ސިވިލް ސާވަންޓުންނަށް ހުޅުމާލެ އިން ދޫކުރާ 1000ފްލެޓަށް 2161 މީހަކު ކުރިމަތިލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓަށް މީހުން ކުރިމަތިލާފައި ވަނީ 16 އޮފީހަކުން ކަމަށެވެ.

ދާދިފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އިޝާރާތް ކުރައްވާ މިނިސްޓަރުގެ ޓްވީޓްގައި މިރޭ ވިދާޅުވީ "ބަޣާވާތް ކުރަން އުޅުނަސް ރައީސް ޔާމީން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުން ހުއްޓުމެއް ނެތި ކުރިއަށް" ދާކަމަށެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ސިވިލް ސާވަންޓުންނަށް ފްލެޓް ދޭން ނިންމާފައި ވަނީ ތިން ކެޓަގަރީއަކުންނެވެ. އެއީ، އިދާރީ މުވައްޒަފުންނަށް 300 ފްލެޓާއި ފަންނީ އަދި މެނޭޖީރިއަލް ލެވެލްގެ މުވައްޒަފުންނަށް 300 ފްލެޓާއި ސަޕޯޓް ސާވިސް މުވައްޒަފުންނަށް 400 ފްލެޓެވެ.

ފްލެޓް ދިނުމުގައި އެ މުވައްޒަފަކު މަސައްކަތް ކޮށްފައިވާ މުއްދަތަށާއި ތައުލީމީ މަތީ ސަނަދަށް ގިނަ ޕޮއިންޓް ލިބެ އެވެ. ސަޕޯޓް ސާވިސްގެ މުވައްޒަފެއް ނަމަ ދަރިން ތިބޭ އަދަދަށް ވެސް ބަލަ އެވެ.

ފްލެޓް ދޫކުރާނީ ހަމައެކަނި މާލޭ ސަރަހައްދުގައި ވަޒީފާ އަދާކުރާ ސިވިލް ސާވަންޓުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރޓ

    ދެން ސިވިލްސާރވިސް އޭ ނުކިޔަ މާލެ ސަރަހައްދު މީހުނަށޭ ކިޔާ

    • މަރޭ

      މާލެއިން ދޭންޖެހޭނީ މާލޭ މީހުނަށް.. މާލޭ މީހުނަށް ރަށްރަށުން ބޮޑު ގޯއްޗެއް ނުދޭ ފަޅަށް ބާއްވާކަށް.. ރަށްރަށު މީހުނަށް މާލެއިން ފްލެޓް ދޭކަށް ނުޖެހޭ، ރުޅިއަޔަސް ނަޔަސް

  2. މެގޫ

    ނަމުގަ ސިވިލް ސާވަންޓުންނަށް އަޅާ ފްލެޓް!! ކުރިމަތި ލެވެނީ މާލެ ސަރަހައްދު

    ސާވަންޓުންނަށް!! މާލެ ސަރަހައްދުންވެސް ބައެއް އޮފީސްތަކަށް ކުރިމަތި ނުލެވޭ!!

  3. އިބްރާހީމް

    މާލޭ ސަރަޙައްދު މީހުންނަށް ފަސޭހަވާނެ ހުރިހާގޮތެއް. އަޅުގަނޑަކީ ގާތްގަނޑަކަށް 26 އަހަރު ސަރުކާރަށް ޚިދުމަތްކުރި މީހެއް. ގޯއްޗެއް ލިބުނުތާ 17 އަހަރުވެއްޖެ. ލިބޭ ކުޑަ މުސާރަކޮޅުން ދެކޮޅު ނުޖެހޭތީ މިއުޅެނީ އުޅޭނެ ގެގަނޑެއް ނޭޅިގެން. އެކަމަކު މިފަހަރުވެސް އެލަވަނސް ބޮޑުކުރުއިރު އެންމެ ކުޑަކޮށް ބޮޑުވީ އަޅުގަނޑުމެން ރޭންކުތަކަށް. 6000ރ އިން ކިރިޔާ ކާޑުގެ ބާވަތްތަކާ ކަރަންޓްބިލް ދެއްކެނީ. ރާއްޖެތެރޭގެ ކޯޓުތަކުގައި ފިނިކުރަން އިނދެފައި ރިޓަޔަރ ކުރި މެޖިސްޓްރޭޓަކަށް މުޅި އުމުރަށް 17000ރ ލިބެޔޯ. ކީކޭދެން ބުނާނީ

  4. މޮހޮނު

    ނިކަމެތި ރައްޔިތުންނަށް ނުދީ ސަރުކާރު ވަޒީފާ ތަކުގަ އުޅޭ މީހުންނަށް ބަހަނީ..

  5. ޕުނީޓު

    ދިވެހިންގެ ހިތުގެ ފިނިކަނ ލިބޭނީ އާންމުހާލަތު ރަނގަޅުވެގެން
    ސާބަހޭ