މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ގައިދީންގެ ބޯ ކޮށާލީ ޖަލުގައި އަމަލު ކުރަމުންދާ ގަވާއިދުގެ ދަށުން ކަމަށް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، ގައިދީންގެ ބޯ ތުނިކޮށް ކޮށާލުމަކީ ކުށެއް ކަމަށް ނުދެންނެވޭނެ ކަމަށާއި، އެކަން ކުރީ ގެޒެޓްކޮށްފަައި އޮތް ގަވާއިދުގެ ދަށުން ކަމަށެވެ.

މުނާޒް ވިދާޅުވީ ގަވާއިދުގައި ވަނީ ކޮންމެ ގައިދީއެއްގެވެސް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅީގެ ދިގުމިން ހުންނަން ވާނީ ދެ ސެންޓި މީޓަރަށް ކަމަށެވެ.

ނަމަވެސް ހަމަނުޖެހުމާއި ގުޅިގެން ގައިދީންގެ ބޯކޮށުން އެއީ އެންމެ ރަނގަޅަށް ހިނގާދިޔަ ކަމެއް ނޫން ކަމަށާއި، އެކަން ބަލައިނުގަންނަ ކަމަށް މުނާޒް ވިދާޅުވިއެވެ.

“މި ހިނގި ކަންތައްތަކާއި ގުޅިގެން ބޯކޮށުން ބަލައެއް ނުގަނެވޭ. އެކަމަކު އެކަން ކުށްވެރުއެއްވެސް ނުކުރެވޭނެ. އެއީ އޮފިސަރުން އެކަން ކުރީ ގަވާއިދުގެ ދަށުން ކަމަށް ވާތީ” ގައިދީންގެ ބޯކޮށުން ދިފާއު ކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވި ގަވާއިދު ގެޒެޓް ކުރިތާ އަހަރުތަކެއް ފަހުން ފާސްކުރި އަނިޔާ މަނާ ކުރުމުގެ ގާނޫނުގައި، ގައިދީއެއްގެ ނުރުހުމުގައި ބޯކޮށުމަކީ އަނިޔާއެއްކަމަށް ބުނެފައިވާ ކަމަށެވެ.

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަވާބުދާރީވުމަށް މުނާޒް މިރޭ މަޖިލީހާށް ހާޒިރުކޮށްފައިވާއިރު، އެ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމުން ބައެއް ގައިދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޖަލުގެ އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ދެގަޑިއިރު ވަންދެން އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށް ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް ޖަލުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހަމަނުޖެހުންތަކުގައި ހަ ގައިދީއަކާއި ތިން އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލޮލް

    ޖިންސީ ގުނަވަނަށް އަސޭމިރުސް ސްޕްރޭ ޖެހީވެސް ހަމަޖެހިފައިވާ ގަވާއިދުގެ ދަށުންނޭ ބުނާނެ އަދި..! ?

    37
    8
  2. އަރާއިރު

    ގަވާއިދުންބޯކޮށާނީ ވަކިވަގުތެއްގަ ވަކިކަހަލަ ހާލަތާގުޅުވާގެންކަމުގަ ނަމަ އެއީ ގަވާއިދެއްގެ ދަށުން ކުރިކަމެއްކަމުގަ ނުހެދޭނެ. އަދިއިތުރަށް ހަގީގަތް އޮޅުވާލަން ތިޔައުޅެނީ. ހިތައްއެރީމަ ރޭގަނޑުފުރަދަންވަރު ގައިދީން ނިދާފަތިއްބާ ގަވާއިދުން ބޯކޮށީމަ އެއީގަވާއިދޭ ބުނީމަ އެކަން ބުއްދީގެހަމަތަކުން ބަލާއިރު ގަބޫލެއްނުކުރެވޭ. ކޮންމެގަތަކަށް ވިޔަސް ދެފަރާތުންކުރެ އެއްވެސްފަރާތަކުން އަނިޔާވެރިވެގެން ނުވާނެ.

    20
    4
    • ދެބައިކުޅަ

      ގައިދީން ނިދާފައި ތިބެތަ އޮފިސަރުންނައް އަނިޔާ ކުރީ. އެތައް ބައެއްގެ ޚައްގުތަކައް އަރާގަނެގެން މުޖުތަމަޢުއަށް އޮބިނޯވެގެން ޖަލައްލާފައި ތިބި ކުއްވެރިން އެއީ. އެމީހުން ދިފާއު ކުރުމުގައި އަވަދި ނެތި ކަލޭމެން ތެޅޭ. ރީތިކޮށް ތިބިނަމަ ބޮލެއްވެސް ނުކޮށީސް އަނިޔާއެއްވެސް ނުވީސް. އެކަމު ކަލޭމެން ތި ދޮންފުތު ކުރާ ގައިދީންނަކީ ރީތިކޮށް ތިބި އާންމުންގެ ޚައްގުތަކަށް އަރާގަނެފައި ތިބިމީހުން. އެކި އެކި ޚައްގުތައް އެކިނަމުގައި އައިސް މިރާޖެ މިއޮތީ ވައިވަދެފައި

      11
      9
      • އެތާތިބީ ހުސް ވަގުންނެއް ނޫން

        ކުޝެއްނެއް އެތައްބަޔަކު އެތާ އަބަތިބި.ތިއެއް އެނގުނީހީ ކަލޭ އެތާ އޮއިނަމަ

        • ދެބައިކުޅަ

          ކުށެއް ނެތް މީހުންނެއް ނޫން އެތާ ހަމަނުޖެހުން ހިންގަނީ. ކުށެއްނެތި ލާފައި ތިބިމީހުން އަބަދުވެސް އެތާ އުޅެނީ މަޑުން

          2
          1
          • ކަލޭ

            ތިއީ މިސަރުކާރުގެ ޕަޕެޓެއް... އެހެންވެ ތިވަރަށް ތިޔަ ވީދެނީ... ސަރުކާރު ދިފާއު ކުރަން... ދެން އަތްޖަހާ.....

            2
            1
  3. ނާށި އާދަނު

    ފައިގެ ފަލަމަސްގަނޑުވެސް އިރައިލީ އޮންނަ އުޞޫލުން ދޮތަ؟؟؟؟

    16
  4. ކަމަނަ

    ރީތި ކޮއްބަސް އަހަގެން ސަޖިދާގަ އޮއްވަތަ ޖަލައް ލެވުނީ، ކޮބާތަ ކުއްވެރިން އަނެކާއައް ކުރިކުއް، ބޮލެއްނޫން ކޮށަންވީ، ބޯ ބާލަންވީ

    8
    4
  5. ގައިދީ

    މީނައަށް ކިޔޭ އެއްޗެއް އެބަ އެނގޭބާ... ހީހީ ހަލާކު

  6. ބީނާޝް

    ތިއީ އަނިޔާ ބޭނުން ވެގެން އެ ހޯދަން ތިތަނަށް ދިޔަ އެއްޗެހި ތަކެއް.އެހެން ވިއްޔާ އޯކޭއެއް ނޫން. އެހެން ނޫންނަމަ ތިބޭނީ އަރާމުގައި ގޭގައި. އެހެންވެސް ދިވެހި ރައްޔިތުން ތިބިގޮތަށް. ތި އެ އްޗެހިންނަށް ތި ހަރަދު ކުރަނީ އަހަރެމެންގެ ޓެކްސްޓް ފައިސާ. މަވވވވވ ރުޅިއާދޭ. މިއެއްޗެހިންނަކީ މީ ބޭކާރު އެއްޗެހި. މި ފައިސާއިން މިއަށްވުރެ މާ ރަނގަޅުވާނެ ދިރޭ ކުކުޅު ގެންގުޅުނަސް. އޭރުން ބިހާއި މަސް ލިބޭނެ. އޭރުން އެހެން ގައުމް ތަކުން މި އެއްޗެހި އެތެރެ ކުރާކަށް ނުޖެހޭނެ.

    8
    1
  7. ބޯހަލާކު

    ކިޔާ ނުކިޔައެއް ނޭގެ.ބޯކޮށުން ބޯބޭލުން ނުރުހުމުގައި ނުކުރެވޭނެޔޭ ބުނާއިރުވެސް ތިބުނަނީ ކުށެއް ނޫނޭ މުނާޒު ކިޔާ ނުކޔޭ ނޭގޭއިރުވެސް އަގަގަޅާތި .

  8. އިބުރާހީމޫ

    ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތާކެއްޒަމާނަކު އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....

    4
    1
  9. އަހުމަދު

    މުނާޒު ހެދި އެންމެ ބޮޑު ދޮގަކީ އަދި އޮޅުވާލުމަކީ ޖަލުގައި ރީހެބިލިޓޭޝަން ޕްރޮގޮރާމް ނުހިންގާ ކަމަށް ބުނި ބުނުން އެއީ ކަނޑައެޅިގެން ދޮގެއް .. ގުރުއާން ކިލާސްތައް ހިންގާ އެސް އީ ސީ އިމްތިހާނުގައި ބައިވެރިވެގެން އެތައް ގައިދީނެއް ވަނީ ފާސް ވެފައި ދިވެހި އިސްލާމް ކިޔަވައިދޭން މާލެއިން ޓީޗަރުން ދޭ އަހަރެންގެ ރަހުމަތްތެރި އަކުވެސް ޖަލުމީހުންނަށް ކިޔަވައިދޭ އަނެއްކާ ދަނޑުވެރި ކަމުގެ ބާވަތްތައް ހައްދާ އަތްތެރި މަސައްކަތް ދަސްކޮށްދޭ މަސްވެރިކަމުގައި ބޭނުން ކުރާ އޮއިވާލި ކަނދު ފަތި ހަދަނީ ވެސް މިދިޔަ ސަރުކާރުގައި ހަމަ ޖަލުމީހުން އެމީހުންނަށް މުސާރަ ދޭ މާލޭ ރިންގު ރޯޑް ހެދުމުގައި މިދިޔަ އަހަރު ޖަލުމީހުންމަސައްކަތް ކުރި ... އޮޅުވާލަން ވާނީ ވަކި ވަރަކަށް މުނާޒަކަށް ތިޔަ ކަމެއް ނުވާނެ.. ތިލަ ފުށީގައި ގާ އެޅުމުގެ މަސައްކަތުގައި ވެސް ޖަލުމީހުން...

  10. އަހުމަދު

    މުނާޒު ހެދި އެންމެ ބޮޑު ދޮގަކީ އަދި އޮޅުވާލުމަކީ ޖަލުގައި ރީހެބިލިޓޭޝަން ޕްރޮގޮރާމް ނުހިންގާ ކަމަށް ބުނި ބުނުން އެއީ ކަނޑައެޅިގެން ދޮގެއް .. ގުރުއާން ކިލާސްތައް ހިންގާ އެސް އީ ސީ އިމްތިހާނުގައި ބައިވެރިވެގެން އެތައް ގައިދީނެއް ވަނީ ފާސް ވެފައިއަހަރެންގެ ރަހުމަތްތެރި އަކުވެސް ޖަލުމީހުންނަށް ކިޔަވައިދޭ އަނެއްކާ ދަނޑުވެރި ކަމުގެ ބާވަތްތައް ހައްދާ އަތްތެރި މަސައްކަތް ދަސްކޮށްދޭ މަސްވެރިކަމުގައި ބޭނުން ކުރާ އޮއިވާލި ކަނދު ފަތި ހަދަނީ ވެސް މިދިޔަ ސަރުކާރުގައި ހަމަ ޖަލުމީހުން އެމީހުންނަށް މުސާރަ ދޭ މާލޭ ރިންގު ރޯޑް ހެދުމުގައި މިދިޔަ އަހަރު ޖަލުމީހުންމަސައްކަތް ކުރި ... އޮޅުވާލަން ވާނީ ވަކި ވަރަކަށް މުނާޒަކަށް ތިޔަ ކަމެއް ނުވާނެ.. ތިލަ ފުށީގައި ގާ އެޅުމުގެ މަސައްކަތުގައި ވެސް ޖަލުމީހުން...

  11. ރާޅު ބޯއީ

    ކިހާ އޯގާތެރި ސަރުކާރެއްތޯ. ޖަލުގައި ވެސް މީހުންނަށް އަނިޔާ ކޮށް ތަޅާ މަރަނީ. ޖަލުގައި ތަޅާ މަރާފަ. މި މައްސަލައިގައި ޖަލުތަކުގެ ވެރިޔާ ކޮމިޓީގައި ސަރުކާރު ޕްރޮމޯޓްކޮށް ކަންހިނގާ ދިޔަ ގޮތް އޮޅުވާލާ ހެދީ ދޮގު. ހެޔޮތާ ސަރުކާރުން ކުރި ކަމަކަށް ނުވެ އެޅުވީ ޖަލު ބަލަހަށްޓާ މީހުންގެ ބޮލުގަ. ހުރިހާ ކަމެއްގައި ނާގާބިލްވީމަ ވާނެ ހައެތި މިވަނީ.

  12. އަލިބެއްޔާ

    ދިވެހި ލޮބުވެތި ރައްޔިތުންނޭ!!! މިހާރު މިވަނީ ކުށްކުރާ ފަރާތް ގަދަވެ އެކަން ހުއްޓުވަން ތިބޭ ފަރާތްތަައް ޖަވާބުދާރީ ކުރުމުގެ ނަމުގައި ވާޖިބުން އެކަހެރި ކުރެވިފަ.. ކުށްކުރާ ފަރާތް ތަކަށް އިތުރު ބާރަކާއި ހިއްވަރެއް ދީފަ.. ޖަލުގެ ތޭރި ތަކުގެ ފަހަތުގެ ތިބި ގައިދީންނަކީ ޖަލު ބަލަހައްޓާ މީހުންގެ މައްޗަށް ބަސް ކިޔާ ބަޔަކަށް ވެފަ.. ކޮބައިތޯ ހަޤީޤީ އިންސާފު؟