ރ.އަތޮޅު އިންނަމާދޫ އިންޖީން ގޭގައި މަސައްކަތް ކުރާ ފެނަކަ ކޯޕަރޭޝަންގެ ހަތަރު މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ.

މުވައްޒަފުން ވަޒީފާ އިން ވަކިކުރީ މިމަހު 20 ވަނަ ދުވަހު އެވެ.

އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ އެރަށު ޖަނަރޭޓަރެއް ހަލާކުވެފައި ވާތީއެވެ. ޖަނަރޭޓަރު ހަލާކުވީ ދުވަހުން ދުވަހަށް މުވައްޒަފުން ކުރަން ޖެހޭ މަސައްކަތް ނުކުރުމުން ކަމަށް ބުނެ ހަތަރު މުވައްޒަފުން ވަޒީފާ އިން ވަކިކުރީ ކަމަށް އެމީހުންނަށް އަންގާފައިވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެވަޒީފާތަކަށް އިންނަމާދޫ އެމްޑީޕީ އެކްޓިވިސްޓުން ވެއްދުމުގެ މަސައްކަތް މިހާރު ފެނަކަ އިން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ މުވައްޒަފުން ވަޒީފާ އިން ވަކިނުކުރާނެ ކަމަށް ވައުދުވެ ވަޑައިގެންނެވުމަށް ފަހު އެވެ. ނަމަވެސް ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ފެނަކައިގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ވެއެވެ.

ވަޒީފާ އިން ވަކިކުރި ގިނަ މުވައްޒަފުންނަކީ ނުވަތަ އެމީހުންގެ އާއިލާ މެންބަރުންނަކީ އިދިކޮޅު ޕީޕީއެމް އަށް ސަޕޯޓް ކުރާ މީހުންނެވެ. އެހެންކަމުން ވަޒީފާ ގެއްލުނު މުވައްޒަފުން ގަބޫލު ކުރާ ގޮތުގައި އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވެލެޒިނީ

    އެބަ ރަގޅުވޭ

    3
    10
  2. ހާއްޕެ

    ކަލޯ އިބޫ ކަލޯއަށް އަޑުއިވޭތަ ނުއިވޭ ދޯ

    26
  3. ޢަބްދުﷲ

    ކަރުބުޑުގައި ހިތިރަހަލާނެ ސަރުކާރެއް

    13
  4. ޏ

    މިސަރުކާރު ކުށްވެރިކުރަމެވެ

    13
    1
  5. ފަތްމިނި

    ކަލޭމެންގެ ފިކުރަށް ތާޢީދު ނުކުރާ މިގައުމުގެ ތިބި ހުރިހާ ރައްޔިތުން ކަނޑުފައްތާލާ، އޭރުން ކަލޭމެން ބޭނުން ކުޅިއެއް ކުޅެވޭނެ، މިކަހަލަ ވެރިކަމަށް ކިޔަނީ ބަލާވެރިކަން.

    17
  6. ޔަގީން

    ފަނާކުރަނިވި ހުރިހާ މީހުން ކަނޑައި ހުސްކުރަންޖެހޭ

    14
  7. އޭދަފުށީ މުހައްމަދު

    ސާބަސް ވަގުތު ނޫހަށް. އަހަރެމެން މިހާރު ބޭނުންވަނީ ވަގުތު ނޫސްކަހަލަ ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް ހާމަ ކުރުމުގައި ޖެހިލުމެއް ނެތި މަސައްކަތް ކުރާ ނޫހެއް.
    ވަގުތު ނޫހަށް އިސްކަން ދެވެނީ އެހެންވެ. ކުރިއަށްވަޑައިގަންނަވާ! ވަގުތު ނޫހުގައި މަސައކަތް ކުރާ ހިތްވަރުގަދަ ޒުވާން ފަހުލަވާނުން ތިޔަ ކުރާ ގައުމީ ޖިހާދަށް އަދިވެސް އެއްފަހަރު ސާބަސްދެން