ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަ،ށް، ފެމަލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭގެ ޚަރަދުގައި ކައުންސިލިން ހިދުމަތް ދޭން ފަށައިފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނީ، މި ފަރާތްތަކަށް ކައުންސިލިންގެ ޚިދުމަތް ދެމުން ގެންދަނީ އިންސްޓިޓިއުޓް އޮފް މެންޓަލް ވެލް-ބީންގް މެދުވެރިކޮށް ކަމަށެވެ.

އަދި ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝިކާރައަަކަށްވީ މީހާއަށް، ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސިލިންގ އެ އޮތޯރިޓީގެ ހަރަދުގައި، އެ އޮތޯރިޓީން އިންތިޒާމް ކުރާ އުސޫލެއްގެ މަތިން، އެ އޮތޯރިޓީން ކަނޑައަޅާ ބަޔަކު މެދުވެރިވެގެން ހަމަޖައްސާދެވެން ވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޖިންސީ ޝިކާރައަކަށްވާ މީހުންގެ ތެރެެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ކައުންސިލިންގެ ހިދުމަތް ދިނުމުގައި ބަލާނެ މިންގަނޑާއި އަމަލު ކުރާނެ އުސޫލު ވަނީ ގެޒެޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ކިޔާނެ ނުކިޔާނެ އެއްޗެއް ލިޔާނެ ނުލިޔާނެ އެއްޗެއް ނޭނގިގެން އުޅެނީ ޖެންޑާ

    1
    2
  2. ދޮންބެ

    ތި ކައުންސިލިންގް ދެނީ ފިރިހެނުން ވެއްޖިޔާ އެކުއްޖާ އަށް އިތުރު ވޭނަކަށްވެސް ތިކަން ވެދާނެ. ތިކަހަލަ މެންޓަލް ކަންތައްތަކުގަ ހުޅަނގުގެ ކައުންސިލިން އަށްވުރެ ދީނީ އަގީދާ ހަރުދަނާ ކޮށްގެން މާ ކާމިޔާބުވާނެ. ޑްރަގު ބޯ މީހުންވެސް ދީނީ ސައިޑުން މާޚަރަދުކުޑަކޮށް އަދި މާއަވަހަށް ރިހިބިލިޓޭޓް ކުރެވޭނެ.

    1
    1