ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓައި ގެއްލުނު އުމުރުން 14 އަހަރުގެ ކުއްޖާ ގެއްލުނީ ޖެންޑާ މިނިސްޓްރީގެ އިހުމާލު ކަމަށް އިދިކޮޅު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތުހުމަތުކޮށްފިއެވެ.

ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާ ގެއްލުނު މައްސަލައިގެ ސައްހަ މައުލޫމާތު އޮޅުވާނުލާ ރައްޔިތުންނަށް ހާމަކުރުމަށާއި ކުއްޖާ ގެއްލިގެން ހޯދާތާ ފަސް ދުވަސް ވެފައިވާއިރު އެކުއްޖާއާބެހޭ އެއްވެސް ހަބަރެއް މިހާތަނަށް ލިބިފައިނުވާތީ އެ ޕާޓީން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

"މީޑީއާގެ ވަސީލަތްތަކުން މިކުއްޖާއަކީ ކުޑަކުދިންގެ ހިޔާއިން ގެއްލިގެން އުޅޭ ކުއްޖެއްކަމުގެ ޑޮކިއުމެންޓްތަކެއް ލީކުވެފައިވާއިރު މި ކުއްޖާ ގެއްލިގެން ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށް މައުލޫމާތު ހޯދުމަށް އެދުނުއިރު، އެ ކުއްޖާއަކީ ކޮންތާކު ދިރިއުޅޭ ކޮންގެއެއްގެ ކޮންރަށެއްގެ ކުއްޖެއްކަން ހާމަކޮށްފައެއްނުވެއެވެ. މިކަމުގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާކަން ހާމަވެއެވެ،" ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ޖެންޑާ މިނިސްޓްރީ ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަ ކުރަމުން ބުނެފައި ވަނީ ޕާޓީން ދެކޭ ގޮތުގައި އެފަދަ ކަންކަން ހިނގަމުން މިދަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއްނެތް ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

"ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭކުދިން ފުރިހަމައަށް ބެލެހެއްޓުމާއި، މިކަންކަން އެންމެ ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ޖެންޑާ މިނިސްޓަރީއަށް ކަމަށްވީހިނދު، މި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީއަށް ގާނޫނުން މަތިކޮށްފައިވާ ޒިއްމާއަށްވަނީ އިހުމާލުވެފައެވެ." ޕީއެންސީން ބުންޏެވެ.

ޕީއެންސީއިން ވަނީ މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިޕާޓީން ސަރުކާރަށް ގޮވާލާފައެވެ.

ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ އަކީ ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީ އިން އެއްބަސްވީ އެޚަބަރު މީޑިއާތަކުން ގެނެސްދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޭޑޭ

    ކަމަނާ ވަޒީރުކަމަށް އައީ ތުންފަތުގައި ކުލަޖައްސައިގެން ހިލޭ ފިރިހެނުންނަށް ސަލާން ކުރާކަށްނޫން މިޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރަން ހަމައެއްލަމައެނެތި ކޯޓްތަކާ ކުޅޭ ކަށްނޫން ގެއްލިފައިވާ މީހުންހޯދަން ޤައުމުކައި ހުސްކުރާކަށް ނޫން މިޤައުމުގެ އަރަނި އިތުރުކުރަން ދީން ޙިމާޔަތްކުރަން ކުދިން ބަލަހައްޓަން ރަކީދޫ އިބްތިހާދު މަތިން ހަނދާންކުރާށެވެ. އެކުއްޖާ މަރުވަންދެންހުރީ ހިރުވާތަން ކަހާވެސްނުލައި ސަހަރޯ މިޤައުމު ހަލާކުވެއްޖެ ..... މި މީހުންނަށް ކާކުބާ ވޯޓްދިނީ އަންދާލި ވޯޓްތަކާ ޒިންމާވާޖެހޭނެ !

    24
    3
  2. އަލީ

    ނޫނޭ.. ސިދާތާ އެއީ ހަމަ އަލިފެއް.. އޭނަ ނުކުރާނެ ގޯސް އެއްވެސް ކަމެއް.... ތިއީ މާކުރީގެ ކަމެއް... އޭނަގެ މިނިސްޓަރު ކަމުގެ ހުރިހާ ކަމެއް ބަރާބަރު. އިބްތިހާލުވެސް މަރުވީ އަމިއްލައަށް... އޭނަގެ ކަމެއް ނޫން އެއީ... މަގާމުގެ ދަހިވެތިކަމުގަ މިސަރުކާރުން ކުރާ ހުރިހާ ގޯސް ކަމެއް ފޮރުވަން ހުރި ބތއެއް

    25
    2
  3. ށަލާމް

    ޢަބްދުއްރަހީމް ޖުވެނައިލް ކޯޓަށްގޮސް ރެކޯޑް ބަލާބަލަ. ޚުޑަކުދިންގެ ހޮޔާގެ ރެކޯޑް ބަލާބަލަ ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ހިޔާިން ކިތައް އަންހެން ކުދީން ކިތައްފަހަރު ފިލައިގެން ދިޔަތޯ؟ . ޙިތުން މީ އިދިކޮޅު ލީޑަރޯ.މުޅި ގައުމު ދަވާލައިގެން އަތުގަ އަނގޮޓިއާ ކަންފަތު މުދީލައިގެން ހުޅުމާލޭން 12 ގޯތި ނަގައިގެން މިތެޅެނީ.

    3
    12
  4. އަލީ

    ދެން ބުނޭ މިސަރުކާރުގެ ގަދަ ކަމަކީ އެމީހުންނަށް ބަރާބަރަށް އެހީތެރިވާކަމޭ... އަދި ބައްޕަވެސް ހާމަ ކުރިކަމޭ...ފައްކާ ބުރާންތިތަކެއް

    6
    1
  5. ޔަގީން

    ނޫސްވެރިޔާގެއްލިގެންކަންބޮޑުވިބާ

    2
    3
  6. ގައްބެ

    "ށަލާމް" އަށް ނޭގޭދޯ ވަގު ސަރުކާރު އައީ އެކަންކަން ހުއްޓުވަން ވަޢުދުގެމައްޗަށް ވަޢުދުވެގެންކަންވެސް؟؟؟ ކުރިން ހިނގާފައިވަ ވާހަކަ ނުދައްކާ

  7. އާމިނަތު

    ތުންފަތާ އަނގަޔާ ނޭފަތުގަ ކުލަޖެއްސެއްޖިއްޔާ މީނަޔަށް ހޮޔޮ ބޮޑު ފަތަރާސީ އަނގަޔެއް ހުޅުވާގެން ހުރޭ އެނިމުނީ

    8
    1
  8. ސަފީގް

    ގޫތްދާތާ ޔިޔައޮތީ ފެއިލްވެފަ

  9. މޯދީ

    އަށްޗީޑި

  10. ާަާމަ

    އަދިވެސް ނުބެލުނަސް މީހުންގެ ކިރުބޯ ކުދިދަރިންވެސް ގަދަކަމުން އަތުލައިގެންވެސް އެގެންނަނީނު...

  11. ގޮޑި

    ކަޅޭމެންނަކަށް ތީވާވަރުގެ ކަމެއްނޫން ތިދެއިމާރާތުގައިވެސް ދޮރުޅައްޕާޅާފަ ތިތާތިބިކުދިން އާއިޅާޔާ ހަވާޅުކޮއްފަ ކޮމްމެމަހަކު ދީބަޅަ 5000ރ ތިކުދިން މާރަންގަޅަޔަށް ބެޅޭނެ ތިތާތިބެގެން ތިދޮރަކުން ނުކުމެގެނެއްނުދާނެ މުޖުތަމަޔަށް ފައިދާވާގޮތަށް އެމްމެ ކުއްޖެއްވެސް މީހަގީގަތް 15 އަހަރުވެފަ އެބަތިބި އަޅިފުބާ ވަކިކުރަން ނޭގޭކުދިން މީހަގީގަތް ކުޑަކުދިންގެ ހިޔާއްދަނީ މުސާރަހޯދަން ކުފިންބަޅާކައްނޫން ރޯދަމަހު ޤުރުއާން މުބާރާތަށް ތައިޔާރު ކޮއްދޭން ފޮނުވާ ސިފެންގެ ބޭފުޅުންނަށް ވެސްއެގިޅައްވާނެ އެތާއުޅޭމުވައްޒިފުންގެ ދޯދިޔާކަން ފުރަމަ 3 ވަކައްދުވަހު ވަރަށް ގޮއިތްދައްކާނެ ދެން ނިމްނީ ދެން އެބޭފުޅުންނާއިވެސް އަޅާނުޅާނެ މީހަގީގައިތް ތިބޭފުޅުން މިހަގީގައިތް ހޯދާ އަދި ޖެންޑާމިނިސޓްރީން ބަޔަކު އަންކަން އެގުމުން ވަރަށްގޮއިތް ދައްކާނެ

  12. ގޮޑި

    ތިބޭފުޅުން ވެސް ތި ދެއިމާރާތަށް ދާއިރު އެއްވެސް މީހަކަށް ނައަންގާ ދުރުވެބާ ބޮޑުމަންޒަރު ފެންނާނެ ގިނަވަގުތުވާނީ ފުޅޯދައްތަމެން ނުތިބޭވަގުތު އެކުދިން ގިނަވާނީ އެކަނި ތިބޭވަގުތު މީހަގީގައިތް މިކަންކަން ހޯދާން މަސެއްކަށްކުރޭ މީހަގީގައިތް