ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރު ނެރުނު މައްސަލައިގައި ސަސްޕެންޑް ކުރި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ ސަސްޕެންޝަން އުވާލައިފިއެވެ.

މިރޭ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ހާމަކޮށްފައި ވަނީ އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީންއެވެ.

ޒަހީން ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރުތަކެއް ނެރުނު މައްސަލައާ ގުޅިގެން ޖޭއެސްސީން ސަސްޕެންޑް ކުރި މެޖިސްޓްރޭޓް ނިހާންގެ ސަސްޕެންޝަން އުވާލާފައިވާކަމަށެވެ.

"އޭރު ކޮމިޝަނުން އެ ބޭފުޅާ ސަސްޕެންޑް ކުރީ މިކަމާއި ގުޅިގެން ޕޮލިސް ސާވިސް އިން އަޅުގަނޑުމެންނާއި ހިއްސާކުރި މައުލޫމާތާގެ އަލީގައި، އެކަމަށް ބިނާކޮށް، އެކަމާއި ގުޅިގެން ސަސްޕެންޑްކޮށްފައި ހުއްޓާ، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުވާކަމަށް ނިންމާފައި، އެ ނިންމުން ދިވެހި ރާއްޖޭގެ ހައިކޯޓުގައި ވަނީ އެ ފަރާތުން އިސްތިއުނާފުކޮށްފައި، މީގެ ނަތީޖާއަކަށްވީ، އިސްތިއުނާފުގެ މަރުހަލާގައި ނިމިގެން ދިޔައީ އެ މައްސަލަ ނިހާންގެ މައްޗަށް ސާބިތު ނުވާކަމަށް. މި ނިންމެވުމާއެކު އަޅުގަނޑުމެން އިންތިޒާރު ކުރަމުންދިޔައީ ޕީޖީގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރާނެތޯ ނޫންތޯ، އަޅުގަނޑުމެންނަށް ވަނީ ޕީޖީގެ ސްޕްރީމް ކޯޓުގައި މިކަން އިލްތިމާޒް ނުކުރާނެ ކަމަށް ނިންމާ، އެކަމުގެ ސިޓީއެއް ލިބިފައި". ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ، އެއާއި ގުޅިގެން މިއަދު ކޮމިޝަންގެ މަޝްވަރާގެ މަތިން ނިންމީ ނިހާންގެ ސަސްޕެންޝަން އުވާލުމަށް ކަމަށެވެ.

ނަމަވެސް ނިހާންއާ ބެހޭގޮތުން ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ސުލޫކީ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ޒަހީން ފާހަގަކުރެއްވިއެވެ.

އެ މައްސަލާގައި ނިހާންގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާ 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެ ހުކުމް ހައިކޯޓުން ބާތިލްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެލެޒިނީ

    ދީން އުވާލަން ކުރާމަސައްކަތް... ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުނަށް އެމެރިކާގެ ސަރުކާރުން ނަސާރާ ދީން ފެތުރުމާއި ބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ ހަޔަރ ލެވަލްގެ ބޭފުޅަކު ދީނަށް ކެރިގެން ހަޖޫޖަހާނަމަ ހިމާޔަތް ދޭނެކަމަށާއި އެބަޔަކަށް ފުރައްސާރައިގެ ބާވަތަށް ބަލާފައި ބޮޑެތި އަދަދުތަކުން ރިސްވަތުގެ ފައިސާ ލިބޭނެ ސިއްރު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައި... ވވވ ވާހަކަ މިއީ... މިއީ ފަޑިޔާރުގެ ރާބޯ މީހުނަށް ހަލާލު ލޯގޯ ޖަހާދޭނެ ފަނޑޔާރުން ކޯޓުތަކަށް ވައްދަން ކުޅޭގެމުތަކެއް

    26
    1
  2. މޫސާ ނަސީރު / ގއ.މާމެންދޫ

    ޖޭއެސްސީން ބަލަން ޖެހޭނެ ނިހާން އަކީ ގާޒީ ކަމަށް ޝަރުތު ހަމަވާ މީހެއްތޯ.. އެއްވެސް ތަޢުލީމެއް ނެތް މީހެއް.. އިސްލާމީ ޝަރީޢާގެ ސެޓްފިކެޓް ލެވެލްގެ ފެންވަރުވެސް ނެތް މީހެއް.. ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ ބާރުގަ އަދީބު މެދުވެރި ވެގެން ގާޒީ ކަމަށް ވަލު ދޮރާށިން ވައްދާފަ ހުރި މީހެއް.. ޖޭއެސްސީގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވާ.

    20
    1
  3. އައްޑޫސިޓީ

    ދެންކުރަވީކަމަކީ އަލީހަމީދާ އަބުޅޯ ސައީދު ސްޕްރިމްކޯޓައް ވެއްދުން އޭރުން ތޮކަން ފުރިހަމަވާނެ.

    19
    1