މާފުށީ ޖަލުގައި ތިބި ގައިދީން ތަކަކަށް އަނިޔާ ކުރި އޮފިސަރުންނަށް އަދަބު ދީގެން އެކަން ނުހުއްޓުވޭނެ ކަމަށާއި، އެކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެެއް ކުރަން ޖެހިފައިވާ ކަމަށް، އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ މިހެން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 ވަނަ ޖަލްސާގައި މިއަދު ވާހަކަ ފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑަށްވެސް ރާއްޖޭގެ ޖަލުތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބުނު. އަޅުގަނޑުވެސް ޖުމްލަ 6 މީހުންނާއި އެކު ދޫނިދޫ ޖަލުގައި އޮތިން. އަދި އެއީ ރިމާންޑް ސެންޓަރެއް. އިއްޒަތްތެރި ރައީސް ގެ ފިރިކަލުންވެސް އަޅުގަނޑުމެންނާއި އެކު އޮންނެވި. ޖަލުގެ އޮފިސަރަކު އަޅުގަނޑާއި ދިމާކަށް ބުނި، ތިޔައީ މުޖުތަމަޢުގެ ރިޖެކްޓުންނެއް ނޫންހޭ. ކަންދިމާ ކުރި ގޮތުން، އަޅުގަނޑުމެން މި ތިބީ އެނބުރި މަޖިލީހަށް އައިސް. އެހެންވީމާ، މި ދެކޭ ދެކުންވެސް އެބަ ޖެހޭ ބަދަލުކުރަން. ހަމަ އެކަނި ފިޔަވަޅު އަޅައިގެން މިކަމެއް ނުހުއްޓުވޭނެ." ވަޙީދު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި މިމަހުގެ 20 ވަނަ ހިނގި ކަންތައްތަކާއި ގުޅިގެން ހޯމް މިނިސްޓްރީން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލައަކީ ބަލައިގަނެވޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލަ ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއްވެސް ވަނީ ދަޢުރު ވެފައެވެ. އަދި ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަޅި ބޮޑީ އެކޭ

    ހާދަ ސަޅި ބޮޑީ އެކޭ'! ކަލޭމެން ކުށް ނުކޮށް، މޮޑެލް ކުރިއްޔާ ދެދުނިޔޭގަ ވެސް ފައިދާ ކުރާނެ އެވެ. އެއް ފޮޓޯއިން އަރި ކައްޓާ ދިމާލުން ހުރަހަށް ބޮޑުސިންގާ ވަރުގަދަ ލަކުނެއް ވެސް އެބަ ފެނެ އެވެ. ރަނގަޅަށް ވިއްޔާ، ކުރީގެ ތަޅާފޮޅުމެއްގައި އަރާފައިވާ ތޫނު، ވަރުގަދަ ހަމަލާއެކެވެ.

    10
    2
  2. އަދާލަތު

    ބާރެއްނެތި ކުށްވެރިންގެ ގޮތުގައި ތިބެންޖެހޭބަޔަކު، ނުކިޔަމަންތެރިވެގެން ގަދަކަމުން ތިބެންޖެހޭތަނަށް ވައްދާއިރު، އަނިޔާވެސްވާނެ. ފުލުހުން ޤާނޫނު ތަންފީޛު ކުރައްވާނެ. ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ އިންސާނީ ކަރާމާތަށް އިޙުތިރާމްނުކޮށް، ގެއްލުން ދިނީކީނޫން. އެއީ އެއްމެބޮޑު، ޑިމޮކްރަސީއޭ، ހިއުމަން ރައިޓްސް އޭ، ކިޔާތަންތަނުގައިވެސް އެކަން އޮތްގޮތް. އަމުރަށް ކިޔަމަންވާނަމަ، އެއްވެސް އަނިޔާއެއް، ނުލިބޭނެ.

  3. ސޭވާ ކީ އީވާ

    ތިޔައީ އަނިޔާއެއްނޫން އަނިޔާކުރާނީ ޔާމީނުގެ ވެރިކަމުގައި މިފަހަރު މިވީގޮތަކީ ލޯބިންފިރުމާލީ އެކަމަކު ތަންކޮޅެއްބާރަށް ފިރުމާލެވުނީ އެއީ އައްނި ބުނާގޮތަށް....

  4. ނަމަ

    އެހެން ވިއްޔާ ވައްޑޭ އަށް އަދަބު ދީގެން މިކަން ހުއްޓިދާނެބާ

    4
    1
  5. އ. ޖ. އ

    ކޮބާތަ އަނިޔާ އަކީ؟

  6. މުހައްމަދު

    ގޮޅިޔަށް ލަނީ ސަޖިދާގައި އޮއްވައެއް ނޫން ކުށް ކުރީމަ ޖަލަށް ލީމަ އެކަކަށްވެސް ރަގަޅެއް ނުވާނެ ޖަލު އޮފިސަރުން ގައިދީންނަށް އަނިޔާއެއް ނުކުރޭ އެމީހުންގެ ވާޖިބަށް ހުރަސްއަޅަންޔާ އަނިޔާވެސް ވާނެ ތަދުވެސް ވާނެ ބާރު ބޭނުންކުރަނީ ހާލަތާ އެކަށޭނަ އެންމެ ކުޑަމިންވަރަށް

    6
    3
  7. ޢަބްދުﷲ

    ވައްޑޭ އެބުނަނީ، ޖަލުގޭގައި އަނިޔާކުރުމުން ޤާނޫނުގައި އޮތީ ފިރުމާލުމެވެ.

  8. ޢަލީ

    މީކީ އަނިޔާ އެއް ނޫން
    މިއަށް ކިޔަނީ ޑަރމޮގްރޭޕިއާ
    އޮޅުވާ ނުލާ

  9. އަންސާފު

    ކުއްކޮއްގެން އެތަނަށް ލިޔަސް އަނިޔާނުކުރޭ!
    އެމީހުން އެތިބީ އެކަހެރި ކޮއްފަ ދެން އެހެން ހަދާން ނުވާނެ!
    މާދަމާ ތިބާގެ އަހާ! ނުވަތަ އެފަދަ އެހެން މީހަކައްވެސް ކުށެއް ކުރެވުމުން އެތަނަށް ލމާ އެހެން ހަދާން ރުހޭނަންތޯ!
    ކޮންމެ މީހަކީވެސް އަންސާނެއް! ކުއްނުކުރާ އިންސާނަކު އެބަހުރިތަ!
    އިތުރުން އަނިޔާނުކުރައްވާ!އިސްލާމްދީން ތިގޮޔަށް އަނިޔާކުރުމަށް ގޮވާލައްވަނީތޯ!

  10. މޯގްލީ ބްލެކް

    ޖަލު އޮފިސަރުންނާ ޕޮލިހުން ޖެހެނީ މަރާފަ އެވަޅުު ގަންޑު ކޮނެފަ ވަޅުލާން .. އަޅުގަނޑަކީ ވެސް ޕޮލިހުން އާއި ޖަލު އޮފިސަރުން ވަރަށް ގަދަޔައް އަނިޔާކުރި ގައިދީ އެއް..

  11. ޑިއަރ އަންނި

    ޙިންފުށީ ޖަލާއި މާފުށީ ޖަލުގެ ކަންކަން މަނިކުފާނަށް ރަނގަޅަށް އިންގޭނެ! މި ބުނެވެނީ މުނާޒު އާއި ހިންގަން ތިބި މީހުން ބަދަލުކުރަން. ޏޫންތޯ!