އޮސްޓްރޭލިޔާގައި ނޭވާ ހާސްކޮށްގެން ބައްޕަ މަރާލަން އުޅުނު އަންހެނަކު ވަގު ކެމެރާއެއްގެ އެހީގައި ފަޅާއަރުވާލައިފިއެވެ.

އުމުރުން 89 އަހަރުގެ މި މީހާ މަރާލަން އުޅުނީ ކޯރޭ ލުކަސް ނަމަކަށް ކިޔާ އަންހެން ނަރުހެކެވެ. މި ނަރުހަކީ އުމުރުން ދުވަސްވީ މީހާއަށް ހިދުމަތް ކުރުމަށް އޭނާގެ އަންހެން ދަރިފުޅު ގެއަށް ގެނައި ނަރުހެކެވެ.

ނަމަވެސް މި ނަރުސްގެ ކިބައިން އާދަޔާ ހިލާފް ކަންތަތަކެއް ފެންނާތީ އަޖުމަ ބެލުމަށް ދަރުފުޅު ނިންމީ ބައްޕަގެ ކޮޓަރީގައި ވަގު ކެމެރާ ހަރުކުރުމަށެވެ.

އެގޮތުން ހަރުކުރި ކެމެރާއިން ވަނީ މި ނަރުސްމީހާ ބައްޕަ މޫނު މަތީގައި އެއްޗެއް އެޅުމަށް ފަހު ނޭވާ ހާސްކޮށްގެން ބައްޕަ މަރާލަން މަސައްކަތް ކުރާތަނެވެ.

މި މައްސަލާގައި މި ނަރުސް މީހާ މިހާރު ހައްޔަރުކޮށްފައިވާއިރު އޭނާ އެއަމަލު ހިންގަން އުޅުނީ ކީއްވެތޯ ބެލުމަށް ފުލުހުން ދަނީ މައްސަކަތް ކުރަމުންނެވެ.

ބައްޕަ މަރާލަން އުޅުނު ކަން ފެންނަ ވީޑިއޯ މީހާރު ވަނީ ފުލުހުންގެ ތަހުގީގަށް ގެންގޮސްފަައެވެ. މި މައްސަލާގައި މި ނަރުސްގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ބެލެވެެއެވެ.