ނިއުޕޯޓް ބޭކަރީން ދުން އަރާތީ ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ.

ޝަހީދު އަލީ މިސްކިތް ކައިރީ ހުންނަ އެ ބޭކަރީން ދުން އަރާތީ މިހާރު އެ ސަރަހައްދުގައި ސިފައިންގެ އަލިފާން ނިއްވާ ލޮރީވެސް ހަރަކާާތްތެރިވަމުންދެއެވެ.

ބޭކަރީން ދުން އަރާތީ ސިފައިން ހަރަކާތްތެރި ވަނީ

އަދި އެ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މައުލޫމާތު ލިބޭގޮތުގަައި އެ ބޭކަރީން ދުން އަރާތީ ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިސްކިތަށް ދުންވަންނާތީ މިސްކިތުގަައި ތިބި މީހުންނެވެ.

އަދި މިހާރު ދުން އެރުން ވަނީ ކޮންޓްރޯލްކޮށްފައިވާ ކަމަށް މައުލޫމާތުދެއެވެ.

އެމްްއެންޑީއެފް އިން ވިދާޅުވީ، އެ ސަރަހައްދަށް ދުމުގެ އަސަރުކޮށްފައި ވަނީ މަދިރި ފޮގް ކުރުމުގެ ސަބަބުން ކަމަށާއި، މަދިރި ފޮގްކޮށްފައި ވަނީ އަމީރު އަހުމަދު ސްކޫލްގައި ކަމަށެވެ.

“އެ ދުން ފެންނަ ގޮތުން ހީވަނީ ބޭކަރީން ދުން އަރާހެން. އެ ސްކޫލުން ފޮގް ކުރާކަމަށް އޮތީ އެމްްއެންޑީއެފްއަށް އަންގާފައި”. އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ޖަޒީރާވަންތަކޮށް ކުޅިބޯކިބާ ފިހަނީކަން ނޭގެއެއްނު!

  2. 3 ވަނަވިސްނުން

    ޢެއެއްޗެން ހޯދިގޮތަކަން ނެތިފަނާވެގެން ދަނީ.

    2
    6
  3. ވަގަކަޅާ

    3 ވަނަވިސްނުން ހުރީ ބޮލުރޮދިކެނޑިފަހެން ހީވަނީ