކޮށްފަ މާފަށް އެދޭނަމަ ތިބޭފުޅުން ލަދުވެތިވާންޖެހޭ. ޢެއީ އުނގަށްވެއްޓުން. ޢެހެންނޫނަސް އެތަނުގެ މުވައްޒަފުންނަށް ގައިދީންގެ ފަރާތުން ލިބޭ އަނިޔާތައްވެސް ހުންނާނެކަން ކަށަވަރު. ޥީއިރު ސަރުކާރުދެކެ އަންނަ ރުޅީގަ ކުށްވެރިން ހުދުކާފޫރަށް ބަދަލު ނުކުރައްވާށޭވެ. ގައިދީން ޖަލުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި އަމިއްލަސަލާމަތަށް

  4. މޮހަނު

    ކީކޭ ދެން ބުނާނީ ދުރުގަ ތިބެގެން ފާޑުކީ މީހުން ކަންކަމާ ހަވާލުވީމަވެސް ހަމަ އެއްވަރެއް ދޯމިވީ

  5. ބޫ

    ވިސްނަވާ ދިވެހިންނޭ މިފެންނަނީ ކަންކަން ނުކުރެވި ފަޅާ އަރަމުންދާތަން، މި މީހުންގެހުރި ނާގާބިލްކަން ކިތަންމެ ރަގަޅަކަށްވެސް އެދަނީ ހާމަވަމުން. ކޮބާބާ އެޅިފިޔަވަޅަކީ މިކަން ހައްލުކުރަން އަނިޔާވި މީހުން ޑޮކްޓަރަށް ނުދެއްކި ލަސްވިއިރުވެސް އެކަމެއް ނުބެލުނު، ދެން އޭގެ 2 ދުވަސް ފަހުން ކޮން ވާހައެއް ދައްކާކަން. ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ކޮން ޔަޤީން ކަމެއް ދިނީ އަދިވެސް އެކަން ހިންގި މީހުން އެތިބީ އެތަނުގަ އިމްރާން ގޭގަ މިނިސްޓަރ ހެދިފަ ކަލޯ ނުވާވަރުގެ ކަންތައް ކުރަން ނޫޅެ ދުރައްދޭބަލަ.

  6. Anonymous

    އިމްރާން އިސްތިއުފާ ދޭތޯ ބަލަން އަންނިމެން ޖައްސާ މަޅިއެއް. ދެން މާގިނަ ދުވަހެއް ނުވެ އިމްރާންގެ އިތުބާރު ނެތް ކަމަށް ފާސްކުރާނެ.

    15
    1
  7. ނަވާރަ

    ތިކަމުގެ އަޑީގަހުންނާނީ ތިކަމުގެމާހިރު އެއީ ރޫޙާނީ

    10
  8. ޝާން

    ކަލޯ ބޮޑުތަނުން ފެއިލްވެއްޖެ....އަވަހަށް އިސްތިއުފާދެއްވާ ރައްޔިތުންނަށް އަނިޔާކޮށްފަ ފަރުވާ ދިނުމުގައިވެސް އިހުމާލުވީ ނޫނީ ގަސްދުގައި ފަރުވާ ލަސްކުރުމަކީ ކަނޑައެޅިގެން ޤާނޫން އަސާސީއާއި ޤާނޫންތަކާއި ޚިލާފުވީ..އެއްވެސް ބަހަނާއެއް ނުދެއްކޭނެ. ސަރުކާރު ފެއިލްވަމުންމިދަނީ ތިކަހަލަ ކަނޑުކޮސްކަންތައްކުރާތީ...