އައްޑޫ ސިޓީން އިން ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި، އެއް އަހަރު ތެރޭގައި އިމާރަތްކޮށް ދިރިއުޅެން ނުފަށާނަމަ އެ ގޯތިތައް ނަގަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން މިިގޮތަށް ފާސްކޮށްފައި ވަނީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

އެެ ނިންމުމުގައިވާގޮތުން އައްޑޫގައި ދިިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ފަސް އަހަރުވީއިރު ވެސް ދިރިއުޅެން ނުފަށާ ގޯތިތައް ސާފު ކުރަން 30 ދުވަހުގެ މުހުލަތެއް ދޭނެއެވެ.

އަދި އިން ވަކިކޮށް ވަށާފާރު ރާނާ، އިމާރާތް ކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެ ނިންމުމުގެ ވާ ގޮތުން ހަ މަސް ދުވަސް ތެރޭގައި އިމާރަތްކޮށް ނިންމާ އެގޯތީގައި ދިރިއުޅެން ފަށަން ޖެހެއެވެ.

"އެގޮތަށް އަމަލު ނުކުރައްވާ ފަރާތްތަކުގެ ކިބައިން ގޯތިތައް ވަކި ކުރުމަށް ކައުންސިލުން ވަނީ ފާސްކޮށްފައި". ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އެގޮތަށް ނިންމީ އެ ގޯތި ތަކުގައި މީދަލާއި މަދިރިފަދަ ސުފާސޫފި އުފެދި އެސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫ ވަމުންދާތީ ކަމަށެވެ.

އަދި އެ ގެތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާކަން ފުލުހުންވެސް އަންގާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ބަދަލު ދިނުމުއް ނެތި އެތައް ސަތޭކަ ގޯއްޗެއް އައްޑޫ އިން ދައުލަތަށް ނެގިއެވެ. އެގޯތިތައް ހައްގުވެރިންނާއި ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުޙައްމަދު ލަތީފް

    ކުރާނެ ކަމެއް ނޭގިގެން އުޅޭ ބައެއްތަ.............އަޅެ ދެން ނިކަން ބަލާބަލަ ތީގެން ކިތައް ކައުންސިލަރުންނަށް ތޯ އަމިއްލަ ގެ އެއް އެޅިފަ ހުރީ.....ތިބުނި ސްޕީޑް ގަ ގެ އެޅޭނެ މީހުން މި އަތޮޅުގަ އަތުގެ އިނގިލިތަކުން ގުނޭނެ.............

    42
    4
  2. އަލީ

    ރަގަޅުކަމެއް ، ދިރިނޫޅުނަސް ގޯތީގެ އުމްރާނީ މަސައްކަތް ކުރަންޖެހޭނެ ، ވަށާފާރު ރޭނުންފަދަ ، ގޮޑެއްހެން މިފަދަ ގޯތިތަށް ރައްރަށުގެ މެދުގައި ހުރުމުން ވަރަށް ހަޑި

    23
    31
  3. ސްމާރޓް

    މިފަހަރުގެ އިންތިޙާބުގައި މިހާރުގެ ހުރިހާ ކައުންސިލަރުން ފެއިލްކޮއްލަންވާނެ މިކަމައް ތާއީދުތޯ؟ އެންމެންއެއްކޮއް ހިނގަ މިކަންކެރާއް

    99
    6
  4. އިއްބެ

    ސިޓީކައުން ސިލް ވަނީ ބޮޑުތަނުން ފޭލްވެފަ ފުރަތަމަ ސޯބޭ އިސްތިއުފާދީ ރައިޔަތަކައްދީފަހު ބިމެއްވެސްނުނުނެގޭނެ ތިތަތިބިފަސްމީހުންނަ ރައިޔަތުން އެފުރުސަތެއް ނުދޭ

    41
    1
  5. މޮޔަ ކައުންސެލަރު

    ސިޓީ ކައުންސިލަރުންތައް އެވެރިންގެ އަމިއްލަ ފާއިދާ އަށް ގޯސް ހަދަން ވެގެން.

    39
    1
  6. ޢަހުމަދު

    ވަރަށް ރަންގަޅު ކަމެއް އަވަސްކުރަންވީ 30 އަހަރު 40 އަހަރު ވެފަ ފަޅު ގޯތި ބައިވަރު...

    4
    7
  7. މޫސާ

    އައްޑޫ މޭޔަރަކީ ޖޯކަރެށް

    38
    2
  8. އަލީ

    ރަނގަޅު

    4
    2
  9. މުޙައްމައިދީ

    ކައުންސިލުން އެތަންތަން ހަދަން ލޯނުހޯދައިދެއްވަން ވީނު ކުޑައިންޓުތަސްޓްގަ.! ފުރަތަމަ ސަރުކާރުގަ ދަންނަވައިގެން މިކަމުގެ މަގުފަހިކޮއްދީފަ ދެން މުއްދަތު ކަޑައަޅަންވީ. ކިތަންމެ ވަރަކަށް ގޯތިހަދަންބޭނުންވިޔަސް ނުހެދިގެން ދިރިނޫޅެވެނި.