އިންޑިއާގައި ހިނގި މިއާދަޔާ ޚިލާފު ހާދިސާ ހިނގާފައިވަނީ އިންޑިޔާގެ ބިހާރު ސްޓޭޓްގައެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިހުރި ފިރިހެން މީހާ ، ސޫރަޖު މައްޓޯ ކައިވެނީގެ ހަފްލާއަށް މަސްތުގެ ހާލުގައި ދިއުމުން ކައިވެނިކުރަންހަމަޖެހިފައި ހުރި އަންހެންމީހާގެ އާއިލާއިން ފިރިހެން މީހާގެ ބައްޕަގާތު އެވާހަކަ މަސައްކަތްކުރިއެވެ.

ނަމަވެސް އޭނަާވެސް ހުރީ މަސްތުވެފައިކަން އެނގުމުން އެމީހުންވަނީ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. އަދި ކައިވެނި ނުކުރުމަށްނިންމާ ފިރިހެންކުއްޖާގެ އާއިލާގެ މީހުންވަނީ ރަހީނުކޮށްފައެވެ. ފަހުން މިމީހުން 50000 ރުޕީސްދިނުމުން ދޫކޮށްލާފައިވާއިރު ފިރިހެންމީހާއާއި ބައްޕަ ދޫކޮށްލާފައިވަނީ 3.5 ލައްކަރުފިޔާ ދިނުމުންނެވެ.

އަދި މިނޫނަސް ދާދި ފަަހަކުން ހަމަ މި ސްޓޭޓްގައި ފިރިހެނަކު ވަނީ މަސްތުވެގެން އޭނާގެ ކައިވެނީގެ ހަފްލާއަށް ގޮސްފައެވެ. އެ ޙަފްލާއަށް އޭނާ ދިއައިރު މަސްތުވެފައި ހުރިވަރުން އޭނާހުރިތަންވެސް ނޭނގޭކަމަށް އަންހެންމީހާގެ އާއިލާއިން ބުނެއެވެ. "އޭނާއަކަށް ނޭނގޭ އޭނާއަށް ހުރެވުނުތަންވެސް.. ސްޓޭޖް މައްޗަށް އަރާފައިވެސް ބޭއަދަބީ ވައްތަރުތަެއްޖެއްސީ... އެހެންވެ އަހަރެންގެ ދަރި އޭނާއާއި އިނުމާއި ދެކޮޅުހެދީ.. އެއަންހެންމީހާގެ ބައްޕަކިޔާދިނެވެ.

އިންޑިޔާގައި ދުނިޔޭގެ އެހެން ގައުމުތަކާއި ޚިލާފަށް ކައިވެނީގެ ހަފްލާތަކުގައި ވަރަށްވެސް އާދަޔާ ޚިލާފް ކަންތައްތައް ހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އާދަޔާ ޚިލާފް ކަމެއް ނުހިގަނީ އިންޑިއާގެ ކޮން ކަމެއްގަތަ ؟