އޮސްޓްރޭލިޔާގެ ސިޑްނީގެ އެއާޕޯޓަކުން އެއާ އިންޑިއާގެ މެނޭޖަރެއްގެ މަގާމާއި ޕައިލެޓެއްގެ މަގާމު އަދާކުރަމުންދާ މީހަކު ވައްކަން ކޮށްފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން އެއާ އިންޑިއާގެ ރީޖަނަލް ޑައިރެކްޓަރ ކަންވެސް ކުރާ ރޯހިތް ބާސިން މިހާރު ސަސްޕެންޑް ކޮށްފައިވާއިރު އޭނާ ވައްކަން ކުރީ ސިޑްނީގެ ޑިއުޓީ ފްރީ ފިހާރައަކުނެވެ.

ރޯހިތް ބާސިން ވަނީ ސިޑްނީ އިންޓަނޭޝަނަލް އެއާޕޯޓްގެ މި ފިހާރާގައި ބާއްވާފައި އޮތް އެހެން މީހެއްގެ ވޮލެޓެއް ވަގަށް ނަގާފައެވެ. މި މަންޒަރުވަނީ އޭނާގެ ދަށުން މަސަައްކަތް ކުރާ އެހެން މުއަޒަފަކަށް ފެނި ރިޕޯޓް ކޮށްފަައެވެ.

ބާސިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އޭނާ ޑިއުޓީ ފްރީ ފިހާރައަށް ދިޔައީ ކާފަ ދަރިއަށް ގަހަނާ ގަންނަން ކަމަށެވެ.

އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ފެންމަތިވުމާއި އެކު އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި މިހާދިސާ ހިނގި ގޮތް ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ.

އިންޑިއާގެ ގައުމީ އެއާލައިނަށް ފަހަކަށް އައިސް ދަނީ މި ކަހަލަ ހާދިސާތަށް ކުރިމަތި ވަމުންނެވެ. އިންޑިއާގެ ގައުމީ އެއާލައިނަށް ދިމާވާ މި ބާވަތުގެ މައްސަލަތަކާ ހެދި އެ އެއާލައިނުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެ އެވެ. އެ އެއާލައިނުގެ ދަރަނި ފަސް ބިލިއަން ޑޮލަރަށް އަރަ އެވެ. އެ އެއާލައިންގެ ހިއްސާ ގަންނަ ފަރާތަކުން އެ ދަރަންޏާ ވެސް ހަވާލުވާން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    އިންޑިއާގެ އަގު ނުވެއްޓި އޮތީ ކޮން ކަމެއްގަތަ ؟

  2. ގުއި ޗޮންހެއި

    ކެނެރީ މުގާބޭގެ ކުރު އެހެނަސް ފަސާދަ އިންތިހާއަށްދިޔަ 3 އަހަރު ޖީއެމް.އާރަށް ވވވވވވ ފައިދާވި