ގައިދީނަށް ކުރި އަނިޔާ އަކީ ސަރުކާރުން ޒިންމާވާންޖެހޭ ލަދުވެތި ހުތުރު އަމަލުތަކެއް ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި މާފުށީ ޖަލުގެ ޤައިދީންނަށް ކޮށްފައިވާ އަނިޔާތަށް ކުއްވެރިކޮށް ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޤައިދީންނަށް ކޮށްފައިވާ އަނިޔާތަކަކީ އިންސާނީ ކަރާމަތަށްވެސް ބެލުމެއްނެތި ކޮށްފައިވާ ލާއިންސާނީ އަނިޔާ ތަކެއް ކަމަށެވެ.

މި ގޮތުން ޖަލުގެ ޤައިދީން ކޮންޓްރޯލް ކުރުމުގެ ނަމުގައި، ކަމަށް އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ޤައިދީންގެ ޖިންސީ ގުނަވަންތަކަށް އަސޭމިރުސް ސްޕްރޭ ޖެހުމާއި ޤައިދީންގެ ބޯބޭލުން ފަދަ ހިއުމިލިއޭޝަން އާއި އަނިޔާގެ އަދަބު އެކުލެވޭ ފަދަ ކަންކަން ހިނގާފައި ވުމަކީ އަނިޔާގެ ސަޤާފަތަކަށް އަދި ސިސްޓަމަކަށް ޖަލުގެ ހިންގުން ބަދަލުވާން ފަށާފައިވާ ކަމުގެ ހެއްކެކަމަށާއި އަދި އެއީ ޕީޕީއެމް ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

" މި ފަދަ ލާއިންސާނީ އަމަލުތައް ހިންގާފައިވާކަމަށް ލިބިފައިވާ ރިޕޯޓްތަކަކީ މި ސަރުކާރުން އިންސާނީ ކަރާމާތަށް އަރައިގަނެފައިވާ ކަމުގެ ހެއްކެއް އަދި މިކަމަކީ ސަރުކާރުން ޒިންމާވާންޖެހޭ ލަދުވެތި އަދި ހުތުރު އަމަލުތަކެއް " ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން 20 ޖޫން 2019 ވަނަ ދުވަހު ޖަލުގައި ހިންގި ލާއިންސާނީ އަމަލު ތަކަކި ހަމައެކަނި އެތަނުގައި އެވަގުތު ޖަލު ބަލަހައްޓަން ތިބި އޮފިސަރުންގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައި ދޫކޮށްލެވޭވަރަށް ވުރެ ސީރިއަސް ކަންތައްތަކެއް ކަމަށާއި މިފަދަ ކަންކަތަކަކީ މިކަންކަމާ ހަވާލުވެ ތިބި ވަޒީރުންނާއި އެކަންކަމާ ހަވާލުވެތިބި އިސްވެރިން މި ކަންކަމާ ޒިންމާވެ ޖަވާބުދާރީވާން ޖެހޭ ކަންކަމަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ފަދަ ފަންނީ އިލްމާއި ހުނަރު ހުރެގެން ހިންގަންޖެހޭ ތަންތަން ހަރުދަނާ ކުރުމަށް 2003 އިން ފެށިގެން އެތައް ބައެއް ކޮށްފައިވާ ބުރަ މަސައްކަތްތައް ދެތިން މަސްދުވަހުން ހަލާކުކޮއްލާ ރާއްޖޭގައި 2003 ގެ ކުރިން ޤާއިމްކޮށްފައިވާ ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަޤާފަތް ދެތިން މަސްދުވަސްތެރޭ އިޔާދަކުރިކުރުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާމަށާއި ޖަލުތައް ބެލެހެއްޓުމަށް އެތައް އަހަރެއްގެ މަސައްކަތުން ޤާއިމްކޮށްފައިވާ ހަރުދަނާ ނިޒާމްތަކެއް ދެތިން މަސްތެރޭ ހަލާކުކޮށްލާ، ޖަލުތަކާއި ހަވާލުވެތިބި ވެރިންގެ އިހުމާލުން ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަރައިގެންފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ޒިންމާދާރު ކުރުވުމަށް ހުރި ކޮމިޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުން މިފަދަ ކަންކަން ބަލައި ކުރިއަށް އޮތް ތާގައި މިފަދަ ލާއިންސާނީ އަދި އިންސާނީ ކަރާމަތަށް އަރައިތުންފަދަ ހުތުރު ކަންކަން ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ތަހައްމަލް ކުރަން ނުޖެހޭނެ ފަދަ ގޮތަކަށް ސަރުކާރުގެ ހިންގުން ރޭވުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޯ

    ސަރުކާރުން ނުކުރާނެ ހުތުރު ކަމެއް މި ސަރުކާރުން ކަމެއް ކޮށްފިނަމަ އެވާނީ ރީތި ކަމަކަށް ????

    7
    4
  2. އިބުރާހީމޫ

    ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތާކެއްޒަމާނަކު އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....

  3. ޢަލީ އާރިފް

    ދޮންކެޔޮ ބުރޯމެން ހާދައަވަހަކަށޭ ތިތެޅިގަތީ ފިތުނައުފައްދަން، ނިމިދިޔަ އަނިޔާވެރި ފަސްއަހަރުގެ ވެރިކަމުގައި ޖަލުތަކުގައި ގޮތްނޭގޭގޮތައް ކިތައްމީހުންތޯ މަރުވީ އަދި ރައްޔިތުން ހަނދާނެއްނުނެތޭ އިނގޭތޯ.. ޖަލުގައި ހިންގަމުންދިޔަ ޖަރީމާތައް ފޮރުވައިގެން މަޖިލިސްގެ މިނިވަންމުއައްސަސާ ހިސޯރުކޮށްގެން އުޅުނީ، އެހެންނަމަވެސް މިޔަދު އިބޫގެ ވެރިކަމުގައި ނިކަން ބަލާބަލަ 24ގަޑިއިރު ނުވަނީސް މިނިސްޓަރު އެވަނީ ޖަލައްގޮސް އެކަންތައް ބަލާފައި އަދި މަޖިލިސްގެ ކޮމެޓީތަކުން އެދަނީ އެކަންތައްތައް ބަލާސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރަމުން. ތިއެންމެ ދެތިންމީހުން އުޅޭ ދެޕާޓީ ވެއިޓް އެންޑު ވޮޗް އޯކޭ

    2
    2
  4. ޢަލީ އިބްރާހިމް

    ޕީ.ޕީ އެމް އިން ތިވާހަކަ ދައްކަން ފުރަތަމަ ލަދު ނުގަތްކަން ދެރައީ!!