މާލެ ސަލާާހުއްދީން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ އަތް ދަބަސް ވަގަށް ގެންދިޔަ މީހަކު ހައްުޔަރުކޮށްފިއެވެ.

އެ މައްސަލަައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މާލޭ ޞަލާހުއްދީން މިސްކިތުގައި ނަމާދަށްހުރި އަންހެނެއްގެ އަތްދަބަސް ވަގަށްނެގި މައްސަލަ ރޭ 19:30 ހާއިރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ރޭ މީހަކު ހައްޔަރުކޮށްފަައި ވާ ކަމަށާއި އެ މީހާ ވަގަށް ނެގި ދަބަސް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙްޤީޤު ކުރުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.