މާފުށި ޖަލުގައި ގައިދީންނަށް އަނިޔާކުރި އޮފިސަރުން އަދިވެސް ހޯދިފައިނުވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ މުނާޒް ވިދާޅުވީ، މިއަދު އިރުއޮއްސުމާއި ހަމައަށްވެސް ގައިދީންނަށް އަނިޔާ ކުރި އެއްވެސް އޮފިސަރެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އެއްވެސް އޮފިސަރެއް ސަސްޕެންޑްކޮށްފައިނުވާ ކަމަށާއި، ހުރިހާ އޮފިސަރުންވެސް މަސައްކަތަށް ނުކުންނަވާ ކަމަށް މުނާޒް ވިދާޅުވިއެވެ. މުނާޒް ވިދާޅުވީ، އެ ގަޑީގައި ޑިއުޓީގައި ހުންނެވި ކޮމާންޑަރު ސަސްޕެންޑް ކުރީ އަނިޔާ ކުރި އޮފިސަރުން އޭނާއަށް ނޭގޭތީ ކަމަށެވެ.

“އަނިޔާ ކުރި އޮފިސަރުން ނޭގޭ ކަމަށް ރިޕޯޓްގައި އޮތީ. އޭނާއަށް އެ މީހުން ފާހަގަކޮށް ދެވުނު ނަމަ ސަސްޕެންޝަނުން ސަލާމަތްވާނެ” މުނާޒް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަވާބުދާރީވުމަށް މުނާޒް މިރޭ މަޖިލީހާށް ހާޒިރުކޮށްފައިވާއިރު، އެ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތްކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމުން ބައެއް ގައިދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޖަލުގެ އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ދެގަޑިއިރު ވަންދެން އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ބޯ ބާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް ޖަލުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހަމަނުޖެހުންތަކުގައި ހަ ގައިދީއަކާއި ތިން އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ީއިބްރާހިމް

    ކޮމާންޑަރު ސަސްޕެންޑްކުރުން އިންސާފެއްނޫން

    27
    1
  2. މަރީ

    މިހުރިހާކަމެއް ރަންގަޅުވާނެ މިގައުމުން މަސްތުވާ ތަކެތި ހުސްވުމުން މީ މިގައުމުގެ ގަހެއްގައިއަޅާމޭވާއެއްނޫން މީ ބޭރުގައުމުތަކުން އެތެރެކުރާއެއްޗެއް މިކަން ހުއްޓުވީމަ ހުއްޓޭނެ މިކަމާއިވިސްނާޅައްވާ

    12
    3
  3. ކައްޗާކަލޯ

    މިއީ ދެން ކިހާ ބޮޑު ކަމެއް؟! ގައިދީންނަށް އަނިޔާކުރި ވާހަކައައްވުރެން މިހާރު ބޮޑީ ނުނާޒު ޙާޒިރުކޮށްގެން ސިއްރު ކޮށްގެން ސުވާލުކުރާ ވާހަކައާއި ޢިމްރާން ކޮމިޓީއަށްޙާޒިރު ނުވެ ފުރައިގެން ދިޔަ ވާހަކަ!!ކިހާ ރީތި؟! މަމެން ރައްޔަތުމީހާއަށް ދައްކަން ތިކަހަކަ ދޮއި ދައްކާނެކަމެއް މިހާރު ނެތް؟! ގައިދީން ހަނާއެރުވިއިރު ތި މުނާޒަކާއި ޢިމްރާނެއް ތިބީ ގޭގައި ނިދާފައި.! އެކަމަކު ސުވާވުކުރަން ޖެހޭކަމަށް މިވަނީ އަނިޔާކުރި މީހުންނަކާއެއްނޫން!! ނިދާފަ ތިބި ބަޔަކާ!! ޙަޤީޤީ ޙާދިސާ އޮއްބާލަން ކިހާ މޮޅު.! ވާހވާހ ! ! ވަރަށްމޮޅު! ކުޅަދާނަ!

    21
    1
  4. ނަމަ

    އޮފިސަރުން ނެން ނުފެންނާނެތާ ދޮގުހަދަން ފިސާރި މޮޅު ވެރިއަކާ ވިއްޔަ ހަވާލު ކޮއްފަ ހުރީ

    17
  5. އިބުރާހީމޫ

    ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތާކެއްޒަމާނަކު އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....

  6. ވަޒީފާ

    ނިކަމެތި އޮފިސަރެއް ގެ ވަޒީފާ އެދުއްވާލީ ވާޖިބު އަދާ ކުރީމަ މީ އެބުނާ ޖޮބްސެކިއުރެޓީ އަކީ

    11
    3
  7. ބަރުގޮނު

    އެހެންވީމާ ސައިންސްވެރިން ހީއެއްގެ މައްޗަށް މިދައްކާ ވާހަކަ އެބަ ދިމާވޭ. ކޮންމެވެސް ނަމެއް ކިޔާ އިންސިންނާ ޖިންނިން ނޫން ބަޔަކު އެބައުޅޭ. ނޭގޭ އެއްޗަކީ އޭގެ ބަޔަކު ޖަލަށް ގޮސް ގައިދީންނަށް އަނިޔާކުރީ ކީއްވެތޯ...؟؟؟

  8. Anonymous

    ރަނގަޅަށް ވިއްޔާ އިންޑިއާ ސިފައިން ލައްވާ އަނިޔާ ކުރުވީ

    2
    1
  9. Anonymous

    އިދީންނަށް އަނިޔާކުރަން ޖެހޭ މިހާރު.އުޅެ އުޅެ އިސްލާހެއް ނުވިއެއްނުން.މާދަމާ ޖަލުން ދޫކުރުމުން ވެސް ދަނީ ހަމަ ނުބައިމަގުން