1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މިހާރު ދިރިއުޅެމުން ދަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 19 ދިވެހިން ޝަހީދުކޮށްލި ނިރުބަވެރިޔާ ފިލައިގެން އުޅެނީ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސްއެއް ނެރެފައިވާ ކަން އުމަރު ފާހަގަ ކުރެއްވިއެވެ. އަދި ލުތުފީ ހައްޔަރު ކުރެވިދާނެ ފަދަ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ދިހަހާސް އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ކުރީ ސަރުކާރުން ހުށަހަޅާފައިވާ ކަން ވެސް އުމަރު ފާހަގަކުރައްވާފައި ވެއެވެ.

ލުތުފީ މިހާރު ދިރިއުޅެމުން އަންނަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ކަމަށް އުމަރު ވިދާޅުވި ވިދާޅުވުމަކީ ހަޤީޤަތެއް އެކުލެވިގެންވާ ވާހަކަފުޅެއް ކަމެއް އަދި "ވަގުތު" އަށް ކަށަވަރެއް ނުކުރެވެއެވެ. ނަަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަކީ މީހުން ދިރިއުޅެވޭ ގޮތައް ދެ އެޕާޓްމަންޓް ވެސް ހުންނަ އިމާރާތެކެވެ.

ބޭސްފަރުވާ އަށް ކަަމަށް ބުނެ ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ލުތުފީ ރާއްޖެ އަންނަ ބޭނުންވާ ކަމަށް ބުނެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ފޮނުވާފައި ވާކަމަށް ބުނާ ސިޓީއެއް ދާދިފަހުން އާއްމުވެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ނަޝީދުގެ ސަރުކާރަށް ފަހު ޖެހިޖެހިގެން އައި ދެ ސަރުކާރު ގައި އޭނާ ރާއްޖެ ނައިސް ހުރީ "ސަރުކާރު އަނިޔާވެރިކަމުން" ނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ޏަމްޏަމް

    ވަރައް ރީއްޗެއްނުން ކަލޭ ތީ އެއްގޮތަކަސް އަނިޔާ ކުރިމީހެއްނޫން 19 ދިވެހިން ސަހީދުކޮލި ބޮޑު ގާތިލެއް

    104
    • ރީލޯޑު ވަޒީރު

      މި ސަރުކާރުގެ ގައްޑާ ކަމަކީ 19 ދިވެހިން ޝަހީދު ކޮށްލި ޓެރަރިސްޓަކު ދިވެހި ދައުލަތުން ޚަރަދު ކޮށްގެން ދިވެހި އެމްބަސީގެ މެހްމާންދާރީގަ އުޅެމުން ދާތާ ދެމަސްވީ ފަހުން އާންމުންނަށް އެކަން އެނގި އެވާހަކަ ދައްކަން ފެށީމަ ފުލުހުން ހައްޔަރު ކުރީ ކަމަށް ބުނުން. ހެހެހެހެހެކަކަކަކަކަކ

  2. ސިރިސޭނާ

    19 ދިވެހިން ޝަހީދު ކޮއްލި މީހާއަށް މިސަރުކާރު ރަގަޅު ވާނެ ހަމަ ހިނި އަންނަނީ

    103
    • ތާޅަފިލި

      ބްރޯ އެއީ އަނނިގެ ބޮޑުބޭބެ. ދެން ވިސްނާ

      13
      3
  3. ހުސެން

    ބޭސްފަރުވާ އަށް ކަަމަށް ބުނެ ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.
    އެ ސިޓީގައި ބުނެފައިވާ ގޮތުގައި ނަޝީދުގެ ސަރުކާރަށް ފަހު ޖެހިޖެހިގެން އައި ދެ ސަރުކާރު ގައި އޭނާ ރާއްޖެ ނައިސް ހުރީ "ސަރުކާރު އަނިޔާވެރިކަމުން" ނެވެ

    މި ދެ ވާހަކަ އެއްކޮށްލީމާ މިކަން ވަރަށް ރަނގަޅަށް ސާފުވާނެ،އެހެންވީމާ 88 ގެ ޓެރަރިސްޓު ހަމަލާ މިހާވަރުން ހުލާސާ ވާނެ،

    99
    3
    • ????

      މިމީހާގަޑު 19ދިވެހިން ބަޑިޖަހާމެރިއިރު އެއީ އަނިޔާވެރިއެއްނޫންތަ؟ އެތައްކުދިނެއް ޔަތީމުންނަށްވެ އެތައް އަންހެނުން ހުވަފަތްކުރި ބޮޑު މުޖުތިމެެއް. ތިމީހާ ހަމަ ދަންޖައްސަންވީ. މަރުގެ ހިތިރަހަ ވަރަށް ހިތިކޮށް ﷲ އިރާދަކުރެއްވއްޔާ ދައްކަވާނެ ހެޔޮކޮންމެ ތަނެއްގަ ފިލާއޮތަސް

      17
  4. އުމަރުގެ އަންހެނުން

    ލުތުފީ އުޅެނީ އުމަރުގެ ސަބުމެރިން ދުއްވަން. އޮޅުވާލަން ނޫޅޭ.

    11
    119
  5. ބޭނުންވިގޮތް

    ތީ ދިވެހިން ބޭނުންވި ގޮތް! 19 ދިވެހިން ޝަހީދު ކޮށްލި ޤާތިލު ރާއްޖޭގެ އެމްބަސީގައި މިހާރުގެ ސަރުކާރުގެ މަދަދާއި އެކު އަދި މިނިވަން ކަމާއި އެކު އުޅުމަކީ ދިވެހިންނަށް މައްސަލައަކަށް ނުވާތީ ދިވެހިން މިސަރުކާރު ގެނެއްސަ މިއޮތީ. އަދި އެވަރު ނުވެގެން މަޖިލީހުގެ މެޖޯރިޓީ ވެސް ދިނީ. ތީކީ އެއްވެސް މައްސަލައެއް ނޫން އުމަރާ!! ތީ ހަމަ ދިވެހިން ބޭނުންވި ގޮތް..!!

    63
    3
  6. ބުމަރު

    މިހާރުދެން އުމަރުގެބަލާ މާ ބޮޑުވަނީދޯ....! ކޮންމެ ފަސާދައަކަށްވެސް އަގެއްދައްކަންޖެހޭނެއެވެ.

    9
    123
  7. ޒާ

    އަނިޔާގެ ވާހަކަ ދައްކަން މީ ހާދަ ލަދުހަޔާތްވެސް ކުޑަ މުޖުރިމެކެވެ.

    55
    7
  8. ޖިންނި

    ތީ އެ ޖާޖިލު އަންނި ކުރުވާ ކަންތައް އެމް ޑ ޕ ސަޕޯޓަރުންނަށް އޯކޭ ވާނެ 19 ކީއްކުރަން 1900 މަރާފަ ހުރި މީހަކަށް ވިޔަސް އަންނި ބުނެފިއްޔާ ހަމަ ޢުމަރު ބުން ޢަބްދުލް ޢަޒީޒް ފަދަ މީހަކަށް ވާނެ

    52
    3
    • ޝީޝާ

      ބަލަ އެކަމުގަ މިހާރުގެ ރައީސްގެ ބަފައިބެ އަދި އަންނިގެ ޅިޔަނަށްވެސް ވަނީ އަދަބުލިބިފަ އެހެން ވީމާ ދެން ވިސްނާލާ

  9. ޖަހާންގީރު

    ބުމަރާ ކަލެއާއި ކަލޭގެ ޖެޒުއިޓް އެލެކްސް ގެ ބލ ބޮޑީ އެނގިއްޖެތަ

    9
    56
  10. ގަބޭ

    މީ%100 ހަގީގަތެއް ލަނކާގަ ކާފިއުހިންގީއްްސުރެ ލުތްފީހުންނަނީ ދިވެހިއެންބަސީގަ އިންޓަޕޯޅް ރެޑްނޯޓިސް އޮއްނަމީހަކައްވާތީ ލަނކާފުލުހުން ލުޓުފީހައްޔަރު ކޮއްފާނެކަމުގެ ބިރައް

    49
    3
  11. ހަރުގަނޑޭ

    ހެންވޭރު ދޮންޖޭމު ގެގައޭ ބުނާތީ އެހިން!!

    10
    62
    • ބޮންދު

      ބްރޯ މިހާރު ދޮންޖޭމުގެ ތަޅަލާފަ ހުންނަނީނު، ބޮރު މަސަކަތްހުންނަނީނު.

  12. ކާޅު

    ބަލަ ކަލޭމެންގެ މޮޅު ވެރިކަމުގަ ކީވެތޯ ލުތުފީ
    ނުގެނެވުނީ......... މިޔައް ޖަވާބު ދީބަލަ !

    11
    45
    • ބާޒު

      ތިއައްވުރެ މާ ބޮޑެތި މުޖުރިމުންވެސް ފިލައިގެން އުޅޭ. އޭނަ ފިލަން ފުރުސަތު ދީފައި ދެން ކޮން ވާހަކައެއް؟ އަދި އެންބަސީގައި ފޮރުވައިގެން ގެންގުޅޭ ވާހަކަ މީހަކު ބުނީމަ އެއއް ރައްދުދީ ތި ގޮަވަނީ ކޮން މޮޔައެއް؟

      11
      1
  13. ފިދަނަ

    ލުތުފީ ފިލަންފޮނުވައިދިނީ އެންމެބޮޑު
    ބަލާވެރިކަމުގަ

    44
    2
  14. ބޮކި

    ލުތުފީ މިހާރު ދިރިއުޅެމުން އަންނަނީ ހ. ދޮންޖޭމުގޭގަ !

    9
    52
  15. ޖުލައި އެވެ

    އުމަރުގެ އެކައުންޓް ނަންބަރުވެސް ޓްވީޓުގަ ހިމަނާލިނަމަ ވަގުތުން 10،000 ޓްރާންފަރ ކޮއްލީސް

    6
    28
  16. ނަވާރަ

    19ދިވެހިން ޝަހީދުކުރި ބޮޑުބާޢީއެއް ބަޢާތްވަތްކުރާމީހުން އެނގޭނެކަމައް ހީކުރަން އެއީތެދެއްކަމައްވަންޏާ މިހާރުންމިހާރައްވެސް ޙުކުމްތަންފީޒުކުރުމައްޓަކާ އެކަލޭގެރާއްޖެގެނައުމައްގޮވާލަން

    35
  17. އިބުރަތް

    އަސްލު ހަގީގަތެއް އެނގޭ މީހަކު ނެތް. އޭނަ މިއަދު ފިލައިގެން އުޅުނަސް އަދި އަންނަން އޮތް ދުވަހެއް އެބައޮތް. އެދުވަހުން އޭނަ ފިލާ އޮންނާނެ
    ގެއެއް ރަށެއް ނޯންނާނެ. ކާކު ބައިވެރިވެގެން ކުރި ކަމެއް ކަމެއް ސީދާ އެނގޭ މީހަކު ހުރިހެނެއް ހީނުވޭ. ޔާމީނު ސަރުކާރުން ރަނގަޅު ދޯ އޭނަ ގެންނަން އެހާ އިންސާފުވެރިކަމަށް ލޯބިކުރަންޏާ. ކުރިން އުޅުން މީހުންނަށް ކޮޕީކޮށްގެން ދެންތިބި މީހުންއުޅޭނީ. ކޮންމެ ކަމެއް ސިޔާސީ ކޮށްގެން ވާނެ ފައިދާ އެއް ނޯންނާނެ.

    2
    19
  18. ހުސޭނުބޭ

    ކަލޭމެންނަކަށް އެއްވެސް ކަމެއް ނުވިއެއްނު! ތި ނުލަފާ މީހާ ގެނެސް ނިކަން މަށާ ހަވާލުކޮށްލާބަލަ! އެންމެން ކުރިމަތީގައި އެ ކުރާކަމެއް ކޮށްލަން މާ ގިނަ ވަގުތެއް ނުނަގާނަން! އޭރުން ކަލޭމެން ތިވަރުން ތި މީހާއާ އުޅޭކަންވެސް ނުޖައްސާނަން!

    23
    2
  19. ބަރުގޮނު

    ލުޠުފީ ކޮންމެތާކު ހުއްޓަސް މިހާރު އެއީ ޢަޖާބެއްނޫން. އޭނާ ބޭރަށް ފޮނުވާލަދިން މީހުން އެތިބީ ނަގާކިޔަން. މާދަން ކަންނޭގެ އަޑު އިވޭނީ މަޢާފު ދިން ވާހަކަ.

    39
    1
  20. ކުޑަބަޖަރާ

    ދިހަހާސް އެމެރިކާޑޮލަރު އުމަރަށް ހައްގު ވެއްޖެ.

    26
  21. ނިޒާމު

    އާބިދާވެސް ބުނާނެދޯ މީ ހާދަގަދަސޮރެކޭ އުމުރުން ދިހަ އަހރުގަ ދިޔާއެއްޗަކައް ބޭނުންކުރީ ކޯލާވާތަރޯ..ދެން މިބަގަ ރަނގަޅުވާނެތަ..ސައްތާރުގެ އަޅާލުމެއްނެއްކަން މީގެއިންވެސް ފެންނަނީ..

    18
  22. ޢަބްދުﷲ

    އެމައްސަލާގެ ޙުކުމުގައި ބުނެފައިވާ 101 ރުފިޔާ ސަރުކާރަށް ދެއްކުމަށްފަހު އުޅޭނެތަނެއްގައި އުޅޭށެވެ.

    8
    1
  23. ޤަބުރު ނަސީ

    އޭނަގެ ހުންނަ ފީ ކުކުޅުކަމުން ނުކެރިފަހުރީ. ދޭޝްތުރޯހީ. ލަދެއް ނުގަނޭ

    7
    1
  24. ޖައްރާފު

    ލުތުފީއަކީ މިސަރުކާރުގަ ވަޒީރުންގެ ދަރަޖައިގެ ބޭފުޅެއް ވީމާ މާތް ބަހުން އެމަނިކުފާނާ މުހާތަބު ކުރުމައް އެދެން

    7
    9
  25. ރާނީ

    ސީލައިފް އައްމަޓީކިޔާ ވަގު ކަލޭގެވެސް އެތާގައޮތީ؟؟؟

    11
  26. އަލީީ

    މީ ތެދެއްކަން އިނގިއްޖެ

  27. ...

    ހަހަހަ ރާއްޖެ ނައިސް ހުރީ ސަރުކާރު އަނިޔާވެރި ވީމަޔޯ. ދެން މީނަ މީ ކޯއްޗެކޯ؟ މީނަ ފިރުމާލި ފިރުމާލުމަކުން ތަ 19 ދިވެހިން ޝަހީދު ވެގެން ދިޔައީ؟ ބޯގޯސް

  28. ދދދދދދ

    މިސުރުގެ ފިރުއައުނު ދުނިޔޭގަ ހުރިނަމަ އޭނަ ލަދުން މޫނުގަ ދެއަތް އެޅީސް. އެހެންޏާ ފަހެ އަނިޔާވެރިކަމުންނޯ! މީނަގެ "އޯގާތެރިކަމަށް" ފޮތްތައް ލިޔެވިފަ ހުންނަން އެބަޖެހޭތާ.