ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ހޯދަން ތިން ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ޝައިމް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާ މިނިސްޓްރީ އިން މިރޭ ވަނީ އެއްބަސްވެފައެވެ. ޖެންޑާ މިނިސްޓްރީ އިން ވިދާޅުވީ ޝައިމް އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ އޭނާ ކުޑަކުދިންގެ ހިޔާ އަށް ގެންދެވުނީ އޭނާގެ އެސެސްމަންޓެއް ހަދަން ކަމަށެވެ.

ޝައިމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ތީނަ ހޯދާނެ ކަމެއްނެތް. ތީ ކުށުގެ ވެށިން ގެނައި އަދިވެސް ކުށްކުރާނެ ބަސްނާހާނެ ކުއްޖެއްގެ ސިފަ އެބަހުރި.

    2
    3
    • ހައްޖަ

      ހަމަ ނުޖެހޭ ތި ދައްކާ ވާހަކަ