ސުޕްރީމް މިކޯޓުގެ ބަގީޗާ ގަސްތައް ދެ އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އެކޯޓުން އިއުލާން ކޮށްފިއެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި ވާ ހޯމަ ދުވަހުގެ 11:30 އަށް ސުޕްރީމް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖުލައި ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓު ހިންގަމުން އަންނަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތިމޫގޭގައެވެ. އެއީ ކުރިން ފެށިގެން ވެސް ބަގީޗާއެއް އޮންނަ އިމާރާތެކެވެ.

ސުޕްރީމް ކޯޓުގެ އިމާރާތެއް އަޅަން ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓުން ސަރުކާރާއި މަޝްވަރާ ކުރިއެވެ. ނަމަވެސް އަދިވެސް ސުޕްރީމް ކޯޓުގެ އިމާރާތެއް އެޅުމަށް ބިމެއް އޮތީ ހަމަނުޖެހިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ކުރީގެ އުއްތަމަ ފަނޑީޔާރާއި ޢަލީ ޙަމީދު މިހާރު ތިބީ މުޅިން ބާކީވެފައި! މަހަކު 70000 އަށް އެ މީހުންނާ ތިކަން ޙަވާލުކުރަންވީނު. ޒީރޯޓޮރަރެބްސްގައި.......ކެކެކެކެކެކެކެކެކެ

  2. ނަސިދު

    ގަސްތައްވެސް ތިތަނުގައި ނުހެދޭނެ ތިތާގައި ތިބިގާޒީންގެ ހުކުންކުރާލެއް އިންސާފުކަމުން

  3. އިހުސާނާ

    ހީވަނީ ސަލާމަތް ވާނެ ކަމަށް ކޮންމެވެސް ސިހުރު ހާހޫރައެއްގެ ކަންތައްގަޑެއް ހިންގަނީ ކަމަށް!

  4. ކުކުޅު

    ރަނގަޅުބަޔަކާއި ހަވާލުކުރަންވާނީ، އެހެންނޫނީ ވިނަނޮޅަނީކަމަށްހަދާފަ ތިތަނުގައި ތަވީދެއްކަހަލަ އެއްޗެއް ވަޅުލައިފިއްޔާއޯ؟