ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތުދީ، ދީނީ މިނިވަންކަން ދިނުމަށް އެމެރިކާއިން ބާރުއަޅައިފިއެވެ.

އެމެރިކާއިން މިގޮތަށް ބާރުއަޅާފައިވާކަން ހާމަކޮށްފައި ވަނީ، އެޤައުމުގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމު ކުރި ދީނީ މިނިވަންކަމާއި ބެހޭ ރިޕޯޓެއްގައެވެ.

އެ ރިޕޯޓުގައި ވާގޮތުގައި، އެމެރިކާ އެމްބަސީގެ ފަރާތުން ރާއްޖެއަށް މަންދޫބުން ވަޑައިގެން، ރާއްޖޭގައި ދީނީ މިނިވަންކަން ޤާއިމްކޮށް، އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ދިނުމަށް ސަރުކާރަށް ވަނީ ބާރު އަޅާފައެވެ.

އެމެރިކާގައި ނެރެފައިވާ މި ރިޕޯޓުގައި ވަނީ، ރާއްޖޭގައި ދީނީ ކަންކަން އޮންނަ ގޮތަށް އަލިއަޅުވާލައި، ދީނީގޮތުން ރާއްޖޭގައި ހިނގި ހާދިސާތަކައް ހިމަނާފައެވެ. ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުން އެކި ކަހަލަ ހާދިސާތައް ހިނގަމުންދާ ކަމަށް ދޭހަވާފަދަ ވާހަކަތައް އެ ރިޕޯޓުގައި ބަޔާކޮށްފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމު ކުރި ރިޕޯޓެއްގައި، ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބާރުއަޅާފައިވާކަމަށް ބުނެފައި މިވަނީ، އެމެރިކާގެ މަންދޫބުން ރާއްޖެއަށް އައިސް ސަރުކާރާއި ބައްދަލުކޮށްފައި ވަނިކޮށެވެ.

މި ސަރަޙައްދަށް ޚާއްސަކޮށްފައިވާ އެމެރިކާގެ އެމްބަސީ، އަވައްޓެރި ސްރީލަންކާގައި ހުންނައިރު، އެ އެމްބަސީގެ ފަރާތުންވެސް ބައެއް މީހުން ދޭތެރެ ދޭތެރެއިން ރާއްޖެއަށް އައިސް އުޅެއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި އޮންނަ އިސްލާމީ ސަޤާފަތާއި ގުޅޭގޮތުން ހުޅަނގުގެ ޤައުމުތަކުގެ ފާޑުކިއުން ރާއްޖެއަށް އަމާޒުވެފައި ވެއެވެ. އެގޮތުން ރާއްޖޭގައި އަމަލުކުރަމުންދާ އިސްލާމީ ޝަރީޢަތަށް ފާޑުކިޔައި ދީނީ މިނިވަންކަން ނެތުމަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުން ކަމަށް ބުނެ އެފަދަ ފަރާތްތަކުން އަޑުއުފުލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. އަލީރާޖާ

    ބޭރުގެ ކޮންމެ ބަޔަކަށްވެސް އެބަޔަކު ބޭނުން އެއްޗެއް ބުނެވިދާނެ. އެއީ އެ ބުނި ބައެއްގެ މިނިވަންކަމެއް. އަޑު އެހުމުގެ ގާބިލުކަމާއި ހިތްވަރު ހުންނަންޖެހޭ. ނަމަވެސް އެބަޔަކު އުޅޭނެ ގޮތެއް އިގޭނީ އެބަޔަކަށް. މައްސަލަ ނިމުނީ. ތިއީ ބަޔަކު އަލަށް ދެއްކި ވާހަކައެއް ނޫން. އަދި ތިއީ ތިޔަ ވާހަކަ ބަޔަކު ދައްކާނެ އެންމެ ފަހު ފަހަރެއްވެސް ނޫން. މާ ކަންބޮޑު ކުރުމުގެ ބޭނުމެއް ނެތް.

    57
    216
    • Anonymous

      ތިބޭފުޅާގެ ޚިޔާލު ދެއްތޯ؟ އެކަމަކު ކަންތައްދަނީ މުޅިން އެހެން ގޮތަކަށް، ނަޝީދު އެމީހުން ރުއްސަން ކޮންމެވެސް ލަނބަތޮއްޓެކޭ ކިޔާނެ، ރައީސްމީހާ ބުނަންވީނުން، މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ތިކަމެއް މިގައުމުގަ ނުވާނެޔޭ، މިހެން ބުނަން ނުކުޅެދިފަ ހުރުން މިއީ ވަރަށްބޮޑު މައްސަލައެއް.

      264
      17
      • އަލިފް ހާ

        އެއްވުން ތަކަށް ޔައުނީ މުޒާހަރާ ތަކަށް މީހުން ގެންދާހެން މީސްތަކުން ގެނދެބަލަ މިސްކިތަށް.. 100% ކިޔަކަސް ނުވާނެ %100 އަށް ނޫޅެންޔާ

        64
        17
    • އަލީލީ

      އަހަރެމެން އުޅޭނެގޮތެއް އެނގޭނީ އަހަރެމެންގެ ވެރި ރަސްކަލާންގެއަށް. އަހަރެމެން އެންމެންނަކީ އެކަލާންގެ އަޅުން. އަހަރެމެންގެ އަމިއްލަ ނަފްސުތަކުގެ އަޅުންނެއް ނޫން އަހަރެމެން ބޭނުންވާހާގޮތަކަށް އުޅެކަށް.

      64
      3
    • އަލީ

      އަހަރެމެން އުޅޭނެގޮތް އެނގޭނީ އަހަރެމެންގެ ވެރި ރަސްކަލާންގެއަށް. އެހެނީ އަހަރުމެންނަކީ އެކަލާންގެ އަޅުން. އަހަރެމެން އަމިއްލަ ނަފްސްތަކުގެ އަޅުންނެއް ނޫން. އެއްވެސް އަގަކާނުލާ އެކަލާންގެ ދެއްވި ދެއަތުން ލިޔާކުމެންޓުތަކާ ދޭތެރޭ އެބަޖެހޭ ވިސްނާލަން.

      26
      1
  2. ހަފީ

    ދެން ކީއްތަވީ؟ ރާއްޖޭގައި އޮންނާނީ ގިނަ ދިވެހިން ބޭނުންވާ ގޮތެއް. އެއީ ޑިމޮކްރަސީ!

    20
    187
    • Anonymous

      ޑިމޮކްރަސީ އޮޅާލާ

      191
      8
      • މޮޔައެނޮނިމަސް

        މޮޔަ ގޮލައެއް

        1
        2
  3. ވާނު

    ކަލޭމެން ތެޅޭ ގޮތަކަށް ތެޅި ބަލަ އެހެން މީހުން ނަށް ނޮހޮރައްޕާން ނުކޮށް..އެމެރިކާ ގެ ނަން ގަނެފަ ކަމެއް ކުރަން ބާރު އެޅިޔަސް މި ގައޮމުގެ ގިނަ ބަޔަކު ތި ބާރު އަޅާ ކަމެއް ބޭނުނު މެއް ނުވޭ.އަހަރުމެން ނަށް މުހިންމި ދުނިޔެ އެކަންޔެ ނޫން އެއަށް ވުރެން އާހިރަށް މާ މުހިންމު..ތި ބާރު އާޅަ އެހެން ބަޔަކަށް.

    234
    4
  4. Anonymous

    ބޭނުން ދީނަކަށް އުޅެން ހަމަ ރާއްޖެ ނޫންތަނެއް މިއެއްޗެހިންނަށް ނުފެންނަނީތަ؟

    210
    5
  5. ބަރުގޮނު

    އެބުނާބަޔަކު ރާއްޖެ އައިސް ދީނީ މިނިވަންކަމު ގެ ވާހަކަ ދެއްކީމާ ސަރުކާރުން ދިން ޖަވާބު އެރިޕޯޓްގައި ނެތީ ކީއްވެބާ..

    171
    5
  6. ޢަލީ ރާޖާ2

    ރާއްޖޭގައި ދީނީ މިނވަންކަންދީ އެމީހަކު ބޭނުންދީނަކައް އުޅުމުގެ ފުރަސަތު ނުދެވޭނެ. އިބޫ ސާލިހް، އަންނި އަދި ޝާހިދުއަކައް ފުރުސަތެއް ނޯންނާނެ ދީނީ މިނވަންކަން ދިނުމާ މެދު އެއްވެސް ފަރާތަކާއި އެކު މަޝްވަރާ ކުރާކައް. އިބްރާހިމް މުހައްމަދު ސާލިހް ރައީސް ކަމައް ހޮވީކީ އެކަންކުރާކައްނޫން.

    183
    4
  7. ޒާރާ

    ތިޔަވަނީ ގައުމު އަދަވަޅުގެ ތުންފަތްމަތި!
    ރާއްޖެ ހަ،ލާކުގެތެރެއަށް ގޮސް ނިމިއްޖެ!
    ކާންދީފަ ބޯންދީފަ ދެން ދަތްއަޅާނީ!
    އެއުރެންގެ ބޮޑުބޭބެ ނޫންތޯ! މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގަ ރެނދެލިކުރައްވަވަމުން އެގެންދަވަނީ!، ހުރިހާކަމެއްވެސް ވާނެ! ވޯޓު ލާހޮވާދީފަ ބަހައްޓާ! ގައުމުގެ ހަާލާކައް ވޯޓު ލީމީހުންނަށް ސާބަސް!

    154
    9
  8. ހަނީލް

    ރައްޔިތުންނައް އަދި ރޭކާ ނުލިޔަސް ތިކަން ކުރުމައް ބޭނުންވާ ކަންކަން މި ސަރުކާރުން ހަމަ ޖައްސަމުންގެންދާތާ ދުވަސްތަކެއްވަނީ ވެފައެވެ.

    141
    8
  9. Anonymous

    ގުއި އެމޭރިކާ ނުޖެހޭ ރާއްޖޭގެ ދީނީ ކަންކަން އޮންނަގޮތާ ބެހޭކަށް. މާ ފުއްޕާނެކަމެއްނެތް މުސްލިމުންނާ ދިމާއަށް. ކަލޭމެންގެ ގުއި ޑޮލަރުގެ އަގު ވެއްޓޭންދޭވެ. ޢާމީން

    139
    7
  10. Anonymous

    ޑޮލަރުގެ އަގު ވެއްޓި އެމެރިކާއަކީ އެއްވެސް އާރެއް ބާރެއް ނެތް ގައުމެއްކަމު ލައްވާފާންދޭވެ!

    191
    7
    • މޮޔައެނޮނިމަސް

      ހިތް ހަމަ ޖައްސާލާ ތިހެން ހިތަސޤ އަރުވައުގެް

  11. Anonymous

    ???

    52
    4
  12. Anonymous

    ހިއުމަން ރައިޓްސް ފުރިހަމައަށް ލިބިދޭނެ އެހެން ދީނެއް އިސްލާމްދީން ފިޔަވާ ނުވާއިރު ހިއުމަން ރައިޓްސްގެ ނަމުގަ މި ހިންގޭ ޖަރީމާ ބަލައެއް ނުގަނެވޭނެ. މިކަންކަމުގަ މިއުޅޭ ދިވެހީންގެ ބެލެނެވެރީ ތިބީ ނިދާފަތޯ؟ އެމީހުންގެ ދަރީންނަށް ދީނެއް އުޑެއް ބުޑެއް ނޭނގުނަސް ބެލެނެވެރިކަން ކުރެވުނީކަމަށް ވޭތޯ؟ ތިމާގެ ބެލެނެވެރިކަމުގެ ދަށުގަ ހުންނަ ކުއްޖަކު ކިތަންމެ ބޮޑުވިއަސް ބެލެވެރިޔާއަށް ބޯލަނބާނެ. މީގެން އެނގެނީ ގޮތެއް ފޮތެއްނެތް މީހުންގެ ބެލެނެވެރިކަމުގެ ދަށުން ތަރުބިއްޔަތު ވެފައިވާކަން މިފަދަ ކުދީން. ދެންވެސް ކިޔަނީ އިސްލާމުންނޭ

    74
    6
  13. ނަމަ

    އަޅުގަޑު އަށް ވެސް ފެނޭ އެމެރިކާގަ އިސްލާމް ދީނުގަ އުލޭމީހުން އެކަނި އުލެން އެކަމަކު އެއީ ވާނެކަމއެއްބާ

    61
    6
  14. ޢެދުރު ހާޖީބޭ

    ދިވެހި ރައްޔެތުންނައް މިހާރުގެ ސަރުކާރު ގަ ތިބި މީހުންގެ ހުރިހާހަގީގަތެއް އިންގި ފެނި ދީނީ އިލްމުވެރިން ހަރުއަޑުން ގޮވަ ގޮވާ އޮއްވާ މިވަނީ ރައްުޔެތުން ވެރިކަމާ މަޖިލީހާ ކައުންސިލް ދީފަ ސުޕަމެޖުއަރަޓީ ދެން ކިޔޭނި ބުނެވޭނި ހެދޭނި އެއްގޮތެއް ވެސް ނެތް ﷲ ވަކީލް ކޮއްލައިގެން ތިބުންއޮތީ

    72
    5
  15. އައްޔު

    ބަލަގަ މިނިވަންކަމަކީ ފައްޅި އެޅުންތަ މިގައުމުގައި ބޭނުންގޮތަކަށް އުޅެވޭ ނޫންތަ ޑިމޮކްރަސީއަކީ ފައްޅިއެޅުންކަމަށް ރައްޔިތުންނަށް ދެއްކުން ހުއްޓާލާ

    55
    7
  16. ޢާއިޝާ

    އެމެރިކާގަ ހިތުހުރިގޮތަކަށް އުޅެން ހުއްދައޮންނާތީ އެއްވެސް ހާދިސާއެއް، އެއްވެސް މައްސަލައެއް ދިމާނުވޭތޯ.

    61
    5
  17. ޖަވާހިރުުުު

    މިއުޅޭ އެމެރިކާގެރައީސް ފިރުއައުނުގެ ބައިގަނޑު މަދުވީދޯ. މުސްލިމުން ކަތިލަމުން ދާމީހަކު ކީއްކުރަން ރާއްޖެއާ ތިބެހެނީ.ކަލެއަށް ހަމަހިލާ ލާހިކައެއް ނޫން ތިކަން ކުރާކަށެއް.ކަލޭ ތީ މުޅި މިދުނިޔެ ބަނޑަށްލާން އުޅޭ ފިރުއައުނު. ކަލޭ މިދުނިޔެއިން ނިމިގެން ދާއިރުވެސް ތިކަމެއް ނުވާނެ.ތިހެން ރަޑޭރަޑޭ ކިޔާލަ ކިޔާލާ ހުންނަން ޖެހޭނީ ހެހެހެހެހޭ. މިމަށަށް ވވވ ހުތުރު ރައީސެއްވެސްމެ. ހީވަނީ މުސްކުޅި މިނިކާވަގެއްހެން.

    33
    4
  18. އަލިހުތާ

    އިސްލާމް ދީނަކީ އިޚްތިޔާރީ ދީނެއް ނޫން.. އިސްލާމް ދީނުން ބޭރުވެ އެހެން ދީނެއް އިޚްތިޔާރު ކުރުމެއް ނުވޭ.. މާތްﷲ ހަޟްރަތުގައި ދީނަކީ އިސްލާމްދީން.. ގަދަކަމުން ކަނޑި، ބަޑި ބޭނުންކޮށް ގަދަބާރުން އިސްލަމްދީނަށް ވެއްދުމެއް ނެތް.. ނަމަވެސް، އިސްލާމީ މުޖްތަމަޢެއް ޣައިރު ދީނަށް ވައްދަން ބަޔަކު މަސައްކަތް ކުރާނަމަ ހަމަ ކޮންމެ މީހަކަށްވެސް ވީ ވަރަކުން އެކަމާ ދެކޮޅު ހަދަންވާނެ.. އެ ފުރުސަތު ދީގެން ނުވާނެ..

    76
    4
  19. ރާޅު ބޯއީ

    މިވަރުގެ ބޮޑުކަމެއް ހިނގިއިރު ލާދީނީ ސަރުކާރުން ވަނީ ރައްޔިތުންނަށް ސިއްރުކޮށްފަ. ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ދިނުމަކީ އެމްޑީޕީން ޚާއްސަކޮށް މި ސަރުކާރުން ކުރަން ވަރަށް ބޭނުންވާ ކަމެއް. އެމްޑީޕީގައި ތިބި ކެނެރީގެ ނަޝީދުގެ އައުވާނުންނަކީ ދީނެއް މިއްލަތެއް އޮރް ބައެއް ނޫން. ސަރުކާރު މިހާރު ހިންގަމުންދަނީ ފަރަންޖީގެ އެޖެންޓް ކެނެރީގެ ނަޝީދު ބޭނުންވާ ގޮތަށް ފަރުމާ ކުރެވިގެން.

    69
    6
    • ތެދު

      ތެދު ،ތެދު

      30
      3
  20. ޢެމެރިކާ

    ބެއިނުނަވަނީ ކޮންމެވެސް މަންފާއެއް މިކަމުން ހޯދަން ، ބޮޑަށް ހީވަނީ މިލިޓްރީ ގޮތުން ރާއްޖޭގައި އެމީހުންގެ ބޭސް އެއް އަޅަން ކަހަލަ ކަމަކަށްހެން ، އެއެއްޗެހީގެބާރު ދުނިޔޭގަ ގަދަކުރަން .. މިކަހަލަ ގޮތްގޮތުން (ދީން ތަކަށް ފުރުސަތުދިނުން) ފުރަތަމަ އެމީހުންގެ މަސައްކަތް ފައްޓާނީ ، އެމިހުންނަށް ރަނގަޅަށް އެގޭނެ މުޅި ރާއްޖެ ބަގުރޫޓުވާނެކަން މިކަހަލަ ނަތީޖާއެއް ނެރެވިއްޖެއްޔާ ... ސަބަބަކީ ޒަމާނުއްސުރެން ދިވެހިންނަކީ މުސްލިމުންނަށްވުން ،އެހެންދީންތަކަށް އުޅެން ފުރުސަތު. ދީފިއްޔާ ދެން އުފެދޭނީ ހަމަނުޖެހުމާއި ތަޅާފޮޅުން ، ދެން ކޮންޓްރޯލް ނުވާހިސާބުން އެމީހުންގެ ފައުޖުތައް ފޮނުވާ ސުލްހަޔޭކިޔާ ރާއްޖެ ހިފާނެ.. އެމީހުންނާ ދެކޮޅަށް ތެދުވާ އެންމެން މަރާ ސުނާފަތިކުރާނެ. ނޫނީ އެތެރެއިން ޖަމާއަތެއް އުފައްދާ ހަތިޔާރުދީގެން ހަގުރާމަ ކުރުވާނެ މިއީ ދުނިޔޭގެ ގައުމުތަކާއިމެދު އެނުލަފާ މީހުން ކަންތައްކުރި ގޮތް..އެކަމަކު އަބަދުވެސް ވެރިވެގަންނާނީ މާއްދީ ބެއިނުމަކަށް... މިއީ ތާރީހް ... ޢީރާނަށް ވެރިވީ ތެޔޮ ހޯދަން .. އެފްރިކާ އަށް ވެރިވީ މައުދަންތައް ހޯދަން.. މާތް ﷲ މިރާއްޖެ ޔަހޫދީންގެ ނުބައި ވަކިތަކުން ސަލާމަތްކޮށްދެއްވާށި !! ޢާމީން..

    42
    3
  21. Anonymous

    ޢިންޑިއާއިން ދިން ލާރިގަނޑުގެ ބަދަލުގައި ދީންތޯ ގުރުބާންކޮށްލީ؟ ޢެމެރިކާ މީދެން އެންމެ ކުށްމަދު ގައުމުތަ މީހުން އުޅެން ނޫޅެންވީ ގޮތް ކަނޑައަޅަން؟ ނިކަން މީހަކު ބަލާބަލަ އެންމެ ކުށްގިނައީ ކޮން ގައުމެއްގަތޯ؟ ބަޔަކު ކިތަންމެ ފެލުނަކަސް ދީނަކާ ނުކުޅެވޭނެ...އެހިސާބުން ވެރިކަން ވެއްޓޭނެ...ް ބައިގަނޑު ރާބޯން މިނިވަންކަތް އޮތް ގައުމަކަށް ދާންވީނު

    45
    3
  22. ދަވްތޫރް އަބުދުލް އަޒީޒް

    ތިޔަ ބުނާ އެމެރިކާގައި މިނިވަންކަމޭ ޑިމޮކްރަސީއޭ ކިޔޭވަރުގެބަޔެއް ނޫން ފުރަތަމަ އެމެރިކާގެ މަގުމަތީއާބާދީ 3މިލިޔަން އިތުރުވޭ ކީއްވެތޯ އްބައިމީހުންނަށް ބޯހިޔާވަހިކަން ނުދެވެނީ މުސްސަދިން މުއްސަދި ކަމުގައި އެއުޅެނީ ދެން ބޭނުންކަމެއް ކުރެވޭ ވާހަކަ ދައްކާއިރު ކީއްވެގެންތޯ އެހއން ގައުމުތަކަށް ނިއުކުލިއަރު ހަތިޔާރު އުފައްދަން ހުއްދަނުދެވެނީ މަނާކޮއްގެން އެއުޅެނީ ކޮބާތޯ ތިޔަ އެމެރިކާ އެބުނާމިނިވަންކަންއެމީހަކު ބޭނުން ހަތިޔާރެއްވެސް އުފެއްދެންޖެހޭނެ ތިޔަބުނާ މިނިވަން ކަން ތިމާކުރަންވީމަ ބަރާބރު އަނެއްބަޔަކު ކުރަން މަނާ

    28
    3
  23. ވަރައްސަލާމް

    ސައްތައިން ސައްތަ މުސްލިމު ގައުމަކައް މިގައުމުވާގޮތެއް ނޭނގުނު

    13
    23
    • ގެރިބޯ

      ގާނޫނު އަސާސީ ބަލާލިމަ އެނގެނެ. އިސްލާމް ދީން ދޫކޮއްލަ ހިސާބުން ރައްޔިތުކަން ގެއްލޭނެ. މާރިޔާ މެން ފައި ވިއްދަފައި އޮއްވާ އެ މާއްދާވެސް ގާނޫނު އަސާސީގައި ހިމަނާފައި އޮންނާނީ.

      6
      3
      • ސަލަފް

        ދީނަކީ މީހާގެ ހިތުގައިވާ އަގީދާއެއް ދީން ގަބޫލު ނުކުރިއަކަސް ގާނޫނު އަސާސީއަކައް ނޭނގޭނެ

  24. ސަޓޯ

    ކޮބާ!!!މިފެށެނީ ކުޅިވަރު.... އެމްޑީޕީ ބައިގަނޑުގަތިބީ ހުސްލާދާނީ މީހުން... ކަލޭމެން މިގައުމު ހަލާކު ކުރީ!!!!

    40
    6
  25. ކިހާ ބޮޑު ތަވާއެއް

    ޓުރަމްޕެޓު ޔޫ ގޯރުހެލް، އިނގިއްޖޭ..

    37
    3
  26. Anonymous

    ކޮބާތޯމޑޕގެ އިޙްލާސްތެރިމުފައްކިރުން

    10
    2
  27. މަސްވެރިޔާ

    ތިކަމަށް އެންމެފުރަތަމަ އާނބަސްބުނާނެ މީހުންތިބޭނެ، ލާދީނީ ބައިގަޑު، މިހާރު ދީނޭ ކިޔާއިގެން އުޅުނު އަދާލަތުގެ ބައިގަޑު މިހާރު ތިބީ ފައިސާދެކެލޯބިވެފަ،،،، ހަހާ ރ.މައުމޫންގެ ވެރިކަމުގައި ކުޅިވަރުކުޅުމީ ހުއްދަނޫންކަމެއްކަނަށްބުނެ، މިހާރު އިމްރާނު މުބާރާތު ޝަރަފުކޮށްދެނީ...ހަހާ، ރ.ނަޝީދު ހާދަ އުފާވާނޭދޯ..ހާހާ، ބުނަންތަ، އަހަރަމެންގެ އެތެރެހަށީގަ ފުރާނަ ހިނގާ ހިނދަކު ތިޔަފަދަ ކަމެއް މިޤައިމުގައި ނުކުރެވޭނެ، ލާދީނީ ބައިގަޑުގެ ކޮންމެ މީހަކަށް އެތައްހާސް ޒުވާން ދަރިން ނޫނެކޭބުނެ ޤައުމުގެ ކަރާމާތާއި އިސްލާމްދީނުގެ ހިމާޔަތުގައި ނުކުމެ ކާމިޔާބު ހޯދާނެ، ނިކަން ފިކުރީ އުކުޅުތަކުން ކުޅެބަލަ ... ހަޔަކުން ހަތަކުން ކުޅެ ކުޅި ދައްކާނެ....

    16
    4
  28. ފޮބޯ

    މިހާރަކު ނޫޅޭ؟

  29. ހަހަހަ

    ރާއްޖޭގަ އޮންނަ އިސްލާމީ ޝަރީއަތޯ! ހެހެހެ
    ހަގީގަތުގަ ވެސް އިސްލާމީ ޝަރީއަތް އޮންނަ ނަމަ ހާދަ ވަރެއް ވާނެޔޭ.

    9
    5
  30. އަބްދުއްލަތީފު

    ކާފަރުވުމަށް ގޮވާލާ ޝައިޠާނާގެ ލަޝްކަރަށް މަދަދުވެރިވާނެ އެމްޑީޕީ. ޢެއީ ޝައްކެއްވެސްޢޮތްކަމެއްނޫން

    11
    3
  31. އައްލެއިކަލޯ

    އެބަޔަކަށް ރަސްމީގޮތުން ދޭންޖެހޭ ޖަވާބު މިކޮޅުން ދޭންޖެހޭނެ. އެއީި މިކޮޅުގެ ވާޖިބު. ރަސްމީ ޖަވާބު ދޭން ނުކުޅެދިފަތިބުމަކީ ބޮޑު މައްސަލައެއް. އެއްކައުވަންތަކަމަށް ހެކިވެ އިސްލާމުންކަން ފާޅުކުރުމަކީ ޑިމޮކްރަސީއާއި ފުށުއަރާކަމެއްނޫން. އެންމެހާ ރައްޔިތުން ކޮންމެ މީހަކު މިއީ އިސްލާމެކޭ ބުނުމަކީ 100% މުސްލިމު ގައުމެއްކަމަށް ބެލެވޭ އެންމެ ކުޑަ މިންވަރު. އާނ. މިއީ 100% މުސްލިމު ގައުމެއް. އެކަން ކަނޑައަޅަނީ ގާނޫނު އަސާސީ އިން. ތިމަންނާއަކީ މުސްލިމެއްނޫނޭ އެކަކުވެސް ބުނެބަލަ. މިރާއްޖޭގެ އެކަކުވެސް ބޭނުމެއްނުވޭ ޝިރުކު. އެންމެންގެ ބަހަކީ لاإله إلاالله محمد الرسول الله.

    15
    3
  32. އިސް

    އިބޫ އިސްތިއުފާ

    18
    3
  33. އަހްމަދު

    އިންޑިޔާ އަޑީގައި ތިބެގެން ކުޅޭ ކުޅިގަނޑެއް! މީ މުޅި އިންޑިއާއަށް ބުނާ ބަހެއް ނޫން، އެހެނަސް މިހާރުތިބި އިންޑިއާގެ ވެރިންނަކީ ރާއްޖެއަށް ހެޔޮ އެދޭ ބައެއްނޫނެވެ. އެމީހުންގެ އެއްމެބޮޑު މައްސަލައަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވުމެވެ. އެޤައުމުގެ އިސްލާމްދީނަށް ދައުވަތުދޭ ލީޑަރ ޓެރަރިސްޓަކަށް ހަދާ ޤައުމުން ބޭރުކޮށްލާފައި އެހުންނެވީވެސް އެސަބާހުރެ. ވިސްނާށެވެ! ދިވެހިން ޒަމާނުއްސުރެ އެއްބައިވަންތަ ބައެއްގެގޮތުގައި ތިބުމަށް މަގުފަހިވި އިސްލާމްދީން ހިމާޔަށް ކުރުމަށް އަތުކުރި އޮޅާލާށެވެ. ސިއްރާއި ފާޅުގައިވެސް މިކަމަށް މަސައްކަތް ކުރައްވާށެވެ. އަންނާންއޮތް ޖީލުތަކަށްޓަކައި، ދަރީންގެ ދަރީންނަށްޓަކައެވެ.

    14
    3
  34. ޢާސިފް

    މިހާރުވެސް ކޮންމެދީނެއްގެ މީހަކަށްވެސް އެއްމެ މިނި ވަންކޮށް އުޅެވޭނެޤައުމަކީ މިދިވެހިރާއްޖެ އެއްވެސް މީހަކު ދީނީ މިނިވަންކަން ހޯދާކަށް ބާރު އަޅާނެކަމެއް ނެތް

    7
    2
  35. ހިބަރުވަދު

    މަޑުމަޑުން ކެއްތެރިކަމާއިއެކު ލަވަމުން ލަވަމުންގޮސް މަގުފުރައްދާ ނިމޭއިރުވެސް ކަހާތަން ހިރުވާވެސްނުލައި ރައްޔަތުން ތިބޭކަހަލަ ގޮތަކަށް ފަރުމާކުރެވި ކަންނިންމާނެ.

    14
    2
  36. ސަނޫ

    އެއީދެގައުމު އެއްބަސްވެ ކުރަން ނިމްމާފާއޮއްކަމެއް ،،އެހެންވެ އެވެރިންނައް މިވެރިންވަރެއްނެތިގެން މިއުޅެނީ މިސަރުކާރުގެނާމީހުންބޭންވާގޮތް އެއީ

    9
    1
  37. ކުންނު

    ތީ އަލަށް ބާރުއަޅާ އެޅުމެއްތޯ؟ އަބަދުވެސް އދ.ގެ ރިޕޯޓުތަކުގައިވެސް އޮންނަ ކަމެއް. ދީން ހަތިޔާރަކަށް ހެދުން ހުއްޓާލާ ޒިންމާދާރުވަމާތޯ!

    4
    6
  38. ހުސޭނޫ

    ސޮރީ ޓުރަންޕޫ.ވީ ކާންޓު ޑޫ ދެޓު.އޯކޭ

    8
    1
  39. އަހްމަދު

    ޑިމޮކްރަސީ ފައްކާވާނީ އަދި މާލީ ގޮތުން ތަނަވަސް ބަޔަކައްވެ އަބުރުވެރި ބަޔަކަށް ދިވެހިން ވާނީ އެހެން ފިކުރު ތަކަށްވެސް ޖާގަ ދީގެން، މީގެ 1400 އަހަރު ކުރިން މަދީނާގައިވެސް ޔަހޫދީންނާއި ނަޞާރާއިން އުޅުނު އެއްބަސްވުމެއްގެ ދަށުން އަހަރުމެންނަށް ވެސް އެއްބަސް ވުމެއް ހެދިދާނެ ދިވެހި ކުރިސްޓިއަނުންނާއި ، ޔަހޫދީންނަށް އެޅެވޭނެގޮތައް.. ޤާނޫނުގަ ދިވެހިން ވަނީ ޑިމޮކްރެސީގެ ވާހަކަ ޖަހާފަ ވީމާ ބައިނަލްއަޤުވާމީ އުުސޫލަކީ ދީނީ މިނިވަންކަން އޮތުން

    1
    8
  40. ދެހާޖީ

    ޢިސްލާމްދީން ނޫން ދީނެއް ނޯއްނާނެ! ޢެއީ ޢެންމެ ފަހުގެ ދީން ! ދެންކޮން ދީނެއްގެ ވާހަކަ!

    7
    1
    • ޥަރައްސަލާމް

      ތީ ކަލޭ ގަބޫލުކުރާގޮތް އިސްލާމް ދީނައްވުރެ ގިނަ މީހުން ގަބޫލުކުރާ އެހެން ދީން އެބަހުރި

  41. ދަރި

    މިގައުމަކީ އިސްލާމީގައުމެއް މިނަސީބު މީގެއެތަށް އަހަރުތަކެއްކުރިން ދިވެހިންނަށް ﷲ ވަނީ
    ދެއްވާފައި ނަމަވެސް މިކަމަށް ހަސަދަވެރިވެ މިނަސީބު ދިވެހިންގެކިބައިން ފިލުވަައިލާ ޖަހާލަތުގެއަދިރިކަމަށް ވައްޓާލުމަށް މާޒީގައިފަރަންޖީބޮޑެތިބާރުތަކުން އެކިސިފަސިފާގައި މަސައްކަތްކޮށްފައިވޭނަމަވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެތެރެއިން އިސްލާމްދީނާ ، ގައުމާ،ގައުމުގެރަށްޔިތުންނަށްޓަކާލޯބިވާބޭފުޅުން އެބޭފުޅުންގެލެޔާ،ފުރާނައިން ގުރުބާންވެލައްވައިގެން މިއަދާހަމައަށްދިވެހިންނަށް ﷲ މިންވަރުކުރައްވާފައިވާ މިނަސީބު އެމެރިކާފަދަ ޔަހޫދީންނަށް ހިތްވަރުދޭ މުސްލިމުން ނައްތާލުމަށް ިހތްވަރުދޭ ގައުމަކުން އެދޭގޮތަށް ނުކުރައްވާތި މިހާރު ކަންތައްވަމުންދާގޮތުންނާ ވެރިކަމުގަތިއްބެވިބޭފުޅުން މަގާމުގެ
    ދަހިވެތިކަމުގަ އިސްލާމްދީނުގެ އަދުއްވުންބުނާގޮތް ނުހައްދަވާނެކަމަށް ހީކުރަން ހައްދަވާނަމަ އަލިރަސްގެފާނާއި މުހައްމަދު ތަކުރުފާނުމަތިން ހަނދުމަފުޅު ކުރައްވާ އެމެރިކާއާ،ހުޅަގުގެ
    ބާރުތަކުން ފާޑުކީނަމަވެސް އިސްލާމްދީންއެއީ ﷲ ބާވާލެއްވިދީން އެހެންދީނެއްނުވޭ ވީމާ، އިސްލާދީންފިޔަވައި އެހެންދީންތަކުގެ މިނިވަންކަން އޮންނަންޖެހޭނެތޯމިއީ ސުވާލެއްވެސްއުފެދެންވީ ކަމެއްނޫން ދިވެހިގައުމުގެ މިނިވަންކަމާ ގައުމުގެނާޒުކުކަމުންވެސް
    މިގައުމު މިއަދާހަމައަށް ﷲ ރައްކާތެރި ކުރައްވާފައިވަނީ ދިވެހިންނަކީ އެއްދީނުގެ ބަޔަކަށް
    ވެފައި ދިވެހިންގެ އެއްބައިވަންތަކަމުން ފާޑުކިޔަންވީ އިސްލާމީސަގާފަތާގުޅޭގޮތަކުންނޫން
    ފާޑުކިޔަންވީ އިސްލާމީޝަރީއަތަކަށްނޫން އެކަންކަމަކީ ﷲ އަންގަވާފިވާގޮތް ވީމާ، އެންމެފުރިހަމަވާނީ އަދި އެންމެއިންސާފުވެރިވާނީވެސް ﷲ އަންގަވާފައިވާގޮތުގަ ފާޑުކިޔަންވީ،
    އިންސާނީ ހައްޤުތަކަށް އަރައިގަންނަނީ ގަދަކަމުން މުސްލިމުންގެބިންތަކަށްވެރިވެގަނެ މުސްލިމުންގެ ގެދޮރަށް ބޮންއަޅާއަންދާ، އެފަދަތަންތަން ސުންނާފަތިކޮށް ކުޑައެއްބޮޑެއް، އަންހެނެއް،ފިރިހެނެއް، ޒުވާނެއް،މުސްކުޅިއެއް، ނުކުޅެދޭމީހެއްނުބަލާ މަރަމުންދާ ފަރާތަށް
    މިފަދަފަރާތްތައް ހިމާޔަށްކޮށް ކުރާކަންތަކަށް ހިތްވަރުދީ އެހީތެރިވެ ދެން އެހެންފަރާތަކަށް
    ފާޑުކިއޭނެތޯ؟

    5
    1
  42. ނުފެނޭތާ

    މިގައުމުގައި އެހެން ދީންތަކަށް ފުރުސަތުނުދީ އޮއްވާ ހިނގާ މައްސަލަތަކަށްވުރެ އެތައް ހާސްގުނައެއް ގިނަ، ދީނީ މިނިވަންކަން ދީފަ އޮންނަ ގައުމުތަކުގައި ހިނގާ އެކި ދީން އޮވެގެން ހިނގާ މައްސަލަތައް. އެއްޗެކޭ ބުނަންވީމަ ހަމަ ބުނެލަނީ މޮޅު ބަހަނާއެއް ހޯދާފަ.

    3
    1
  43. މޮހަނު

    މި ޤައުމު ބޭރުގެ ޔަހޫދީ ޤައުމުތަކަށް އަޅުވެތި ވެފައިވާ މިންވަރަށް ބަލާއިރު ތިޔަ ކަމަކީ ދުރުގައިވާ ކަމެއްނޫން

  44. މަހޭޝް

    އަވަސްކުރޭ، ލަސްނުކުރޭ.

    2
    3
  45. ނަސީދު

    މިފެށެނީ މިހާރު ހެޔޮވެރިކަން

  46. Anonymous

    ދިވހި ރާއްޖެއައް އިސްލާމްދީން ނޫން އެހެން ދީނަކައް ފުރުސަތު ސަރުކާރުން ދޭން އުޅުމަކީ އެމީހުންގެ ކަފުނައް އަމިއްލަޔައް ވަނުން ކަމުގއި ނޫނީ ނުވާނެ. ޥިސްނާލާތި.

  47. علي وحيد

    ވިސްނާ ފިކުރު ކޮށްފި މީހަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. 21/6/2019 ވީހުކުރު ދުވަހު ހުކުރު خطبة ގަވެސް ވަނީ މީގެ ކުރިން خطبةގަ ނުކިޔާ ހާސަރުބޮނޑިއެއް ކިޔާފައެވެ. ދިވެހިމުސްލިމުންނާއި،ބޭރުންއައިސް ރާއްޖޭގައި އުޅޭ ބިދޭސީންނައް ރާއްޖޭގައި ހަމަހަމަ فرصة ތަކެއްލިބުމައް އެދި( خطبة ގަ ފާހަގަކޮށް ) دعاء ކޮށްފައެވެ.

  48. ސްޑީޕީ

    ތިއުޅެނީ މިގައުމުގައި ހަަމަނުޖެހުން އުފައްދަން. އަޑީގަ އޮވެގެން ލަންކާ އަށް ދިން ފަދަ ޓެރަރިސްޓް ހަމަލާ ދޭން. އެހެން ނޫނަސް އެމެރިކާ އަކަށް ނޫން އިނގޭނީ.

  49. ??‍♀️?

    ޢަލުގަނގު {^~^} ???????????????????????????????????????????☝???‍♀️????????????????????????????????????????????????????????????????????????????

  50. ބަލާބޮޑު

    ކަލޭމެން ހުރިހާ ދިވެހިން ތީ ބޭރު ފުށުން ދީންވެރިވާ މުނާފިގުން. ދީނޭ ކިޔާފަ ކަލޭމެން އެކަކު އަނެކާއަށްް ކޮށްދެނީކޮން ކަމެއްބާ، ފުރަައްސާރަޔާ، ނެތިމޮށުމާ، ކިބުރުވެރިކަމާ، ގޮތްކުޑަކަން ފިޔަވައި. ކަލޭމެންގެ ހިތްތަކުގެ ކަޅުކަން ފުރަތަމަ ސާފުކުރެވޭތޯ އުޅޭ. ތިމާމެން މީހުންނޭ ކިޔުމުގެކުރިން ތިމާމެންމީ ފުރިހަމަ މުސްލިމުންތޯސުވާލުކޮށްލާ.

  51. Anonymous