އަންހެން އަދި ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި ލީޑިން ޓީޗަރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ

މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ މެދުރާއްޖެތެރޭގެ ރަށެއްގައި މަސައްކަތް ކުރަމުން އަންނަ ލީޑިން ޓީޗަރެކެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ލީޑިންގ ޓީޗަރުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރުމާއި ގުޅިގެން، މިނިސްޓްރީން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ކޯޓު އަމުރެއްގެ ދަށުން ފުލުހުންނެވެ.

ފުލުހުން ވިދާޅުވީ މި މައުލޫމާތު މިމަހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ލިބުމާއި ގުޅިގެން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީ އާއި މައްސަލަ ހިއްސާކުރެވިފައި ވާނެ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަނޫ

    އެޖެންޑާ 19 ފެށުމުގެ ކޮޅުމަތި މިފެންނަނީ

    25
    7
    • ސަނޫރާ

      އެޖެންޑާ19 ފެށިގެން ކުރިއަށް މިދަނީ.

      14
      2
  2. ޢައިޝާ

    ކޮން ރަށެއްގެ މީހެއްބާ؟؟

    14
    1
  3. އަދުރޭ_09

    އެޖެންޑާ 19 ގައި ނޯވޭ ކުޑަކުދިންނާ ބެހުން، ހަލާލެއް ހަރާމެއް ބެލުމެއްނެތި ލިބުނު އެއްޗެއް ބޭނުން ކުރުން، އޮޅިވަޑައިގެން ނޫޅުއްވާ....

    13
    16
  4. ލޮލް

    2 ޓީމަށް ކުޅޭ ގޮލައެއްދޯ؟!

    11
  5. ޭައަކްރަމް

    ތިޔައީ މާކުރިންވެސް ގެންދަން ޖެހޭ މީހެއް
    ޢޭނަ ފަލީހަތް ކޮޢްލުމަށް އުޅޭތާ އެތައް ދުވަހެއް ވެއްޖެ
    ޝުކުރިއްޔާ އެއްބާރުލުން ދެއްވި 2 ޓީޗަރ އެން ފުލުހުން

    17
    1
    • ގަޓެއްހުރިއްޔާ ބުނެބަލަ

      ތިހެން ނުކިޔާ ނަންހާމަ ކޮށްލާ ރަށާއެކީގަ..

  6. މީނާ

    މިހާރު ވ ފަސޭހަވާނެ ހަސަދަ ފިލުވާލަން ހަމަ ރިޕޯޓެއް ކޮށްލާއިރަށް ވީގޮތް ބަލާލުމެއްނެތި އަދަބުދެނީ ތަޙްޤީޤް ކުރުމެއްވެސް ނޯވެ އަބުރު ކަތިލާލަނީ އަބުރުގެ ފައުވާ ކަނޑާލީ އެބޭނުމުގަ ވިއްޔަ

    2
    4
  7. އަމައްޔާއި

    ކާކައްބާ އެގެނީ ރާއްޖޭގަ ކުރީގަ މައްޗަވެރި ކިޔާރަށެއް އޮންނަކަން