ރާއްޖޭގެ ތިން ރަށެއްގެ ބަދަރު ހެނދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީން އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި ބަދަރު ހެދުމަށް ސޮއިކުރެވުނު ތިން ރަށަކީ ނ. ހެބަނދޫ , ސ. މީދޫ , ށ . ނޫމަރާގެ ބަދަރެވެ.

އެގޮތުން ށ ނޫމަރާގެ ބަދަރު ހެނދުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ސާސް އީ ކޮންސްޓަރަކްޝަން ޕަރައިވެޓް ލިމްޓެޑާއި އެވެ. މި މަޝްރޫގެ ޖުމުލަ އަގަކީ 9,990,500 ރުފިޔާއެވެ. ކޮންޓަރެކްޓްގެ މުއްދަތަކީ 365 ދުވަހެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގް އެވެ. އަދި ސާސް އީ ކޮންސްޓަރަކްޝަން ޕަރައިވެޓް ލިމްޓް ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.

މީގެ އިތުރުން ނ ހެނބަދޫގެ ބަދަރު ހެނދުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި އެކުއެވެ. މި މަޝްރޫގެ ޖުމުލަ އަގަކީ 26,629,639 ރުފިޔާއެވެ. ކޮންޓަރެކްޓްގެ މުއްދަތަކީ 300 ދުވަހެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގް އެވެ. އަދި އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހް އެވެ.

މިއަދު ވަނީ ސ.މީދޫގެ ބަދަރު ހެދުމަށް ވެސް އެމްޓީޓީސީއާއި އެކު ސޮއިކޮށްފައެވެ. މި މަޝްރޫގެ ޖުމުލަ އަގަކީ 35,436,107 ރުފިޔާއެވެ. ކޮންޓަރެކްޓްގެ މުއްދަތަކީ 365 ދުވަހެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގް އެވެ. އަދި އެމްޓީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހް އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗިއްލޫ

    ރޮދައިނާ ކޮބާ ސ މަރަދޫފޭދޫގެ ބަނދަރު ކޮންއިރަކުހަދަނީ؟؟؟ ހުދުދުއާއި މީދުއަށް ބޮޑުބަނދަރެއް ހަދާފަވަނިކޮށް އެންމެ މުހިންމުތަން ދޫކޮށްފަ ތިގޮތައްހެދީމަ ބުނެވޭނީ ވޯޓްގެ ނިސްބަތައް ބަލާފަހޭ ބަނދަރު ތިހަދަނީ؟؟؟؟

    2
    1
  2. އެކުވެރިޔާ

    ހުރިހާ ބަނދަކާ ހުރިހާ މަގެއް ހަދަން ދިނީމަ ވެސް އެއްވެސް ޕްރޮޖެކްޓެއް ކުރިޔަކަަށް ނުދޭ. 2 އޭޕްރީލް 2019 ގައި 240 ދުވަހުން ނިންމަން 2.7 ކިލޯ މީޓަރުގެ މަގު ހަދަން ތި އެމް.ޓީ.ސީ.ސީ ކިޔާ މީހުންނާއި ޙަވާލުކުރިއިރު މިއަދު މިއީ ޖޫން 23. މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަކަށް ނުދޭ. ސޮއިކުރީމަ އަދި ނުނިމޭ. ނުފޯރާ ފޮތިން ފޫގަޅަން ނޫޅެބަލަ.

  3. ޢަޒީޒު

    ސާހު ކޮބާހޭ އަޅުގަނޑމެން ރައްޔިތުން ގަތް ހިއްސާ ހަބަރެއް ނުވާތާ ކިހާދުވަހެއްތޯއެވެ.