އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ވިހައިގެން އުޅޭ ކަމަށާއި، އެ ކުއްޖާގެ ބައްޕައަކީވެސް ކުޑަކުއްޖެއް ކަމަށް "ވަގުތު"އަށް މައުލޫމާތު ލިބިއްޖެއެވެ.
އެރަށުގައި ކުޑަކުއްޖަކު ވިހައިގެން އުޅޭކަން އެރަށުގެ ކައުންސިލުން "ވަގުތު" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން އެ ކުއްޖާ ވިހެއީ މީގެ ހަތް ދުވަސް ކުރިންނެވެ.
އެރަށު ކައުންސިލުން މައުލޫމާތުދިންގޮތުގައި، ވިހާފައި ވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ބައްޕައަށް 15 އަހަރު ކަމަށާއި، ކުއްޖާގެ ބައްޕަ އަކީ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުންދާ ކުއްޖެއް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
"ވިހައިގެން ހަމަ ނޯމަލްކޮށް އުޅެނީ، ކުއްޖާގެ ބައްޕަވެސް ދަރިފުޅު ކައިރިއަށްދޭ، ވިހެއި ކުއްޖާއަށް ނަންވެސް ކިޔައިފި." ރަށު ކައުންސިލުން ވިދާޅުވިއެވެ.
ރަށު ކައުންސިލުން ވިދާޅުވީ، އެ މައްސަލަ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކައުންސިލުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ކުއްޖާ ވިހާފައި ވަނީ ރަށު ހޮސްޕިޓަލްގައެވެ.
މި މައްސަަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން 15 އަހަރުގެ ކުއްޖަކު ގޭގައި ވިއްސަން އުޅެނިކޮށް ކުއްޖާ ނިޔާވެފައި ވެއެވެ. އެފަހަރު ކުއްޖާގެ މަންމަ މާލެ ގެނެސް ފަރުވާ ދީފައިވެއެވެ. ނަމަވެސް އެމައްސަލައިގެ ތަޙްޤީޤު މިހާރު އޮތް ހިސާބެއް ސާފެއް ނުވެއެވެ.
ކިހިނެއް ވާނެ ކަމެއްބާ؟
ކޮބާ އެކުދިންގެ މައިންބަފައިން..؟
ޢަޅެ ދެން ކުޑަކުދިންނެއްނޫންތަ ވިހާނީ. 5ކގ ބަރުވެގެނ މި ހުންނަނީ...
ކުޑަކުއްޖަކު ކުޑަކުއްޖަކާއެކު ކުރިކަަމަކުން ކުޑަކުއްޖަކު ލިބިއްޖެ....
އޮޅުވާނުލާ... އޮޅުވާނުލާ......
ކުޑަކުދިންނަކީ ބާލިޣުނުވާކުދިން...
ބާލިޣުވުމުން އެއީ ބޮޑެތިމީހުން......
ފިރިހެން ކުއްޖާ އަށް 16 އަހަރު އަންހެން ކުއްޖާ އަށް 17 އަހަރު
ތީ ކުޑަކުޖެއްނޫން...ކުޑަކުއްޖެއްނަމަ ނުވިހާނެ.
ޖަޒީރާ ރާއްޖޭގަ ވިހާނީ ކިރުތުނބުން ނޫވީއްލޭކުދިން. އެތުއްތު ކުދިންގެ ބަނޑުން ނިކުންނަނީ ބޮޑެތި މީހުން.
ސުބުހާނަﷲ ????
ކުޑަކުދިންނެއް ނުވިހާނެ ޢައިރު މުސްލިމުންގެ ބަސް އަހާއިގެން ކަންކަން ރޭވީމާ ވާނެހައެތި ތިވަނީ . ބާލިޢުވުމުން އެހެރީ ތަސަރަފްފުދި ބޮޑުވެފަ އަޅުގަޑަށް ފެނޭ ކުޑަކުދިންގެ އުމުރު 25 އަހަރު ދަށައް ޖައްސާލަން
ބައެއް ގައުމުތަކުގަ 40. އެމެރިކާގަ ޓެކުސަސްގަ އަންހެން ކުދިން ކައިވެނި ކުރަން ހުއްދަވެ ކައިވެނި ކުރަނީ 16 އަހަރުގަ.
ކުޑަކުދިން ވިހާތަ......
ކޮން ރަށެއް.
އަމާ ބުނީތީ ގެއަށް ބަފާ ބުނީތީ ފަރަށް
ކުޑަ ކުދިންނެއް ނުވިހާނެ ޑިފައިން ކުޑަކުދިން
ކުޑަކުއްޖަކު ވިހައިފިޔޯ އެކުއްޖާގެ ބައްޕަޔަކީ ކުޑަކުއްޖެކޯ އެއާއިލާއަކީ ކުޑަކުޑަ އާއިލާއެކޯ އެހެންކަމުން ކުޑަކުދީން ހިމާޔައްކުތާށޯ
ކޮންމެ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީﷲ ލަސް ނުކޮށް ތައުބާ ވަމާ
އެޖެންޑާ 19.. ތަފާތު ވާނޭ... ހައިރާން ވާކަށް ނުޖެހޭ މިހާރު މިއީ އިންޑިއާގެ އަވަށެކޭ.. ތިޔާ ކަހަލަ ކަން ކަން ހިނގާނެ.....
ދުވަސް ފުރާވިހޭ ވިހޭކަމަށްވާނަމަ ތިކަމެއް ތިހިނގީ އެޖެންޑާ 19 ގެ ކުރިންނެއްނު! އެއްޗެކޭ ކިޔޭތޯ ބަލާތި ކޮންމެހެންވެސް.
ޖަޒީރާ ރާއްޖެއަށް ވެރިކަން ލިބުނީމަ އެކަމުގެ އުފަލުގައި ކުރިކަމެއް ކަމަށް އެކުއްޖާބުނީ
ކުޑަކުދިން ވިހާތަ މިއަދިއާވައްތަރެއް ރީތިކޮއްލަންތޯ ކުޑަކުދިންމިކިޔަނީ
ބާލިޢުވީމާ ކުޑަ ކުއްޖެކޭ ނުކިޔޭނެ.. އުމުރުން ހަނގު ކުއްޖެކޭ ކިޔާ
ދެކުދިންވެސް ވިހާއުމުރަށް އައިމަ ވިހާއުމުރުގެ ބޮޑެތިކުދިނޭ
ކުޑަކުއްޖަކު ވިހެއީއޭ އަނެންކާ 7 އަޖައިބުން 1 އަޖައިބުބާމީ
ބަރާބަރު
މިހާރުވެސް ބައެއް ގައުމު ތަކުގަ 21 އަހަރުން ދަށް އޭ ކުޑަކުދިން.. އަނެއްހެން 25 ނުވަންޏާ އޭ ކުޑަކުދިން އެކަމް ހަގީގަތަކީ 15 އަހަރުން ބޮޑުވޭ! ތީގަ މަޖާ ތަންކޮޅަކީ ދަރިފުޅަށް 60 އަހަރުވާއިރު ބައްޕަ އަށް ވާނީ 75 އެކަމް ދެމީހުން ވެސް ބެލެވޭނީ މުސްކުޅިން ގޮތުގަ... އެއް ކެޓަގަރީ އެއްގަ ކޯޒް އެއްމެ 15 އ ގެ ތަފާތު
ބާލިއުވީމަބޮޑުވީ
އަހުން އަޖައިބުވެފަ މިހުންނަނީ!
ކުޑަކުދިންގެ ސެންޓަރު ތައްގިނަވީމަ ވާގޮތްމީީ!
އުތުރު ރާއްޖޭވެސް' މެދުރާއްޖޭވެސް' ދެކުނު ރާއްޖޭވެސް'
މި، ވިހާކުޑަކުދިން މިވިހަނީވެސް ހާދަހާ ފާސްޓުކޮށޭ!
މިނޫންކަމެއްގެ ވާހަކަ އަޑުނުއިވޭދުވަހެއް އަދި ނުދޭ އުތަ! ރާއްޖޭގަ ވެއްޖެންނު 15އަހަރުން ކައިވަނި ކުރާން ގަރާރެއް ފާސްކުރަން އަބޫސޯލޮހު ހުށަ ހަޅާދޭން!
ކޮންކަހަލަ ގަމާރު ވާހަކައެއްތަ؟ކުޑަކުދީންނަކަށް ކުދީން ނުލިބޭނެ. ތިއީ ދުނިޔޭގައި މިވީތަނަކަށް ހިނގާފައި އޮތް ކަމެއްވެސް ނޫން.ތީ ބާލިޢު ވެފައި ތިބި އަންހެނަކާއި ފިރިހެނެއް.ތިއީ ތި ދެމީހުން ބޭނުން ވެގެން ހޯދި ދަރިއެއް.ކުޑަކުދީންނަކަށް ތިކަހަލަ ކަންތައް ކުރާކަށް ނޭނގޭނެ.ހެހެހެ.ތި އަންހެން އެތި ތި އުޅުނީ ކައިލީ ޖެނާއަށް ވާންވެގެން. މިހާރު ތިއޮތީ އެގޮތަށް މަޝްހޫރު ވެފައެއް ނޫން. ތާހިރެއް ނޫންތަ.ރާއްޖޭގައި ކުޑަކުދީންނޭ މިކިޔާ އުމުރު ބަދަލު ކުރަން ވެއްޖެއެއްނޫންތަ؟
ކިހިނެއް ކޮން ހަމަޔަކުން ބަލާފަ ބައްޕައޭ ކިޔާނީ. މީގެ ޖަވާބު ދީބަލަ.
ޢިންސާނާ ބާލިއުވުމުން ވެސް ވިސްނުންތަރައްޤީ ނުވާކަމަށް ބުނެ ކުޑަކުދިންގެ ގޮތުގައި ކަނޑައެޅުމަކީ ހިނިއަންނަ ވަރު ކަމެއް. ޢެކުދިން ބާލިއުވެ ޖިންސީ އެދުން ވެރިކަން އަންނަން ފެށުމުން ކައިވެނި ނުކުރުވާ ބޭތިއްބުމަކީ ފާފައަށް މަގުފަހިވާނެ ކަންކަން
ކުޑަކުއްޖަކު ނުވިހާނެ ، ކުޑަކުއްޖަކަށް ކަމެއްކޮށްގެން އަންހެނަކު މާބަނޑެއްވެސް ނުވާނެ ، އދ އަންގައިގެން ބޮޑުވާ ޢުމުރު 25 އަހަރަށްވެސް ހެދިދާނެ ، އެކަމަކު 25 އަހަރުނުވާ އެންމެން ކުޑަކުދިންނަށް ވާނެތަ ؟ ބާލިޣުވީމަ ކައިވެނިކުރުމުގެ ޙައްޤު އިސްލާމް ދީނުގައި ވަނީ ދެއްވާފައި ، ކާފަރުން ރުއްސަން އެ ޙައްޤު ނިގުޅައިގަތީމަ ދެން ހިނގާނީ މިފަދަ ހިތާމަވެރި ހާދިސާތައް ، ޒިނޭ ޢާންމުވެ، ރަށްމެދަށް ވިހެއުން ވާނީ އިތުރު
ދެން ޖެންޑަރ މިނިސްޓަރ ބަޔާނެއް ދީ އެ ކުދީން ވިހެއީ މި ސަރުކާރު ބަދުނާމް ކުރަންށޭ....
ކުޑަކުދިން ރާއްޖޭގަ ކިތެންމެ ވަރަކަށް ވެސްވިހާ މިކަން ނޫސްތަކަށާ ބައެއް ރައްޔިތުން ނަށް ނޭންގެނީ އަދި މިކަހަލަ ކަންތައްތަކަށް އެވެސް ފިޔަވަޅެއް ކަމާ ބެހޭ އިދާރާ ތަކަކުން ނާޅާ
ކޮންތަނެއް ކުޑަވެގެ ވިހަނީ ކުޑަކުދިންނެޢް ނުވިހާނެ ބާލިގުވީމަ އެއީ ކުޑަކުއްޖެއް ނޫން
ބޮޑު ކުއްޖަކު ކުޑަ ކުއްޖަކު ވިހައިފި
ތިކަންތައް ބަލަން ކޮމިޝަނަކާއި މަޖިލީހްގެ ކޮމިޓީއެއް އުފައްދަން ވީނުން
ބައްޕަ ނެތް ކުއްޖަކައް ނޫންތަވާނީ.އަދި ގަޓުހުރެގެން ކައުންސިލަރުން ޖަވާބުދާރީ ވެޔޭ އެބަ. ލަދުން ބޯހަލާކު. ރާއްޖޭގައި ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރު އިސްލާމްދީނާ އެއްގޮތައް ބަދަލް ކުރަން ފެނޭ.
ދަރިން ވިހާނީ މައިން، މައިން ވިހާނީ ދަރިން، މައިންނަކީ ބޮޑެތި މީހުން، ދަރިންނަށްވުރެ މައިން ދޮށީވާނެ، އެހެންވެ ދަރިންގެ މައިން ތިބެނީ ހަމަ އެހެންމެ މައިންގެ ދަރިން ތިބެނީ!
މަ ހަމަ އަޖައިބުވޭ ކޮމެންޓްތައް ކިޔާފަ... މި ރާއްޖޭގަ ކޮންމެ ކަމެއްވެސް ސިޔާސީ ކޮށްނުލާ ނުވާނެ... ބަލަ މީ ސަރުކާރުގެ ގައުމެއް ނޫނޭ ދިވެހިރައްޔިތުންގެ ގައުމެކޭ...ފަރުދީ ޒިންމާ ކޮބާ؟ އަހަރުމެންގެ މުސްތަގްބަލު ކުދިންނަކީ، ދެއްވި އަމާނާތެކޭ. ރަނގަޅު ތަރުބިއްޔަތު ދިނުމެއް ނެތްތާ ދީނީ އަގީދާވެސް ބަލިކަށީ. ކޮންމެ ސިޔާސަތެއް ކޮންމެ ސަރުކާރެއް އޮތަސް މަައިންބަފައިންނަށް އެކުދިންނަށް އެ ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން ވިސްނަދެވެން ވާނެ އަހަރުމެންގެ ދީން ރަނގަޅަށް ދަސްކޮށްދެވެން ވާނެ.... ދަރިންނަށް ރަނގަޅު މުޖުތަމައުއެއް ހޯދާދޭން ތިބީ ހަމަ އަހަރުމެން ނޫންތަ؟ ސަރުކާރު ކޮންމެ ކަމެއް ކުރިޔަސް އަހަރެން ގަބޫލުކުރަނީ އެ ފަރުދީޒިންމާ އަދާކޮށް ރަނގަޅު މުޖުތަމައުއެއް އަހަރުމެންނަށް ބިނާ ކުރެވެންވާނޭ.... އެކަމު ކޮންމެ ކަމެއް ވިޔަސް އެ އިރަކު އޮންނަ ސަރުކާރެއްގެ ބޮލަށް ޖެހީމަ ނިމުނީ އެ ފަރުދީ ޒިންމާ އަދާވީ...?
އުމުރުން 15 ވެފައިވާނަމަ ކައިވެނި ކައިވެނި ކުރުމަށް ހުރަސްއެޅުން ދޫކަށްލަން އެބަޖަހެއެވެ
ނިވިހާގޮތް ކޮބާ؟ އިސްތިއުފާދިން ރައީސް ދިޔަތަ ވިހޭތަނަށް. އެބޭފުޅާ ވަރަށްގިނައިން ވަޑައިގަންނަވާ ވާހަކަ ވިދާޅުވީމަ އަހާލި ހަމަ.
ޔާމީނުގެ ވެރިކަމުގަ ހިނގާފަ އޮތްކަމެއްކަން އެނގޭ ދުވަސް ފުރާ ވިހެއީމަ! މިވެރިކަމަށް އަދި 8 މަސް! ދެން އިބޫ އެކޭ ޖަޒީރާއެކޭ މިކިޔަނީ!
އޭ ބުރާންޗާ... އިސްތިއުފާ ދިން ރައީސް ބުނީ އެއްޗިހި އެނގޭތަ..ނުވިހާގޮތް ހަދާށޯ.. އެބޭޅާ ވަރަށް ގިނައިން އެކަހަލަ ކުދިން ވިހާ ތަނަށް ދަމޯ...އަދިވެސް އަނގަ ހާވާތި...ޔާމިނޭ މުންޖޭ ކިޔާގެން
މިއީ އެޖެންޑާ19ރައިގެ ކަމެއްބާ ޖަޒީރާ ރާއްޖޭގައި މިކަހަލަކަންތައް ތަކުރާރުކޮށްހިގިޔަސް ބޮޑުކަމަކަށް ނުވެދާނެ އެއީ ކުޑަކުދިންވީމަ ނަމަވެސް ދިވެހިރާއްޖޭގައި މިކަހަލަކަންތައްހިގުމަކީ ބަލައިގަނެވޭނެ ކަމެއްނޫން އެއީ ކުޑަކުދިން ވިހާނެކަމަށް ނުބެލެވޭތީ ފަރަންޖީންގެ ބަހުންކުޑަކުދިންކަމުގައިބެލިއަސް ކުޑަކުދިންކަމުގައިބަލާކުދިން އިސްލާމްދީނުގައި ނަމާދުކުރުމާ،ރޯދަހިފުމާއަދިވެސް،،،،،،،،، ހަރާންވާދުވަސްވަރެއްއާދޭ ވީމާ، ދީނީގޮތުން މިފަދަ ދުވަސްތަކެއްއަންނަކުދިންކުޑަކުދިންކަމުގައި ބެލޭނީކިހިނެއްތޯ؟ ފަރަންޖީން ކާވެނީގެބޭރުން ނަހަމަގުޅުންހިންގަން ކުޑަކުދިންކަމުގައިގައި ބަލާޢުމުރު ކަނޑައެޅިކަމުގައިވިޔަސް އިސްލާމްދީނަށްނުފެތޭކަމެއް އިންސާނުން އަމިއްލައަށްހަދާ ގާނޫނަކުންހެދޭނެތޯ؟
ހާދަ ކޫލް ޑޭޑް އެކޭދޯ
އަސްލުވެސް! ބޭބީ ދޫކޮށްލާފަ ފިލާކަށް ނޫޅެ. ވަރަށް ރަނގަޅު ބައްޕައެއް!
ކައިވެނިން ބޭނުން ލިބޭކުދިންގެ ބައްޕައެއް ނުތިބޭނެ. އެއަށް ކިޔަނީ ަަރއްމެދު ކުދިން.
އެކުއްޖާގެ ބައްޕައަކީ 60 އަހަރުގެ މުސްކުޅިއަކަށް ވެފަ 9 އަހަރުގެ އަންހެން ކުއްޖެއްނަމަ އޯކޭވީސް
މިކުދިންގެ މައިންބަފައިންވެސް ކުޑަކުދިންނަށްހަދާ ދުނިޔޭގެ އަދަބުން ބޭރުކުރީމަ ޑިމޮކްރަސީ ފުރިހަމަވީ.
ޚަލޭމެނަށް އެއްްޗެއް ސާފުވޭތަ އެންއިރަކުވެސް
ކަމަނާ ކުޑަކުދިން ފޮރުވަނީއޭ ކިޔައި ކުޑަކުދިން ގެ އަބުރާ އިއްޒަތް ގެއްލުވާލަނީ ނުބެލެއެއްނު އިސްތިއުފާދީ މީ ކަންކަން ރައްޔިތުންނަށް އޮޅުވާލުމުގެ މާހިރެއްދޯ
ސާބަސް އެ ކުއްޖާއަށް ތައުބާ ވުމަށް ނަސޭހަތްތެރިވެ ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަންވީމަ ކޮންހާ ވާހަކައެއް
ކަލޯމެނޭ! ބޭރު ކަރަ ކަރާގަވެސް ކާވެނި ކުރަނީ 2 ދަރި ނޫނީ 3 ދަރި ލިބޭފަހުންނޭ، އަދި ކިރިޔާ މަމެންގެ ރާއްޖެ ތަރަށްޤީ މިވަނީ. ޢަހުން ހިތަށް އަރަނީ ....ކޮޔާމެނޭ މިއޮތީވާ ޖަޒީރާ ރާއްޖެ އެއް ދޯ.......
ގަސްގަހުގައި މޭވާ އަޅާނެތޯ އެ،ގަސް ނުފޯދެނީސް.؟ހަމައެފަދައިން އަންހެނަކު ވިހާނެތޯ އެ،މީހަކު ބޮޑުނުވަނީސް؟
ހަގީގަތުގައި ތިޔަގާނޫނަކީ ރަނގަޅު ގާނޫނެއްނޫން.
ރުހުނަސް ނުރުހުނަސް ފަނަރައެއް ސޯޅައެއް ސަތާރައެއް ކިޔާނެ ކަމެއްނެތް. ކުޑަކުދިންނެއް ނުވިހާނެ. ޞައްޙަ ކައިވެންޏެއް ނުކޮށް ހުރެ ވިހައިފިއްޔާ އެ ވިހަނީ ރަށްމެދަށް. ކޮށްފައި އެވަނީ ބޮޑުފާފައެއް . ޒިނޭ . ރީތިކުރަން ސަލާމަތް ވާނއ ކޮންމެ ވާހަކައެއް ދެއްކިޔަސް ސިޔާސީ ކުރިޔަސް ވެސް ފޯރާބަޔަކަށް ވާތީ ކުށްވެރި ނުވިޔަސްވެސް ހައްޤު ދެނެވޮޑިގެންވާ ﷲ މޮޅަށް ދެނެވޮޑިގެންވޭ. މިދުނިޔޭގަ ފިލައިން އުޅެވުނަސް ފާފަވެރިން އެއީ ތައުބާ ނުވާހާ ހިނދަކު ފާފަވެރިން. މިދުނިޔޭގަ ޝަޒާ ނުލިބުނަސް ހައްޤު ދުވަސް ގައިމު. ޝަޒާ ލިބޭނެ.
ﷲ އަކުަަްބަރު
ނުފޯދޭ ގަސްގަހުގައި މޭވާ އަޅާތޯ؟
ވީމާ ބޮޑުނުވާ އަންހެނަކު ނުވިހާނެ؟
ބަލަ މިވެރިކަމައް 7 މަސްއޭވީ، ވިހާނީ 9 މަހާއި 10 ދުވަހުން އެހެންވީމާ، މިކަން ކުރިއިރުގަ ވެރިކަމުގަ ހުރީ ޔާގުންޑާ، ދެން ޕީޕީކުދިން މިކިޔާއެއްޗެއް ގެޓުވެބަލަ
އިސްލާމްދީނުގަ އަހެންކުދިން ތަސައްރަފް ފުރެނީ 9 އަހަރުފުރުމުން ފިރިހެންކުދިން ތަސައްރަފު ފުރެނީ 15 އަހަރު ފުރުމުން އިސްލާމް ދީނުގެ އޮންނަ ގޮތާ އިދިކޮޅައް ޤާނޫން ހަދާނީ އިސްލާމް ދީނުގެ ޤާނޫނު ގަބޫލު ނުކުރާމީހުން
އަހަރެން ހީކުރަނީ ފިރިހެން ކުދިން ތަސައްރަފު ފުރެނީ 60ން މަތިވީމަ ކަމަށް
ތިކަހަލަ ބައްޕަ އެއް ދުވަހަކު ނުލިބޭނެ. އެހެން ނޯނިއްޔާ ފިރިހެން ކުއްޖާ ދޫކޮއްލާފާ މަގޭ ދަރިއެއް ނޫނޭ ކިޔާފައި އުޅޭނީ. ތީވާ ފިރިހެނެއް! ސާބަސް
އަދި އެއްފަހަރު ތިކަމާއުޅެން ވީނު
އަސްލު އެދެ ކުދިން ނަށް ސަޕޯޓު ދޭ ނަމަ ދޯ.. ބައްޕަ އެއް ގެ ލޯބި އެ ކުށެއްނެތް ކުޑަ ކުޑަ ދަރިފުޅަށް ލިބެން ޖެހޭނެ.. ކުޑަޔަސް އަހަރެން ބުނާނީ ދަރިފުޅުގެ މަންމަ ވާ ގަދަޔޭ..ބައްޕަ އަށް ވެސް ހަމަ ސާބަސް....
އަހަރެން ހިތްވަރު ދޭ ނަން. ސަޕޯޓު ކުރާނަން..
ލޯބިވާ ހެން
މަ ބުނާނީ އަދި އެއްފަހަރު ތިކަމާއުޅެން
މަންމަ ވަރަށް ގަދަ
ދެން ކައިވެނި ކުރަން އުޅެބަލަ
އުއްމީދު ކުރަން މުސްތަގުބަލުގެ ކައިވެނި ކުރާނެ ކަމަށް
އެހެންތޭ!!
ކުޑަ ޔަސް ބޮޑަސް ދަރި އަމާ ބޮލައް ޖަހާފަފިލި ނަމަ މިހުރިހާ ހާސަރެއް ނުދަމާނެ ދިވެހިންނެއް.
ސާބަސް! ޜިހޫ އެކަސް ތިބެނީ ތެދެއް
ދިވެހީންގެ ވައްތަރު: އެހެން ބަޔަކު ގޯސް ކަމެއްކޮއްފިއްޔާ ތިމާމީހާވަރު އަލިފެއްނެތްކަމުގަ ހެދިގެން އެހެންމީހުންނަށް ހަޖޫ ޖަހާނެ. ނިކަން ތިމާ މީހާގެ ފަތިފުށް ބަލާލަބަލަ. ނޫޅޭނެ ތި ވިޔާނުދާކަން ނުކުރާ އެކަކުވެސް އަންހެނަކުވެސް ފިރިހެނަކުވެސް.
އަސްލުގަވެސް
ކުޑަކުދިން ވިހާތަ