އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސް ކޮށްފިއެވެ.

އޭސީސީން ލުތުފީ ވަކިކުުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއިން ފާސްކުރީ މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައެވެ.

އޭސީސީގެ މެންބަރު ކަމުން ލުތުފީ ވަކިކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ، ލުތުފީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އޭނާގެ އެއްވެސް ހަބަރެއް ނުވާތީއާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެރިވެފައިވާ ކަމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަތުމުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އޭސީސީގެ މެންބަރުން ވިދާޅުވިގޮތުގައި ލުތުފީ ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެދާނެއެވެ. ނަމަވެސް އޭނާ ބަރާރަށް މުސާރަ ނަންގަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާމީން

    އަލްހަމްދުލިﷲ މަވެސް ސަރުކާރަށްތާއީދެއް ނުކުރަން ...އެކަމު މިކަމާއި މަވެސް ތާޢީދު....

  2. ޒަހާ

    ހީވާގޮތުން މި ވަގުސަރުކާރު ނޭވަހޮޅިއަށް އެޅިއްޖެއެވެ.