ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ތާޒާ ފަރުމަހުގެ ވިޔަފާރި ފުޅާކޮށްފިއެވެ.

މިފްކޯގެ މަސް ފިހާރައިން ތާޒާ ފަރު މަސް ވިއްކުން މިހާރު ފުޅާކުރިއިރު މިފްކޯއިން ބުނީ އާއްމުކޮށް ތާޒާ ފަރުމަހެއް މާލެއިން ހޯދަން ދަތިވާކަމަށާއި މިއީ ތާޒާ މަސް ހޯދަން ބޭނުންވާ އެންމެނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

"މިފްކޯއިން މަސް ގެންނަނީ ރާއްޖޭގެ އެކި ހިސާބުތަކުން ފިނިހޫނު މިން އެއް ވަރެއްގައި ބަހައްޓައިގެން ރާއްޖޭގެ އެކި ހިސާބުތަކުން މަސް މި ގެންނަނީ " އެކުފުނިން މައުލޫމާތު ދެއެވެ.

ފަރު މަސް ކިލޯއެއް މިފްކޯގެ މަސް ފިހާރަ އިން ވިއްކަނީ 65ރ. އަށެވެ.

މިފްކޯ މަސް ފިހާރަ އިން ފަރުމަހުގެ އިތުރުން ކަނޑު މަހާއި ދަޅު މަސް ވެސް ވިއްކާއިރު މިފްކޯއިން އިތުރަށް ބުނީ މިއަދު ބާނާ މަސް މާދަމާ މިފްކޯގެ ފިހާރަ އިން ލިބެން ހުންނާނެ ކަމަށާއި ކުންފުނީގެ މަސް ފިހާރަ އިން ފަރު މަހުގެ ގިނަ ބާވަތް ތަކެއް ލިބެން ހުރުމަކީ ބާބެކިއު ހަދާ މީހުންނަށް ވެސް ލިބޭނެ ފަސޭހައެއް ކަމަށެވެ.

މިފްކޯއިން ދާދި ފަހުން ވަނީ ޑައިމެންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ރާއްޖޭގެ މާކެޓަށް ނެރެފައެވެ.

މިފްކޯއިން ދަނީ އެކުންފުނީގެ އެފެއްދުންތަކަށް އާ މާކެޓްތައް ހޯދައި މަހުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ މަހުގެ އުފެއްދުންތަކާއި ގުޅޭ އެކްސްޕޯތަކުގައި މިފްކޯއިން ވަނީ ބައިވެރިވެފައެވެ.