އިންޑިއާއަށް މިހާރު ދިމާވެފައިވާ ފެނުގެ ކާރިސާގައި އިންޑިއާގެ ސިޓީއެއް ކަމަށްވާ ޗެންނާއީގެ ބޮޑު ފެންކޯރުތަށް އާދަޔާ ހިލާފަށް ހިނދެން ފަށައިފިއެވެ.

އެގޮތުން މަޝްހޫރު ފިނި ހޫނު މިން ދިރާސާ ކުރާ ސެޓެލައިޓް ކުންފުނި "އާތާ" އިން އާންމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ އެންމެ ބޮޑު ފެންކޯރު ކަމަށްވާ ޕުޒާލް ލޭކް އާދަޔާ ޚިލާފު ބާރު ދުވެއްޔެއްގައި ދަނީ ހިދެމުނެވެ.

ޗެންނާއީ ފެނަށް ޖެހިފައިވަނީ މޫސުމީ ވިއްސާރަ ލަސްވެގެންކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނާއިރު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޗެންނާއީގެ ފެނުގެ ރިޒާވްގައި ހުރީ އެންމެ 2 އިންސައްތަ ފެނެވެއެވެ.

އިންޑިއާއިން ކޮންމެ އަހަރު 200,000 މީހުން ފެނަށް ޖެހި ފެން ނުލިބިގެން މަރުވާއިރު އިންޑިއާގެ ބައެއް ސްޓޭޓް ތަކުގައި ފެނަށް ޖެހި ފެން ހުސްވަނީ ވާރޭ ނުވެހުމާއި ތަރައްގީގެ މަޝްއޫތަކަށް ބިމުގެ އަޑިން ނަގާފެން، ޕަންޕް ކުރުމުންނެވެ.

2016 ވަނަ އަހަރަކީ އިންޑިއާއަށް ތާރީހުގައި ވެސް އެންމެ ހޫނު ގަދަވި އެއް ފަހަރެއެވެ. އެ ފަހަރު އިންޑިއާގެ ރާޖަސްތާނުގައި ވަނީ 51 ޑިގްރީ ސެލްސިއަސް އަށްވުރެން މައްޗަށް ގޮސްފައެވެ. އެހެން ކަމުން މިއީ 2016 ވަނަ އަހަރަށް ފަހު އިންޑިއާގެ ފިނި ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެއެވެ.

2016 ވަނަ އަހަރު އިންޑިއާ އަށް ކުރިމަތިވި ހަނަފަސްކަމުގައި ވަނީ 300 މީހުން މަރުވެފަ އެވެ. އަދި ހަނަފަސްކަމުގެ އަސަރު ވަނީ 330 މިލިއަން މީހުންނަށް ކޮށްފައެވެ.

އިންޑިއާގެ މުސޫމާއި ބެހޭ އިދާރާއިން ބުނެފައި ވަނީ ކުރިއަށްއޮތް ހަފްތާތަކުގައިވެސް އިންޑިއާގެ ފިނި ހޫނުމުން މަތިވާނެ ކަމަށާއި ފިނި ހޫނުމިން އެންމެ މަތިވާނީ އުތުރުގެ ސްޓޭޓްތަަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޮޔަ

    ﷲގެ ކޯފާ ތިފެންނަނީ މުސްލިމުންނަށް އަނިޔާ ކުރާތީ.....

    23
    • ގަމާރުމޯލްޑިވިއަންއަ

      ޔަގީން ތަ

      6
      5
  2. ޝައިޚް

    އެއްޖިންސުން ގުޅުންހިންގުމުގެ ހުއްދަ ސްޕްރީމްކޯޓުން ދީފި. ގެރިޔަކީ ކަލެއްކަމުގައި ދެކި އެޔަށް އަޅުކަންކޮށްފި، މީހުންނަ އިދެގެން ތިބެމެ ޒިނޭކުރުން ހުއްދަކޮށްފި! މިހުރީ އިސްވެދިޔަ ޤަވްމުތަކުގެމީހުން ހަލާކުވެދިޔަ ސަބަބުތައް. މާތްﷲގެ ކުޅަދުންވަންތަކަން އެއިރާ މިހާރުވެސް ތަފާތެއްނެތް! ބައްލަވާވޮޑިގަތުމާ އައްސަވަވޮޑިގަތުން އެއިރާ މިއިރާ ތަފަތެއް ނެތް! ޢަޒާބު އަންނާނީ އެކި ސިފާގައި! " قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ " މިއީ ސޫރަތުލް މުލްކުގެ ފަހު އާޔަތް! މާނަ ކިޔާފަ ބިރުވެތިވޭ!

    22
    • މޯލްޑިވިޔަން

      އަހަރެން ހީ ކުރީ ސޫދާން ގަ ވެސް ފެނަށްޖެހި ހާލުގަ ޖެހުނީ ތިކަހަލަ ކަމެއް ވެގެން ކަމަށް.އަދި މ ހީކުރީ މުސްލިމުންނަށް ކަަށް ތި ގަވާއިދު އޮތީ

      1
      14
  3. އަލްޖިބްރާ

    އިންޑިއާ އަށް ވާވަރު އަދިވެސް ކުޑަ ! ތިޔައީ ހަމަ ސަދޫމް!

    12
    1
  4. ކައު

    ރާއްޖެއަށް ލޯނާ ކްރެޑިޓް ފެސިލިޓީއާ ދިނުމުގެ ބަދަލުގަ މިކަންކަން ހައްލު ކުރިއްޔާ މާރަގަޅެއްނު.