ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގު ޞަލީބަށް އަރުވާނެކަމުގެ އިންޒާރު ނާޒިމް ސައްތާރު ދީފިއެވެ. ނާޒިމް ސައްތާރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮއެވެ.

ސިއްދީގު ޞަލީބަށް އަރުވާނެ ކަމުގެ އިންޒާރު ނާޒިމް ދީފައި ވަނީ ޓްވިޓާގައެވެ.

މާލޭގެ ވަށަމަގު (ރިންގުރޯޑް) ގައި ހުންނަ އޮކްސިޖަން ކެފޭ ޢިމާރާތުގައި ހުންނަ ސުވިޑަން ކޮންސިއުލޭޓްގެ ނަންބޯޑްގައި ޞަލީބުޖަހައި ހަރުކޮށްފި ކަމަށާއި، މީ ދިވެހިންނަށް ގޮންޖަހައި، ސަރުކާރުން ހުއްދަ ދީގެން ކުރިކަމެއް ކަމަށް ވިދާޅުވެ ސިއްދީގު ކުރި ޓްވީޓަކަށް ރައްދު ދެމުން ނާޒިމް ބުނީ "ދެން ސުވިޑިންގެ ރަސްގެފާނު އައިސް ކަލޭ ޞަލީބަށް އަރުވާނީ" ކަމަށެވެ.

ސުވިޑަން ކޮންސިއުލޭޓްގެ ނަންބޯޑްގައި ސޮލީބްޖަހައި ހަރުކުރުމަކީ ނަސާރާއިން އަޅުކަން ކުރާ ޗާޗް އެޅުމުގެ ފެށުން ކަމަށް ސިއްދީގު ވިދާޅުވެފައިވެއެވެ.

https://twitter.com/nazimsat/status/1142491461801218049

ސިއްދީގު ޞަލީބަށް އަރުވާނެ ކަމުގެ އިންޒާރު ނާޒިމް ދީފައިވާއިރު މި ސަރުކާރު ވެރިކަމާއި ހަވާލުވިތަނާ އެމްޑީޕީގެ އެކްޓިވިސްޓް ސްމިތު ސިއްދީގަށް މަގުމަތިން ހަމަލާ ދިނުމުން ސްމިތު ހައްޔަރު ކުރިއެވެ. ނަމަވެސް އެމްޑީޕީ އިން ޕްރެޝަރު ކުރަން ފެށުމުން ފުލުހުން ސްމިތު ދޫކޮށްލީއެވެ.

ސިއްދީގަކީ ރައީސް ޞާލިހްގެ ސަރުކާރަށާއި، އެމްޑީޕީއަށް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ز

    ފަރަންޖީންގެ ސުންފާކަން މިރާއްޖެ އަށް ޖެހިއްޖެ ސަލާމަތް ވޭތޯ ދުޢާ ކުރަން ވީ

    188
    4
  2. ނިހާން

    ސިއްދީގު ސޮލިބައް އަރުވަން މާ ލަސްވެސް ވެއްޖެ މިހާރު.

    18
    185
  3. މުހައްމަދު

    ސިއްދީގަކީ އުމަރު ނަސީރު މެންފަދަ ތާކުން ތާކު ނުޖެހޭ އަގަ ތަޅާ މީހެއް ، 7 ފެބުރުއަރީ ގެ ބަޤާވާތް ތަހުޤީޤް ކޮށް ފިޔަވަޅު އަޅައިފިނަމަ ސޮލީބަށްވެސް އަރުވާ ވަރުވުމަކީ އެކަށީގެންވާ ކަމެއް ،

    24
    174
  4. ސދ

    ތިސިއްދީގު މީހާރުވެސް އެލުވަންވީ ތަނެއްގަ

    17
    157
  5. ޢޭސީން

    ޔަހޫދީ ނާޒިމް...

    97
    10
  6. ރުސްދާން

    ބަލަ ސިއްދީގާ. ސްޑަން ސްވިޒްލޭންޑް ޑެންމާކް ޔޫކޭ އޮސްޓްރޭލިޔާ އަދިވެސް އަދިވެސް ދިދަ ތަކުން ސޮލިބް ރަމްޒް ކޮށްދޭ. ދެން އެދިދަ ނަގާފަހުރި ތަންތަނުން އެބާލަން ސިއްދީގު ދުވެބަލަ. ތަނެއްދޮރެއް ނޭގޭ މީހަކު ސިޔާސީވެގެން އުޅޭތީވެ ހިތާމަކުރަން

    18
    81
  7. އަލް ނޫރު

    ޔަހޫދީން ކުޅޭ ބޯޅަ އަކަށް ދިވެހިރާއްޖެ....އަބުރަހާ އާއި ފިރުއައުނު ފަދައިން މިސަރުކާރު ނިމިދާށި....އމނ

    85
    11
  8. ސި

    ސިއްދީގު ކީއްވެބާ ސަލީބު ގެންގުޅޭ ގައުމެއްގާ އުޅެނީ ނާތަހުޒީބު ވިޔަސް ތަންކޮޅެއްބޮޑުވަރު

    14
    72
  9. ސަހަރޯ

    ޚައިރާންވެއަންތަރީސްވާވަރުވޭ. އެއްމުސްލިމަކު އަނެއްމުސްލިމަކު ސޮލީބައް އަރުވާ ނުވަތަ ދަންޖައްސާ ނޫނީ އެނޫންވެސް ކޮންމެވެސް މުސްލިމް މުޖްތަމައެއްގަ އެކެއްއަނެކާ އަށް ކޮންމެވެސްް އަނިޔާވެރިއަމަލެއް ހިންގުމުގެ ވާހަކައިން އިންޒާރުދެމުން މިދާދިއުމަކީ ބިރުހުރިކަމެއް. މިރާއްޖޭގެރައްޔިތުންގެތެރޭގަ އޮތްއަޚްވަންތަކަމާ އުޅުމާއިގުޅުންތައް މިހާދަަށުދަރަޖައަށް ވެއްޓިދާންޖެހޭނެބާ؟ އެންމެ5ލައްކަ މީހުންނުހިމެނޭ މިކުޑައާބާދީމަދު މިގައުމުގެ ރައްޔިތުން މިވަނީ ވަރަށް ބޮޑުހަލާކެއްގެތެރޭގަ

    64
    3
  10. ހަސަން

    ތިމަޝްހޫރު ރިޔަލްމެޑްރިޑް ގެ ބެޖްވެސް ހަމަ ތިހާ ކައިރިން ބަލާބަލަ އޭގެ އެންމެ މަތީ އިނީ ކޯޗެއް ތޯ؟ އެކަމަކު ރާއްޖޭގައި އެ ޖަރޒީ ލައިގެން އުޅޭ ދިވެހިން ތައްވެސް ބައިވަރު ދޯ.

    23
    18
  11. ާއަސޫމް

    އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހުކުމް ތަނފީޒު ކުރާނަމަ ތި ސިއްދީޤު ހުނަނާނީ ސަލީބު ކުރެވިފަ. ކޮއްމެހެން އިނޒާރު ނުދިނަސް ޤުރުއާނުގައި ވަނީ އިންޒާރު އައިސްފަ. ނާޒިމެއްނޫން އެއިންޒާރު ދިނީކީ.

    12
    51
  12. އަދުރޭ

    އަމައްޔާތް! މީނަކަންނޭ ސިއްދީގު ސޮލީބަށް އަރުވަން ހުކުމް ކުރަން އުއްތަމަ ފަނޑިޔާއެއްގެ ގޮތުގަ ސްޕްރީމް ކޯޓްގަ އިންނާނީ. ސްޕްރީމް ކޯޓަށް ވަރަށް ވަދެލާހިތްވޭދޯ؟ ސޮރީ ބްރޯ!

    52
    7
  13. ހަތާ

    ތިމީހަކަށް ސިއްދީޤް ކިޔާތީ ހަމަހައިރާންވޭ. ފަސާދަކުރާ ފާސިދަކަށް ޞިއްދީޤް ކިޔަން ހެޔޮނުވާނެ.

    8
    43
  14. ކަތުރުފަނި

    ސޮލީބެއް ތަނެއްގަ ހުރިއްޔާ އޭތި ފޮޅާސާފުކުރަންވެސް މީހަކު އެއަށް އަރުވަފާނެތާ. އެއީ އިންޒާރަކަށް ވޭތަ.

    4
    34
  15. ޖަމާ

    މިސަރުކާރު އަދި ސަލީބު ވެސް ހަދާނެ. އެހާދަށު ދަރަޖައަށް ގޮސްގެން އުޅޭ ބއެއް. ތިމާމެންގެ ސަރުކާރަށް ފާޑު ކީމަ އެމީހަކު ސަލީބަށް އަރުވަން ބުނުމަކީ ހަޖަމު ނުވާ މައްސަލައެއް.ޔާމީންގެ ސަރުކާރަށް މިމީހުންނަށް ފާޑު ކިޔުމުގެ ފުރުޞަތު ލިބުނު ވަރުން މިމީހުންނަށް ވެރިކަމަށްވެސް އާދެވުނީ. ހަޖަމް ކޮށްބަލަ. މީސްމީހުން ފިކުރާ ވިސްނުމާ ނުކުޅޭ. ކަލޭމެން އުޅު ނުގޮތް ކޮބާ ފާއިތުވި ސަރުކާރަށް ކިތައް އެއްޗެތި ކީ ކިތައް މަރު ބޮލުގައި އެޅުވި ކިތައްވައްކަން ދިން. ތީ ކޮންނާޒިމެއްތަ؟

    44
    3
  16. ގލޅ

    އަޅުގަނޑު ތާއީދުކުރަނީ ސިއްދީގަށެވެ ނާޒިމް
    ސައްތާރާ ކަނޑައެޅިގެން ދެކޮޅުހަދަމެވެ އަދި
    ނާޒިމް ސައްތާރަކީ ނަސީދުގެ ކޮއްކޮއަކަށް
    ވިއަސް ބޮޑުބޭބެއަށްވިއަސް ތިކަހަލައިންޒާރު
    މީހުންނަށް ނުދިނުމަށް ގޮވާލަމެވެ

    45
    4
  17. ކެރޭ އަބްދުﷲ

    ނާޒިމް އަކީ މިޤައުމްގަ ނަސާރާދީން ފަތުރަން އުޅޭ ފަރާތެއް. އެހެންވެ އެހެން އެކިޔަނީ. މިކޮމެންޓް ޖަހާލަދޭތި.

    22
    2
  18. ހަސަދު

    ބައްލަވާ ކުޑަކުދން ހިސާބު ހަދާ އިރު އެއްކުރާ ފާހަކަ އަކަސް ވެސް ބޭނުން ކުރަނީ ސޮލީބު.

    3
    17
  19. ނާހަމަ ތެދެއް

    ސިއްދީގަށް ކާންދޭންވީ ބާގަރ އާ ސޭންޑްވިޗް.

    1
    14
  20. ާޙގެކސވ

    ސިއްދީގު ސޮލިބައް އަރުވަން މާ ލަސްވެސް ވެއްޖެ މިހާރު

    3
    17
  21. ސިއްދީޤް

    ލަފާކުރެވޭ ގޮތުގައި ނާޒިމް ބުނިބަސް ރައްދުވާނީ ހަމަ އޭނަޔަށް

    22
    4
  22. ﷲ އަކްބަރް

    ތިއީ މާބޮޑު މައްސަލައެއްހެން ހިއެއް ނުވޭ؟ ދެން ސިއްދީގު ވެސް ޔަގީން ކޮއްލަބަލަ ސްވިޑްން ގެ ކޮންސިއުލޭޓު ހުންނަ އެހެން ގައުމު ތަކުގައި އެ ކޮންސިއުލޭޓުގެ ބޭރުގަ ޖަހާފަ އިންނަ ބޯޑު އިންނަނީ ހަމަ އެހެންތޯ. އެއީ އަހަރެންނަށް ފެނިފައިވާ ގޮތުގަ ކްރިސްޓިއަން ވަރަށް ގިނަ ގައުމު ތަކުގަ އެމީހުންގެ ދިދަ ތަކުގަ އިނދޭ ކޮންމެސް ގޮތަކަށް ސޮލީބެއް ރަމްޒު ކޮއްފަ.

    3
    4
  23. ލިންލިން

    .. ޤައުމެއްގެ ކޮންސިއުލޭޓިގަ އެތަނެއއގެ ދިދައާ ނިޝާން ހުންނާނެ.. ސިލޯނުގަ ބުޑިސްޓުން އުޅެއޭ ކިޔާފަ ދިވެހި ކޮންސިއުލޭޓުގަ ހުންނަ ދިވެހި ދިދައިއާއި ނިޝާނުން ހަނދުފަޅި އުންޏެއް ނުކުރެވޭނެ.. ސީދާ ފިތުނަ ފަސާދަ އުފައްދާ ބޮޑެއް ތިޔަ ސިއްދީޤަކީ

    2
    4
  24. ބަކުރުބެ

    ޞިއްދީގޫ ކާބަފައިން ވާއަޅާއިރު އުޅިއަނބުރަން ގެންގުޅޭ ކާލި ޞަލީބަކާ މާވައްތަރެވެ އެހެން ވީމާ ތިޔަ ސްވިޑުންއަކަށް ވުރެ އަހަރެމެންގެ ކާބައިން އުޅެނީ މާކުރީގަތާދޯ އާ އެހެންޏާފަހެ ހުރަސްވާގޮތަށް ގަހެއްގަ ގޮތްޕެއްއިނަސް ސިއްދީގަށް ހީވާނެ އެއީޞަލީބެކޭ ހިސާބަށް ވުރެ ގަމާރިއްޔާވެސް ކަމެކެވެ

    2
    5
  25. ހަމަޖެހޭ ބޭބެ

    ސިއްދީގާ ކަލޭއަނމަޑުންލާން ހުރެބަ ހާދަހާ ފުޅަލޭދޯ ކަލޭގެ އަގަ ހެއްދެވި ފަރާތް ހަދުމަކޮއްބަލަ ކިހިނެއްވެންތަ ތިތެޅެވަނީ؟

  26. ކިއްކިއް

    ޙައްހާ!!! ލޮލް. މަރުގެއިންޒާރެއް ނޫންތަ އެއީ ؟؟ އޭ އޭނަ މުޖްތަމައުގަ ހަމަނުޖެހުން އުފައްދާ ހޭޓް އިސްޕީޗު ލިޔާ ކަމަކަށް ނުވިދޯ...