1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގެ އެމްބަސީގައި ފާއިތުވި ދެމަހެއްހާ ދުވަހު ދިރިއުޅެމުން އައީ "ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބޭނެ ފަދަ މަތީ ފެންވަރުގެ ޚިދުމަތްތަކެއް ލިބިގެން" ކަމަށް މައުލޫމާތު އެނގޭ ސަރުކާރުގެ އިސް ބޭފުޅަކު ނަން ހާމަނުކުރަން ޝަރުތުކޮށް "ވަގުތު" އަށް ކަށަވަރު ކޮށްދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރި ބޭފުޅާ ވިދާޅުވީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުންނަ ދެ އެޕާޓްމެންޓަކީ "އެންމެ މަތީ ފެންވަރުގެ ވެރިން ތިއްބެވުމަށް ހާއްސަކޮށް ހުރިހާ ޚިދުމަތަކާއި އެކު ތައްޔާރުކޮށްފައި ހުންނަ އެޕާޓްމެންޓްތަކެއް" ކަމަށެވެ.

"އެއް އެޕާޓްމެންޓަކީ ސަފީރު ހުންނަވާ އެޕާޓްމެންޓް. ދެން ހުންނަ އެޕާޓްމެންޓްގައި ބައެއް ދުވަސްވަރު އެމްބަސީގެ މަތީ މަގާމުތަކުގައި ތިއްބަވާ ވެރިން ވެސް ދިރިއުޅުއްވާ. އެއީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ލަންކާ އަށް ވަޑައިގެންނެވި ނަމަވެސް މަޑުކޮށްލެވޭ ފެންވަރަށް އެންމެ ލަގްޒަރީ ފަރުނީޗަރާއި އެކު ހުންނަ އެޕާޓްމެންޓެއް. އެހެންވީމާ ލުތުފީ އެހުންނަވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެއް ފެންވަރެއްގައި. ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލިބިވަޑައިގަންނަވާ ފަދަ ޚިދުމަތްތައް އޭނާ އަށް ދިވެހި ސަރުކާރުން ފޯރުކޮށްދެމުން އެގެންދަނީ." މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިއެވެ.

ލުތުފީ މެއި މަހުގެ 01 ވަނަ ދުވަހު ލަންކާގެ އެމްބަސީ އަށް ހާޒިރުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. މިހައި ދުވަސްވީއިރު ވެސް އޭނާ ރާއްޖެ ނުގެނެސް ބަހައްޓާފައި ހުރީ ކީއްވެ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވީ އޭނާ ރާއްޖެ ގެނައުމަށް "އިދާރީ މަސައްކަތްތައް" ކުރަމުންދާ ކަމަށެވެ.

ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވިދާޅުވެފައި މިވަނީ އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހޯމަވިލޭރޭ ވިދާޅުވެފައި ވަނިކޮށެވެ.

ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވީ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހު އެވެ. އޭނާ އެނބުރި ރާއްޖެ ނައުމުން އޭނާ ހޯދުމަށް އޭރުގެ ޕެނިޓެންޝަރީ އިން ފުލުހުންގެ އެހީއަށް އެދުނީ ރައީސް ވަހީދުގެ ވެރިކަމުގައި 26 މާޗް 2012 ގައެވެ. ލުތުފީ ހޯދުމަށް ފުލުހުން އެދިގެން އިންޓަޕޯލް އިން ރެޑްނޯޓިސް ވެސް ވަނީ ނެރެފައެވެ.

1988 ވަނަ އަހަރު ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ގޮވައިގެން ރާއްޖެއަށް ހަމަލާ ދިނުމުގެ ހުރިހާ ރޭވުންތަކެއް ރޭވުމުގައި އެންމެ އިސްކޮށް ހުރީ ލުތުފީ އެވެ. ލުތުފީގެ އިތުރުން ހަމަލާ ދިނުމުގައި ދެން އެންމެ އިސްކޮށް ބައިވެރިވީ ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު ފަސް ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު (ބޮޑުސިއްކަ) އަދި ޢުމަރު ޖަމާލެވެ.

މީގެ ތެރެއިން ބޮޑުސިއްކަ އަކީ ރައީސް ޞާލިހްގެ ބަފައިބެއެވެ. އަދި އިތުރު މީހުންގެ ތެރޭގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތައް ފުރި މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ރޮކް2

    ބޮޑުސިއްކަ އަކީ ރައީސް ޞާލިހްގެ ބަފައިބެ ކަމަށް ވަންޏާ ބޮޑު ސިއްކައަކީ ޕޮލިސް ކަމިޝަނަރ އެމްސީ ހަމީދުގެ ވެސް ބަފަްިބެ ނޫންބާ .. އެހެނވީމަ 2 މަސް ވާއިރު ލުތުފީގެ ވާހަކަ ސިއްރުކިރި ސަބަބު އެއޮތީ އެނގެން..

    208
    3
  2. ސަގަރޭ

    ލުތުފީ ދިވެހި އެެމްބަސީގަ ރާއްޖެ ނުގެނެވި ހުުންނަތާ ދެމަސްވީ އޭނަ ގެނައުމުގެ އިދާރީ މަސައްކަތްތައް ފުލުހުން ކުރާތީޔޯ.އަނެއްކާ ޖަޒީރާ ވީވަރުން ލަންކާ އެމްބަސީއިން ފޮނުވާ އީމެއިލްވެސް ފޮނުވަނީ ކަނޑު ބޯޓުންބާ.

    175
    4
  3. ޏ

    ތިޔަބާތަތުގެ ހުރިހާކަމެއް ހިންގުމުގައި އިސްވެ
    ހުންނާނީ ނަސީދެވެ.

    173
    2
  4. ހާނިމް

    މިނާ ފިލާފައިވަނީ ވެސް މިހާރުގެ ސ. ހުޅުދޫ ދާއިރާގެ އެންޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އިބްރާހީމް ޝުކުރީގެ ބެލުމުގެ ދަށުގައި ވަނިކޮށް، މިހުރިހާ ކަމެއް މިގޮތަށް ދިމާވުމުން އޭރުގައި އިބްރާހީމް ޝުކުރީގެ އިހުމާލު އޮތްނާނެ އޭ އެބަ ހިތަށް އަރާ.

    75
  5. ބުއްބުތަލޯ އަންހެނުން

    ކުށެއް ކޮށްގެން ޖަލަށް ދާންވީ، މި މީހުން މިއުޅެނީ ދުނިޔޭގެ އަރާމާ އުފަލުގަ

    92
    2
    • ހުސޭނުބޭ

      އެކަމަކު ކުށެކޭ ކިޔާފައި ރިހާކުރުފުޅިއެއް ވަގަށް ނުނަގާތި! އޭރުން އިދިފުށަށް ހަންދަމާލާނެ! ފަނޑިޔާރަކު ވަގަށްނެދުން ވިހިތިރީސް މިލިއަން ޑޮލަރު ކައިލުން މުޅި ޤައުމުގައި ހުޅުޖެހުން .......... މިކަހަލަ ކުށެއް ކޮށްފިއްޔާ 7 ތަރީ ފެންވަރުގެ މެހްމާންދާރީ ލިބޭނެ! ކޮއްކޯ މަގޭ ބަސް ޤަބޫލުކުރާތި!

      94
  6. މިގޭ

    ޒީރޯ ޓޮލެރަސް ދީފިން

    94
  7. ނާދިރާ

    ރައްޔިތުން ނުކުމުމެ ގައުމު މިނިވަން ކުރަންޖެހޭ

    136
  8. ސޫފި

    އެންބަސީގެ އެޕާޓްމަންޓް މާމަތީ ފެންވަރެއްގަ ހުއްޓޭ ކިޔާފަ ކޮލަންބޯތެރެއިން ދެރަވަރުގެ ޖިފުޓިއަކަށް ނުލެވޭނެ އޭރުން ދިވެހި ފުލުހުންނަކަށް އޭނަގެ މައްޗަށް ބާރެއް ނުހިންގޭނެ. ދެންއޮތީ އެންބަސީގެ ލޮބީތެރޭ ނުވަތަ ބަދިގޭތެރޭ ކުނަލެއް އަޅާފަ ބާއްވައިފިއްޔާ އެތަނުގެ މަސައްކަތަށް ދަތިވެފަ އޮންނާނީ.

    7
    80
    • ހުސޭނުބޭ

      އެއްޗެއް ބޮއިގެންތަ ތިހުރީ! ދިވެހި އެމްބަސީއަށް ދިވެހި ފުލުހުންނަށް ވަދެ އޭނާ ހައްޔަރުކުރެވޭނެ! އެހެން ޤައުމެއްގެ ފުލުހުންނަށް އެތަނަށް ނުވަދެވޭނީ!

      71
    • ދޮންބެ

      ސޫފިސޫފާ ސޫތްޕަކަށް ނޭންގޭނެ އިންސާނުންގެ ތެރޭ އޮންނަންޖެހޭ ހަމަޔާ އިންސާފަކީ ކޮބައިކަމެއް. އޭނަ އެތާ އެ ބަހަށްޓަނީ ސަރުކާރުން ބަލަދުއަރާބީދައިން. އޭނަޖެހޭނީ ވީ އެންމެ އަވަހަކަށް ރާއްޖެ ގެނެސް ޖަލަށްލާން. ނުޖެހޭ އެތާ މުޅި ޢުމުރު ބަހަށްޓާކަށެއް.

  9. ދެރަ

    މިތިބަ ގަމާރުތަކާ ކަމެތްވާހާ ފަހަރަކު ނަސީދުގެ ބޮލަށް ނުޖަހަބަލަ ތިކަމުން އެނގެނީ މިގައުމުގަ އެއީއޭ މީހަކީ

    2
    132
    • ކަލޭ

      ކަލެއަށް ނޭނގުނަސް އެއީ މިގައުމު ހަލާކުގެ ތެރެއަށް އެއްލާލި ބޮޑު ހިޔޅު... ދެން އަތްޖަހާ...

      103
      1
  10. ހާޖަރާގޭ ލުތުފީ

    އެމް.ޑީ.ޕީ އަށް ވެރިކަން ލިބުމުން ރުޅިވެރިކަން އުފައްދާކަމަށްބުނެ ވަގުތު ނޫސް އުވާލަން އުޅުނު ސަބަބުތައް މިދަނީ ސާފްވެ ހާމަވަމުން...ދެން ކީކޭބުނާނީ ...އިސްލާމިކް ޔުނިވާސިޓީ އުވާލަނީ...ދެ ވަގުން މޫނު ބުރުގާ އަޅައިގެން ވައްކަން ކުރަންވަދެ މޫނު އަޅާމީހުންގެ އަގު ވައްޓާލައިފި...ދީނީގޮތުން ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އަޅަމުން މި ސަރުކާރުން މި ދަނީ...ހެޔޮނުވާނެ ރައްޔިތުންނޭ ވިސްނާލަބަލަ....ޔޯގާ އަކީ ކަސްރަތެއްކަމުގައި ބަލައި ހިންދީންގެ އަޅުކަން ކުރުވަން މަޖުބޫރުކޮށްފި. ރީތި ދިވެހިބަސް އޮއްވާ އިންޑިޔާ މީހުން އައިސް މަޖްލިސްގެ އަގުވައްޓާލައިފި..

    103
    1
  11. ާަާމަ

    ލުތުފީއަށް ވީއައިޕީ ފެންވަރުގެ ޚިދުމަތް ދޭނެތާ އެހެންވީމަ. ކޮބާ ހަމައާއި އިންސާފު. ދިވެހިންގެ ލޭއޮހޮރުވި ގާތިލެއްނޫންތަ އެއީ. މައުމޫނު އެމީހުން ނުމަރާ ޖަލަށްލީމަ މިހރންމިވީ.ދެން ތިން އަހަރު ވާއިރަށް މިކަލޭގެވެސް މިނިވަންވާނެ. ކޮބާ މެރިމީހުންގެ ހައްޤު. ކޮބާ އެއާއިލާތަކަށް ލިބުނު ގެއްލުމުގެ ބަދަލު. ?

    98
  12. ހާނިމް

    ލުތުފީ ފިލުވުމުގައި ވެސް އެންމެ އިސްކޮށް އުޅުނީ ސ. ހުޅުދޫ ދާއިރާގެ އަށް އެމްޑީޕީގެ ފަރާތުން އިސްކުރެވުނު ކައުންސިލަރު އިބްރާހީމް ޝުކުރީކަން ފާހަގަ ކުރަން، އޭރު އިބްރާހީމް ޝުކުރީ ހުންނެވީ ދިވެހި ސިފައިންގެ އޮފިސަރެއްގެ މަޤާމުގައި

    68
  13. ވެން

    ތިއުޅެނީ ބާގީ ދޫކޮއްލަން. ބަލަންތިބޭ. މައްސަލަ ހުކުން ރިވިއު ކުރާނެ

    75
  14. ބުއްބުތަލޯ އަންހެނުން

    ކުށެއް ކޮށްގެން ޖަލަށް ދާންވީ. ކުށްވެރިންނަށް ހުރިހާ އުފަލާ އަރާމެށް.

    51
  15. މުހަންމަދު

    ބޮޑު ބާގީގެ ވާހަކަ ދައްކަން ތި ފެށީ ޖަލުތަކުން ކުރާ އަނިޔާ އަޑު ކަޑުވާލަން ވެގެން ތި ބާގީ ތިތާގަ އުޅޭތާ 2 މަހައްވުރެ ގިނަދުވަސް ވަނީ

    71
  16. ނިކަމެތި ރައްޔިތު މީހާ

    ތި އެމްބަސީގަ އުޅޭނެ ޝަ** ކިޔާ ވަރަށް ހަޔާތްކުޑަ އަންހެނެއް.. ވިސާ ހަމަވެގެން ނާދެވިފަ ހުރި ކުއްޖެއް އެހީއަކަށް އެދި ގުޅީމަ ބުނީ ނުވާނެޔޯ.. ލަންކާ އިމިގްރޭޝަން އަށް ދާށޯ ވިސާ އާ ކުރަން، ދެން ދާ މަގުމަތީގަ ހައްޔަރު ކޮށްފާނެޔޯ، ކުރިޔަސް ކުރާނެ ކަމެއް ނެތޯ... އެކަމަކު 19 ދިވެހިން މަރާލާފަ ހުރި ބޮޑު ކުއްވެރިޔަކަށް ހިމާޔަތް ދީގެން މިއިއްޒަތްތެރިން މިއުޅެނީ.. އޭރުވެސް ކަނޑައެޅިގެން އެނގިފަ އޮތީ މިމީހުން ބޭނުންވާ މީހަކު ބޭރުކުރަން އެހީވެދޭކަން.. އަބަދުވެސް ނިކަމެތިންނަށް ނިކަމެތި ގޮތް މި ރާއްޖޭގަ.. މި ކޮމެންޓް ޖަހާ ދޭތި ޕްލީޒް

    88
    1
  17. ބަގުޑި

    ދެ ފުލުހަކު ލަންކާއަށް ތިކަލޭގެޔާ ހަވާލުވާން ފޮނުވީ މީގެ ދެދުވަސް ކުރިން. ހަހަހަހަ ހުސް ދޮގު ފުލުހުންވެސް ސަރުކާރުންވެސް

    81
  18. އަހުމަދު

    އުމަރު ނަސީރު ވަރުގެ މީހެއް ނެތް އެވާހަކަ ހާމަކޮށްލުމުން ސަރުކާރު ޕްރެޝަރަށް ވެއްޓުނީ... ގެއްލުނު ކުއްޖާގެ މައްސަލަ ގެއްލޭ މީހުންނާއި މަރު ކޮމިޝަނުން ނުބަލާތަ ކޮބައިތަ އދ ގެ ހިއުމަން ރައިޓްކޮމިޝަން. ކޮބައިތަ އާރކް ކޮބައިތަ ޓްރާންސް ޕޭރަންސީ. ކޮބައިތަ ހޯމް މިނިސްޓަރ ކުޑަ ކުއްޖަކު ގެއްލިގެން ގައުމުގެ ވެރިން މިސަރުކާރުން ގެއްލޭ މީހުން 24 ގަޑިއިރުން ހޯދެންވާނެ ... ރައީސްގެ ވައުދެއް އެއީ ކޮބައިތަ އެކުއްޖާގެ މައިންބަފައިން ގެ އިންޓަވިޔު ރާއްޖެ ޓީވިން ނުފޮނުވާތަ ޑްރާމާ އެއް މިކަމާ ގުޅޭ... ހުރިހާ ބޮޑެއް ލިބެމުން މިދަނީ އަދާލަތު ޕާޓީގެ މިނިސްޓަރުންނަށް އިމްރާން .... އެންބަސީގައި ސިއްރުން ޚަރަދު ކޮށްގެން ގެންގުޅުނީތީ އެންޓިކަރަޕްޝަން ބޯޑުން ބަލަން ޖެހޭ މިމައްސަލަ

    77
  19. ޓަވަރު

    މި ސަރުކާރު މުޅިންވެސް ގޮވަނީ އަތައް!

    69
  20. ބަހަނާ

    މިއީ ކިހާބޮޑުބަލާއެއްތަ މިގައުމަށްޖެހިފަހުރި ރައްޔިތުންނިކުމެ މިހިނދުން މިހިނދަށް ކެނެރީގެ ގަންޖާބޯ ހިފައި ހައްޔަރުކުރަންވެއްޖެއެއްނޫންތަ އޭނާ އެހިސާބު ހުންނަކަމަށް ވާނަމަ މިގައުމުގެ ޙާލަތު ރަނގަޅުކުރެވޭނެކަމަކަށް ނުފެނޭ

    71
  21. ޤަމަރު

    މިއީ ސިއްކަ ޢާއިލާއިން ރައީސް މައުމޫނު ޤަތުލުރަން ނެރުނު އެކަކު! މިއަދު މައުމޫނުގެ ތާއީދުލިބިގެން ވެރިކަމަށް އަރާ އެތިބީ މައުމޫނު ޤަތުލުކުރުމަށް ހަތިޔާރު އުފުލި މީހުން. މައުމޫނުގެ އަމިއްލަ އެދުން ބޮޑުވުމުގެސބަބަުން ޢަދާވާތްތެރިން އޮޅުނީ! މިއަދު އަލުންވެސް މައުމޫނަށް އެއްޗެއް އެދަނީ ވިސްނެމުން. ހިސާބަށްވުރެ އަމިއްލައެދުން ބޮޑުވެއްޖެނަމަ ދުރުންއަންނަ މީހާޔަށް އެމީހެއްގެ ސިކުނޑި ކައިލުމަކީ ވަރަށް ފަސޭހަކަމެއް! މައުމޫނަށް އެހުރީ ރީތި ލަނޑެއް ދީފަ!

    61
    • ހުސޭނުބޭ

      އެއްޗެއް ވިސްނޭވަރަށްވުރެ ބޮޑަށް ކާފަ ހުރީ ހަންޓޯޓޯވެފައި!

      41
  22. ފާއިޒް

    މިފަދަ ގައްދާރުންނައް ހިމާޔަތް ދޭ މިސަރުކާރު ނިންމަން ރައްޔިތުން ނިކުންނަން ވެއްޖެ ... ކޮންބައެއްބާ އިސްނަގާނި ހެޔޮނުވާނެ

    57
  23. ދިވެހިމީހާ

    އަންނިއަކީ ޓެރަރިސްޓެއް. ޓެރަރިސްޓަކު ޓެރަރިސްޓަކަށް ހިމާޔަތްދިނުމުން ހައިރާންނުވެބަލަ. ލަނޑަޔާވާނީ ލަނޑާ. ކޮބާ އިއްޒަތްތެރި ކޮމެޓީތައް. އިބޫ އާއި ފޮރިންމިނިސްޓަރު ހާޒިރުކުރޭ. ކޮބާ މައުމޫން؟ ކޮބާ ގާސިމް؟ ކޮބާ އަދާލަތު؟ އެ ވަރު ބަޔަކަށް ބައިޔަތު ހިފައިގެން ތިބެން ލަދުފުޅު ކޮބައިތޯ؟

    45
    1
  24. ނަމަ

    ރައީސުލްޖުމްހޫރިއްޔާ އާއި އެއް ފެންވަރެއްގައި ޚިދުމަތް މިދެނީ ދިވެހި ދަރިން ތަކެއް ސަހީދު ކޮށްލައިގެން ވެސް ރައީސުލްޖުމްހޫރިއްޔާ ކަން ނުލިބުނީމަބާ

    52
  25. މޫސަ

    ކޮން އިދާރީ މަސައްކަތެއްތޯ؟ ސަރުކާރު މި ދިވެހި ފަސްގަނޑަށް ވަފާތެރިނަމަ ބަނދެގެން ވެސް ގެންނަށް ޖެހޭނެ. އެއްވެރިކަމެއްގައި ކުށްވެރި ވެަފައި. އަނެއް ވެރިކަމެއްގައި ޢިތްޒަތްތެރިއަކަށް ވެފައި މީ މިގައުމުގެ އިސްމީހުން މި ފަސްގަނޑަށް ހަރާންކޯރުވުން. އިބޫ ވެރިކަމުގަ ހުރީ އެމްޑީޕީ ހިތުހުރިގޮތަކަށް ކަން ކުރާކަށް ނޫން.

    42
  26. ނާނު

    ލުތުފީއަށް ހުރާދޮންބަންޑާރައިންގެ ލަގަބު އިންޑިއާގެ ބޮޑުވަޒީރު އަތުންއަތުލާފައި އެރުވުންމާ މުހިއްމު.

    35
  27. އޮސްކާ

    ކޮބާތަ މައްސަލައަކީ؟؟ ގައުމުގެ ވެރިންނަށް ކަންތައް ކުރާނީ ރައިސުލްޖުމްހޫރިއްޔާއަށް ހިދުމަތް ދޭ ފެންވަރުގައި.

    25
    1
  28. މުހަންމަދު.

    މައުލޫމާތަށްޓަކައި ދަންނަވާލަން، ލުތުފީ ފިލީ ޝުކުރީ ބެލުމުގެ ދަށުގައި ހުއްޓައެއް ނޫން. ޝުކުރީ ބެލުމުގެ ދަށުގައި ހުރެ ފިލީ މ.މުރިނގު އިސްމާޢިލް ސާދިގު.

    11
    4
  29. ޖަހާންގީރު

    މި އެމް ޑީ ޕީން އެހެން މީހުނާއި ދިމާލަށް ބާޣީ އޭ ކިޔާފަ ގޮވާނެ ހޭބަލިވެބަލަ މަރުމޯލުތަކާ މިހާރު އެބަ ފެނެއެއްނު ބާޣީންނާއި ބާޣީންނަށް ޙިމާޔަތްދޭ މީހުނާއި ތާއީދުކުރާ މީހުން

    42
    1
  30. ރޮކެޓު

    ބަލާވެރިކަން މިއުޅެނި ކުޑަކުށެއް ކުރިއަސް މާފު ނުލިބިގެން އެކަމު މައުމޫނު އެމީހުން ހިތުހުރި ގޮތަކައް އުލެން ދުނިޔޭގަ ބަހައްޓާފި

    20
    1
  31. ނޫގަލަން

    މިހާރު ކަންތައް ތިދާގޮތުން ޖެހިގެން އަންނަ ދައުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ނެރޭނީ ތިޔަ ލުތުފީ ކަމަށް ބެލެވޭ. އަޅެ ބަލަން ތިބެބަލަ.

    15
  32. Anonymous

    އަޖާބެއް ފަހެ ނުވާނެހެއްޔެވެ؟ ލުތުފީއަށް ރައީސުލްޖުމްހޫރިއްޔާއާ އެއްފެންވަރެއްގައި ޚިދުމަތް ނުދޭންވީ ކީއްވެހެއްޔެވެ؟ ލުތުފީއަކީ ރައީސުލްޖުމްހޫރިއްޔާއަކީ ކާކު ހެއްޔެވެ؟ ތިޔަ ބުނާ 3 ނޮވެެންބަރުގެ އެއް މޭސްތިރިއަކީ ސިއްކަ އަހުމަދު އިސްމާލުމަނިކެވެ. އޭނާ އެދުނު ގޮތަށް ހަތިޔާރާއެކު މާލެއަރާ 19 ދިވެހީން މަރާލަދިން މީހަކީ ތިޔަ ލުތުފީއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ ސިއްކައަށް ބޮޑުބޭބެކިޔާ އަންނިއެވެ. ދިވެހިރާއްޖޭގެ ރައީސަކީ އެ ސިއްކައަށް ބަފައިބެ ކިޔާ އިބުރާހިމެވެ. ފުލުހުންގެ ވެރިޔަކީ ހަމަ އެ ސިއްްކައަށް ބަފައިބެކިޔާ ހަމީދެވެ. އެހެންކަމުން މިއަދު ވެރިކަމުގައި މި ތިބީ ތިޔަ ބުނާ ޓެރަރިސްޓު ލުތުފީ ޓެރަރިސްޓަކަށް ވުމުގައި އެހީތެރިވި ޓެރަރިސްޓުންނެވެ. ވީއިރު ލުތުފީއަށް ވީ އައިޕީ ޚިދުމަތް މި ސަރުކާރުން ދޭ ސަބަބު އަދިވެސް ރޭކާނުލާހެއްޔެވެ؟ ރައްޔިތުން ހޭނެތި ނިދާފައި ތިބިއްޔާ ސިޔާސީން ގައުމަށް ހަދާނީ ހަދާނެ އެއްޗެކެވެ. ތާރީހު ކިޔައި ނިކަން ރޯފިލައިބަލާށެވެ.

    30
  33. އަހްމަދުބިންސައީދު

    ތިޔަފަދަ އިއްޒަތެއްގައި ބެހެއްޓޭނީ ރައީސްގެ ލަފާފުޅުގެމަތިން ރައީސް އަންގަވައިގެން .

    18
  34. ޒާ

    މީ ނަޝީދު މައުމޫނުގެ ވެރިކަން ވައްޓާލުމަށް އުފެއްދި ގުރޫޕްގެ ފަހުލަވާނެއް. ނަޝީދު އޭނާ ޖަލުން ނެރެ ފޮނުވާލީވެސް އުފަލުގައި ބޭރުގަ ބަހައްޓަން. ވެރިކަން ބަދަލުވީމާ އެކަލޭގެ ފިލީ. އަނެއްކާ އެވެރިންގެ އަތްމައްޗަށް ވެރިކަން އެރީމާ އިއްޒަތްދީފާ އެމްބަސީގައި ނިންދަވަނީ، މީ ކިހާބޮޑުވެއްޖެ ބަލާއެއްތަ؟

    16
  35. ހޭހުރި މީހާ

    އަޖާބެއް ފަހެ ނުވާނެހެއްޔެވެ؟ ލުތުފީއަށް ރައީސުލްޖުމްހޫރިއްޔާއާ އެއްފެންވަރެއްގައި ޚިދުމަތް ނުދޭންވީ ކީއްވެހެއްޔެވެ؟ ލުތުފީއަކީ ސަރުކާރަކީ ކޮބާހެއްޔެވެ؟ ތިޔަ ބުނާ 3 ނޮވެެންބަރުގެ އެއް މޭސްތިރިއަކީ ސިއްކަ އަހުމަދު އިސްމާލުމަނިކެވެ. އެ ޓެރަރިސްޓު ހަމާލާގެ ކުށް ސިއްކަމައްޗަށް ސާބިތުވިއެވެ. އޭނާ އެދުނު ގޮތަށް ހަތިޔާރާއެކު މާލެއަރާ ދިވެހި ރާއްޖޭގެ ވެރިކަން ހޯދުމަށް ޓަކައި 19 ދިވެހީން މަރާލަދިން މީހަކީ ތިޔަ ލުތުފީއެވެ. މިއަދު ވެރިކަމުގައި ރައްޔިތުން ބަހައްޓާފައިވާ ދިވެހިރާއްޖޭގެ ރައީސަކީ އެ ސިއްކައަށް ބަފައިބެ ކިޔާ އިބުރާހިމެވެ. ފުލުހުންގެ ވެރިޔަކީ ހަމަ އެ ސިއްްކައަށް ބަފައިބެކިޔާ ހަމީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެ ސިއްކައަށް ބޮޑުބޭބެކިޔާ އަންނިއެވެ. އެހެންކަމުން މިއަދު ވެރިކަމުގައި މި ތިބީ ތިޔަ ބުނާ ޓެރަރިސްޓު ލުތުފީ ޓެރަރިސްޓަކަށް ހެދި ޓެރަރިސްޓުންނެވެ. ވީއިރު ލުތުފީއަށް ވީ އައިޕީ ޚިދުމަތް މި ސަރުކާރުން ދޭ ސަބަބު އަދިވެސް ރޭކާނުލާހެއްޔެވެ؟ ރައްޔިތުން ހޭނެތި ނިދާފައި ތިބިއްޔާ ސިޔާސީން ގައުމަށް ހަދާނީ ހަދާނެ އެއްޗެކެވެ. ތާރީހު ކިޔައި ނިކަން ރޯފިލައިބަލާށެވެ.

  36. ބާބާ

    ކެރަފާބަކަރިންނާ ސިއްކަބަކަރިންނަކީ މިދިވެހި ޤައުމަށް ޖެހުނު ބަލާއެއް......................

    23
  37. ފާރިޝް

    މިއީ ރައްޔިތުން ބޭނުންވިގޮތް. ޝަކުވާކުރުމަކީ ދެރަވަރުކަމެއް.

    11
    1
  38. ބަކަރިން

    ކެރަފާސިއްކަ އަކީ ދިވެހި ރާއްޖެއަށް ޖެހިފަހުރި ބަލާވެރިކަމެއް................

    21
  39. ބޮލި މުލައް

    މި ޤައުމު ހަމަ މަގަށް އެޅުވޭނީ އުމަރަށް މިކަންވެސް ޝައްކެއް ނެތް މިންވަރަށް ހާމަކުރީ އުމަރު

    15
  40. ރަސީދު

    ލުތުފީ ރާއްޖެ ގެންނަނީ އޭނަ މިނިވަންކުރަންވެގެން،

    13
  41. ތަރާދު

    ބާގީން ޣާޒީންނަށް ހަދާ މުސްލިމުން ޓެރަރިސްޓްުންނައްހެދުމީ ތިބައިގަނޑުގެ އަސްލު ސިފަ ،

    17
  42. ސިއްކަ

    އޭނަ އަސްލުވެސް އެމްބަސީގައި ތަ ހުރީ؟ މިތާ ކޮމެންޓްކުރި ބައެއް މީހުން އޭނަ ހުރީ ޖޭމުގެއެއްގައޭ ކިޔާތީ އަހާލީ.

  43. ފޮއްތެޔޮ

    ބާޢީސަރުކާރު އިސްތިޢުފާ

  44. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ގައްދާރު ކަލޭގެ.. ކަލޭ 100 އަހަރު އަނދަގޮޑި ޖަހާފަ ބޭއްވިޔަސް، ގައުމަށްވީ ގައްދާރުގެ ބަދަލު ނުލިބޭނެ.. ނުބައިނުލަފާ ލަދުހަޔާތްކުޑަ ޝައިތާނެއްތީ.. ކަލޭ އޮވޭ ކަލެޔަށް ހިމާތްދޭ އެމްޑީޕީ ބައިގަނޑާއެކީ.. މަހުޝަރުދުވަހުން ރައްޔިތުންނަށް އިންސާފުލިބޭނެ..

    22
    • އިބުރާހިމް

      ރައްޔިތުން ބޭނުން ވިގޮތްތީ ކުރާނެކަމެއް ތީގަނޯންނާނެ ވަރައް ވެދުން ރައްޔަތު މީހާއައް

  45. ނަގޫރޯޅި

    ސަރުކާރަށް ސުވާލެއް:
    ދިވެހި ފުލުހުން އަބަދުމެ ލަންކާގަ ތިބޭތަ؟
    މީހަކު ހިފަހައްޓައިގެން ބޭރުގައުމެއްގެ އެންބަސީއެއްގެ ތެރޭގަ ގެންގުޅޭތާ 2 މަސްވީއިރު އެމައްސަލައަކީ އައިދައިގެ މައްސަލައެއްކަމަށްދެކި އެގައުމެއްގެ ސަރުކާރުން އެކަމަށް ފަރުވާ ނުބަހައްޓާ އައިދައިގެ މައްސަލަތަކައް ޖަވާބުދޭ އުސޫލުން ޖަވާބުދޭން ތިބޭނެތަ؟
    ތިބުނާ އުސޫލުން 2 މަސްކުރިން ހައްޔަރުކުރި މީހަކު އެންބަސީއެއްގެ ތެރޭގަ ހިފަހައްޓައިގެން އުޅޭއިރު ބައިނަލް އަގުވާމީ ގޮތުން އެއްބަސްވެފައިވާ އެއްބަސްވުންތަކާ ކޮންމެން އެއްގައުމަކުން ހިލާފުނުވޭބާ؟ އެއްވެސް ބަޔަކަށް ތިކަންނޭގޭބާ؟
    ހައްގާ އިންސާފައް ވަކާލާތުކުރާ މީހުންގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށް ހީކުރަން، ނޫނީ ސިއްކަގެ 2 ދަންބިދަރިންނާ، ސިއްކަށް ބޮޑުބޭބެ ކިޔާ މިހާރުގެ މަޖްލިސް ރައީސް ގައުމައް ގައްދާރުވީތީ އަމިއްލައަށް އިސްތިއުފާ ދިނުންއެދެން.

    17
  46. ހުސެން

    މޯޑީޖީ އަބު އާތަންކުވާދީ ތުމޭ ސަމަޖުމޭ އާގަޔާހޭ ކިޔާ؟

  47. ދަރި

    ލުތުފީއަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެއްފެންވަރެއްގެ ޚިދުމަތްދޭންޖެހޭ ފަރާތެއްނޫން އެއީ ބާޢީއެއް، ގާތިލެއް އަމިއްލަގައުމަށް ގައްދާރުވެ ދިވެހިގައުމަށާ، ގައުމުގެދަރިންޝަހިދުކޮށް އަދި
    އެތަށްގެއްލުންތަކެއް ދީފައިވާ ބާގީއެއް ވީމާ،ހިތުގައިއުފެދޭ ސުވާލުތަކެއް އެބަހުރި މިސުވާލު
    ތަކުގެ ޖަވާބުގެބައެއް ލުތުފީއަށްމިހާރުދެއްވާ ޚިދުމަތްތަކާބެހޭގޮތުން މަޢުލޫމާތު އެނގިލައްވާ
    ސަރުކާރުގެ އިސްބޭފުޅަކު ކަށަވަރުކޮށްދެއްވުމުން ލިބިއްޖެ ހިތުގައި އުފެދޭ ސުވާލުތައް
    1 ލުތުފީ ހިންގި ރަހުމުކުޑަ ޢަމަލަކީ ދިވެހިގައުމުގެއެހެންބަޔަކު އަޑީތިއްބަވައިގެން ހިންގިކަމެއްބާއޭ ؟
    2 ލުތުފީ މިގައުމަށް އެހާބޮޑު ގައްދާރުވީމައިފެސް އެމައްސަލަނުބަލާ މިހާރު ދެވޭޚިދުމަތަކީ
    ހިހާރު ދިވެހިރާއްޖޭގައިއޮތްސަރުކާރުން ލުތުފީކުރިނުބައިކަންތަކަށް މަރުހަބާކިއުންބާއޭ؟
    3 ލުތުފީއަކީ މަރުކޮމެތީއަށް ހާޒުރުކުރަންޖެހޭ ފަރާތެއްނޫންބާއޭ؟
    4 މިހާދުވަސްވީއުރުވެސް

  48. ޢަލީދީދީ ގެ ހުތާ

    ތީ މިހާރު މަރާލަން ޖެހޭ ބޮޑު މުޖުރިމެއް ބޮޑު ބާޢީ

  49. ޓޯއީ

    އަދި ކައެ ލުތުފީހާ ހުތުރިއްޔޭ

  50. Anonymous

    ޝުކުރީގެ ބެލުމުގެ ދަށުނ ފިލީ ސަނދާނު ލުތުފިިީ

  51. ބުރަކި

    ތިމާމެން ބޭނުން ދުވަހަކަށް ލަންކާގައި ގަވާއިދާ ހިލާފަށް އުޅެފަ، ހައްޔަރުކޮށްފާނެ ކަމަށް ހީވީމަ އުސޫލުން ބޭރުން އެމްބަސީ މީހުންށް ގުޅައިގެން ކަންތައް ކުރަން އުޅުނަސް ނުވާނެ...ލަންކާ ކްރައިސިސް ގަވެސް އެއްމެ ބުރަކޮށް ލަންކާގަ އުޅޭ ދިވެހިންނާ ގާތުން ރެއާދުވާލު މަސައްކަތް ކުރިބަޔަކީ ލަންކާގެ ދިވެހި އެމްބަސީގެ ސްޓާފުން....ނުގަވައިދުން ބޭރުގެ ޤައުމެއްގެ އުސޫލްތަކާ ހިލާފަށް ކަންތަކެއް ނުކޮށްދެވޭނެ....އެމްބަސީގެ ސްޓާފުން ކުރާ ބުރަ މަސައްކަތަށް ސާބަސް ދޭންޖެހޭ..