ވަލު ދޮރާށިން ފަނޑިޔާރުން ވަކި ކުރުން ގާނޫނު ހުއްދަނުކުރާ ކަމަށް، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރި ޚަބަރަކާއި ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ވަލު ދޮރާށިން ފަނޑިޔާރުން ވަކިކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި މަޖިލީހުގެ ނިންމުންވެސް ގާނޫނާއި ހިލާފު ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

"އެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު. އެ ނިންމުމަށް ޖޭއެސްސީ އަމަލު ކުރުމަކީ ވެސް ގާނޫނާ ހިލާފުވުން" މައުމޫން ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލާގައި ހުރިހާ އިދާރާއަކުންވެސް ގާނޫނާއި ހިލާފުވެފައިވާކަމަށާއި، ސުޕްރީމް ކޯޓުން ޖޭއެސްސީގެ މެންޑޭޓާއި ބާރުގެ ތެރެއަށް އަރައިގަތުމަކީ ވެސް އެ ކޯޓުން ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ ބާރު ގާނޫނުން މަޖިލީހަށް އޮތް ނަމަވެސް، މެމްބަރުންނަށް ލިބިފައި ނެތް ބާރެއްގެ ބޭނުން ކުރުމުން އެކަމުގެ ގެއްލުން ވާނީ ހަމައެކަނި އެ މެމްބަރުންނަށް ނޫން ކަމަށެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ޖޭއެސްސީ އިން މާދަމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމާނެ ކަމަށް ބެލެވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަނުވާ ކަަމަށް ޖޭއެސްސީ އިން ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލިސް މެެދުވެރިކޮށް އެބޭފުޅުން މަގާމުން ދުރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބަރުގޮނު

    މި އެބުރެނީ އެކަކު އަބުރާ އުޑިއެއް. ޤާނޫނެއް ހަމައެއް ލަމައަކަށް ބަލާކަށް އެއްބަޔަކުވެސް ނޫޅޭ. ދެކޭމަށް ވެސް އޮތީ އެއްބިސް. މޮޓޯއަކަށް އޮތީ " ޖެހީތި ޖަހާނަމޭ."

    39
    • ޙައްގުބަސް

      މިއަދު މިގައުމު މިޙާލަތައް މިދަނީ މައުމޫނުގެ ސަބަބުން! އޭނާ އަޑީގައި ހުރެގެން މަހުޖަނު ލީޑަރާ ގުޅިގެން ރައިސް ޔާމީންގެ ސަރުކާރު ވައްޓާލަން މަސައްކަތް ފެށި ހިސާބުން! ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާ ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންނަށް ކަޅުފައިސާ ބަހައިގެން ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމުން ޔާމީން ދުރުކުރަން ކުރި ނާތަހްޒީބު ޢަމަލު މިއަދުވެސް ކުށްވެރިކުރަން! ސްޕްރީމް ކޯޓުން ނުބައިވެގެންވާ އަމުރު ނެރުމުގައިވެސް މިދެންނެވި ފަރާތްތަކުގެ ނުފޫޒު އޮތްކަން ދޭހަވާގޮތަށް އެއަމުރު ނެރުނު މީހާ އެވަނީ އަމިއްލައަށް އިޢުތިރާފުވެފަ! އޯޑިއޯ ކްލިޕުން އެކަން އެވަނީ ހާމަވެފަ! އެހެންކަމުން މިގައުމަށް މިވެރިކަމުގައި ދިމާވާ ކޮންމެ ނުބައި ކަމެއްގައި މައުމޫނު ފުރިހަމަ ޒިންމާ ނަގަންޖެހޭނެ!

      19
  2. ވަކީލު

    ޤާނޫނު އަސާސީ ވެއްޖެއެއްނު ތިލަކޮށް ލިޔަން! އާނފަހެ ދެމީހަކަށް އެއް މާނައެއް ނުނެރެވޭ.

    34
  3. Anonymous

    އެ ފަނޑިޔާރުންގެ ޝަރުޠުހަމަވޭތޯ ބަލަންޖެހެނީ އެމީހުން އެކޯޓުގެ މަގާމުތަކުގައިތިބެ އެތައް އަހަރުތަކެއް ފާއިތުވެ މުސްކުޅިވީފަހުންތަ؟؟ އެމްޑީޕީ ސަރުކާރުން ތިޔަ ހިންގަންއުޅޭ ޖަރީމާ ވަރަށްސާފު، އެއީ މިބައިގަނޑުގެ ގައިދީންތައް މިނިވަން ކުރުމަށް ސުޕުރިންކޯޓން އަމުރުނެރި އަލީ ހަމީދާއި މީދޫ ކައްލަބަ އުއްތަމައާއި ދެމީހުންނަށް އަނބުރާ ބޮޑުފަނޑިޔާރުކަމުގެ މަގާމު ދޭންވެންނެވެ. މި ރީނދޫ ބައިގަނޑަށް ވެރިކަންލިބިއްޖެއްޔާ ފުއްދަން ވަޢުދުކޮއްފައިވާ ވަޢުދެކެވެ

    25
  4. ނިޒާމު

    ގާނޫނެއް މިތާ މިހާރު އެބައޮތްތަ ތީ ލާރިނަގާފަ ވޯޓުދިންމީހުންގެ ބަލާ އެމީހުން މިކަމުގަ އިހްމާލުވާނީ މާތްﷲ ދެނެވޮޑިގެންވާނެ އެފައިސާ އަނބި ދަރިންނައް ކާންދިން މީހުން .އެބައި މީހުނައް ގެއްލުމާއި ހަލާކުހުރި..

    19
    1
  5. Anonymous

    މިއީ މިބައިގަނޑު މަކަރާއި ވަގުވޯޓުން ގައުމުގެ ވެރިކަން ފޭރިގެން ގައުމު ހިންގާގޮތަކީ، ގައުމަށް ފައިދާކުރާނެ އެއްވެސް އޮށްޓަރެއްހުރިކަމެއް ނުކުރެވޭ، ރައީސު ޔާމީނުގެ ދައުރުގަ ހިންގަމުންދިޔަ ޕްރަޖަކްޓްތައްވެސް ނުހިންގާ ހުއްޓިފައިވަނީ، ތިމަންނަމެން މުށުތެރޭގައި ބާރުއެބޯތޭ ބަދަލުހިފުމުގެ ރޫހުގައި ބޭނުންބަޔަކަށް ފައިދާދީފަ އިދިކޮޅުބަޔަކަށް އަނިޔާދޭން މަސައްކަތްކުރާތަން ފެނިގެންދަނީ، މިވަރު ޚުދުމުޚުތާރުވެރިކަމެއް ކުރެވޭނީ

    26
    1
  6. ސަންފަ

    ކޮބާ ހުސްނުއްސުއޫދު އޭނާ ކީކޭބާބުނަނީ މިކަމާ މިހާރު ބުނާނެ ކަންނޭގެ އަންނި ހުރިހާ ކަމެއްވެސް ގެންދަނީ ހަމަގަވައިދުން ގާނޫނާ އެއް ގޮތަށް ކަމަށް

    26
  7. ރިޔާސާ

    ކެހިކަނޑުލުގެ ހިތި ފިިލުވޭތޯ ބަލާ! އަނގަ ނުހާވާ ދެން! ކޮބައި ޢައްބާސްއިބްރާހީމާ ނަޞްރީނާ އިބްރާހީމާ އިލްޔާސްއިބްރާހީމާ މައުމޫނާ އޭނަގެ ތިންދަރިން މިހާރު؟ ޚާންދާނުނގައި އޮތް ވެރިކަމެއް އަމިއްލައަތުން ނަގާ އެއްލާލުމަކުން ލިބުނު ރީއްޗެއްނެތްތާގައި ތިމާމެންގެ ޢިއްޒަތާ ޤަދަރުވެސް ގެއްލި ދިޔައީ! ޢަބުދުﷲ ސަޢިދު އެއޮތީ ބުނެފަ ފެބްރުއަރީ 1ގެ އަމުރަކީ ސިޔާ ސީ އަމުރެއްކަމަށާ އެ އަމުރު ނެރުނީ މަޤާމުގައި ދެމިހުރުމަށާ މައުމޫނު ބުނެގެންކަމަށް! އަޅުތަކުންގެ ތަދުބީރުގެމައްޗަށް ތަޤުދީރު ގަދަވެގަންނަތަން އެބަ ފެނޭހެއްޔެވެ؟ ތިމާމެން ކުރި ނުބައި ޢަމަލުގެ ނަތީޖާ ތިމާމެންނާ ބައްދަލުކުރާތަން މި ފެންނަނީ!

    23
  8. ރައްދު

    ވަލުދޮރާށިން ކަންކަންކުރާހިތްވާ މީހާއަށް ވެރިކަން
    ދިނީމާ އެމީހާގެ ކުށެއް ނެތް ދިން މީހުންގެ ކުށް އޮތީ.

    19
  9. ބަރުގޮނު

    މިއީ އެއްވެސް އުޞޫލަކުން ކުރާ ކަމެއްނޫން. މިހާރު އެތިއްބެވި ފަޑިޔާރުންނަކީވެސް ހަމަ ޝަރުޠު ހަމަވާ ބޭފުޅުންތޯ ބައްލަވާފައި މަޤާމް ދެއްވާފައި ތިއްބެވި ބޭފުޅުން. ތަފާތަކީ ޖޭ.އެސް.ސީ ގެ މެމްބަރުންނަށް ބަދަލުއައިސް ތަނުގެ މެޖޯރިޓީ އެމް.ޑީ.ޕީ އަށް ލިބިފައިވާކަން. ޙަޤީޤަތަކީ އެމް.ޑީ.ޕީ އަށް " ކަމުނުދާ " ފަޑިޔާރުން ތިއްބެވުމާ އެކު މެޖޯރިޓީ ގެ ބާރުގައި ކިބަޅިފަރާތުން ދޮރޯއްޓެއް ކަޑައި އެ ދޮރޯށިން ބޭރުކޮއްލަން ބޭނުން ވާކަން. ވަކި ކުރުމުގެ މަސްއަލަ މަޖްލިސަށް ހުށަހެޅުމުން މަޖްލިސް ގެ މެޖޯރިޓީ އާއެކޭ ބުނާނެ. ރިޔާސަތުގައި އިންނަވާނީ ޖޭ.އެސް.ސީ ގެ މެމްބަރު. މިއީ ބޮޑު ރޭވުންގަޑެއް. މެމްބަރު މީކާއީލްމެއް ކެތްލަވާ ނުގަނެގެން މާކުރީއްސުރެ އެއޮށް ގޮވާ ނަގަނީ ސްޕްރީމް ކޯޓް ދޮވެ ސާފު ކުރާނެ ވާހަކަ.

    16
  10. އެއްނު

    ތިހެން އަނގަފުޅާކުރި ހުރިހާ މީހުންގަނޑު މަހީކުރީ މަރުވީ ކަމަށް. ކަލޭ ނޭވާހޮޅިއަށް އެޅިފަ ނަމަވެސް އެބައޮތް ދޯ ދުނިޔޭގަ؟

    11
    2
  11. މަހޭޝް

    ނޫނޭ ކަލޭމެން ކުރަންވީމަ ހުއްދަ ވާނެ.

    14
    1
  12. ރަމީ

    ކޮބައިހޭ މައުމޫނު ަބުދުލްޤައްޔޫމު؟

  13. އިހުސާނާ

    ބަލަގަ މައުމޫނު ހަމީދު ކޮން ވާހަކަ އެއްތަ މި ދައްކަނީކީ! ކޮބާތަ ދެން އެ މީހުން ވަޒީފާއިން ވަކި ކުރެވޭނެ ގޮތަކީ؟ ކިހާ ބޮޑުވެއްޖެ ކަމެއްތަ މީ ދެން އަޅެ ފަހެ؟ ކޮބާތަ ސަބްސްޓަންސް އޯވަރ ފޯމް މަފްހޫމް ގެ މާނަ އަކީ؟ ކިހިނެތް ވެފައި ތިބި ބައެއްތަ މީ އަޅެ ފަހެ!

    3
    7
    • ހައްހައް

      އެމީހުން ވަޒީފާއިން ވަކި ކުރަން ޖެހޭތަ؟ ޖެހެނީ ކަލޭމެން ހިތް ހަމަ ނުޖެހޭ ހުކުމް ކުރާތީތަ؟ އެތަ ގާނޫނު އަސާސީ ހުއްދަ ކުރާ އުސޫލަކީ؟

  14. ފިރުޓޭ

    މައްސަލަ ޖެހިގެން މިހާރު އެ އުޅޭ ފަނޑިޔާރަކީވެސް ގްރޭޑް 7 ގެ ފެންވަރުގެ މީހެކޯ! މުހާމީ ކޯސް ހަދައިގެން ސުޕްރީމް ކޯޓު ގެ ފަނޑިޔާރު ކަން ކުރެވޭތަ؟

  15. ސާބިރު

    ޗާޓުން ބޭރުން ކަންކުރާ މީހާއަށް ވެރިކަން ލިބުނީމާ ވާނީ މިހެން