ގާނޫނީ ދާއިރާ ރެގިއުލޭޓް ކޮށް ވަކީލުން ޒިންމާދާރު ކުރުވުމަށް އެކުލަވާލާ މިނިވަން މުވައްސަސާ އުފެއްދުމަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލަކީ ގާނޫނީ ވަކީލުންނަށް ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ބިލެކެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލް މަޖިލީހުން ފާސްކުރީ ކޮމިޓީން ގެނައި އިސްލާހަކާއެކުއެވެ. ކޮމިޓީން ގެނައި އިސްލާޙުގައި ބުނެފައި ވަނީ ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނަށް ބާ ކައުންސިލުން ފިޔަވަޅު އެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    މި ގައުމުގެ އެންމެ ބާރުގަދަ ފަރާތަކީ މިހާރު ބާރ ކައުންސިލްތާ ތިވީގޮތުން. ދެން މަޖްލިސް ރައީސް އާ ބާރ ކައުންސިލް ވެގެން ގައުމު ހިންގާނެ. ގައުމުގެ ރަޢީސް އާ ނައިބުގެ ބޭނުމެއް ދެން ނެތް